Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެޑިންސަން ކަވާނީ

ކަވާނީ ހޯދުމަށް އެތުލެޓިކޯއިންވެސް މަސައްކަތް ފަށައިފި

ޕީއެސްޖީއާއެކު ކަވާނީ ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2020 ވަނަ އަހަރު

ލީވާން އަލީ
ލީވާން އަލީ | 19 އޮކްޓޯބަރު 2019 | ހޮނިހިރު 11:29
އެޑިންސަން ކަވާނީ

އެޑިންސަން ކަވާނީ

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ އުރުގުއޭގެ ފޯވަރޑް އެޑިންސަން ކަވާނީ ހޯދުމަށް އެތުލެޓިކޯ މެޑްރިޑުންވެސް މަސައްކަތް ފަށައިފިއެވެ.

ފްރާންސްގެ ނޫހަކުން ބުނީ، ކަވާނީ ހޯދުމުގެ ރޭހުގައި އެތުލެޓިކޯއިންވެސް ބައިވެރިވެފައިވާ ކަމަށާއި، އެ ކްލަބުން ބޭނުންވަނީ ކުރިޔަށް އޮތް ޖެނުއަރީ ޓްރާންސްފަރއަށް އޭނާ ގެނައުމަށް ކަމަށެވެ.

އުމުރުން 32 ޕީއެސްޖީއާއެކު ކަވާނީ ހަދާފައިވާ އެއްބަސްވުން 2020 ވަނަ އަހަރު ހަމަވާއިރު، އޭނާ ހޯދުމަށް ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި އިޓަލީ އަދި ސްޕެއިންގެ ކްލަބްތައް ހިމެނެއެވެ.

ނަމަވެސް ދާދި ފަހުން އިޓަލީގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ކަވާނީ ބުނީ، މިދިޔަ ސީޒަނުގައި ވެސް ބުނިގޮތަށް އެއްބަސްވުން ނިމެންދެން ކްލަބުގައި މަޑުކުރާނެ ކަމަށާއި، އެއީ ވައުދުވި ގޮތް ކަމަށެވެ.

ނަޕޯލީ ދޫކޮށްލުމަށް ފަހު 2013 ވަނަ އަހަރުގެ ޖުލައި މަހު ކަވާނީ ޕީއެސްޖީއަށް ބަދަލުވީ 64 މިލިއަން ޔޫރޯގެ އަގަކަށް ފަސް އަހަރަށެވެ. އެ އަށް ފަހު އޭނާ އެއްބަސްވުން އާކޮށްފައެއް ނުވެއެވެ. އޭނާ ވަނީ އެޓީމަށް މިހާތަނަށް ކުޅުނު 284 މެޗުގައި 195 ލަނޑު ކާމިޔާބު ކޮށްފައެވެ.

ކަވާނީ ވަނީ ޕީއެސްޖީއާ އެކު ފަސް ލީގު ތަށި، ފަސް ލީގް ކަޕް އަދި ތިން ސުޕަރ ކަޕް ކާމިޔާބު ކޮށްފައެވެ. އަދި އޭނާ ވަނީ ފްރާންސްގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަގާމު 2017 ވަނަ އަހަރު ހޯދުމުގެ އިތުރުން ފްރެންޗް ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.

ނަޕޯލީއާ އެކު ކޮޕާ އިޓާލިއާ ކާމިޔާބު ކޮށްފައިވާ ކަވާނީ ވަނީ ތިން ސީޒަނެއްގެ މަތިން "ޓީމް އޮފް ދަ ޔިއަރ" ގައި ހިމެނުމުގެ އިތުރުން 2010 ވަނަ އަހަރު އެ ލީގުގެ ފޭން އެވޯޑްވެސް ހޯދާފައެވެ.

އުރުގުއޭއާއެކު 2011 ވަނަ އަހަރު ކޮޕާ އެމެރިކާ ކާމިޔާބު ކޮށްފައިވާ ކަވާނީ ވަނީ އެ ޓީމަށް ކުޅުނު 114 މެޗުގައި 48 ލަނޑު ކާމިޔާބު ކޮށްފައެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި
26 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި

26 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި
22 ޖެނުއަރީ 2017

އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

22 ޖެނުއަރީ 2017
އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި
19 ޖެނުއަރީ 2017

ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި

19 ޖެނުއަރީ 2017
ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި
18 ޖެނުއަރީ 2017

ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި

18 ޖެނުއަރީ 2017
ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
15 ޖެނުއަރީ 2017

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި
04 ޖެނުއަރީ 2017

ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!

04 ޖެނުއަރީ 2017
ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!
04 ޖެނުއަރީ 2017

ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!

04 ޖެނުއަރީ 2017
ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!
04 ޖެނުއަރީ 2017

ވެރާޓީ ހޯދުމަށް ޗެލްސީން 30 މިލިއަން ޕައުންޑު ހުށަހަޅައިފި

04 ޖެނުއަރީ 2017
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު