Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކްލެސިކޯ

ސްޕެއިންގެ ގަދަ ދެ ބާރު ވާދަކުރާ މެޗު ފަސްކުރަނީ

މި މެޗު ފަސް ކުރަނީ މިހާރު ބާސެލޯނާގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން

އަތޫފް އާތިފް
އަތޫފް އާތިފް | 17 އޮކްޓޯބަރު 2019 | ބުރާސްފަތި 22:59
ރާމޮސް އަދި ޕީކޭ

ރާމޮސް އަދި ޕީކޭ

ސްޕެއިންގެ ގަދަ ދެ ބާރު ކަމަށްވާ ރެއާލް މެޑްރިޑާއި ބާސެލޯނާ ބައްދަލުކުރާ މެޗު ސަލާމަތީ ސަބަބުތަކަށް ޓަކައި ފަސްކުރަން ނިންމައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ސްޕެއިންގެ ފުޓުބޯޅަ އިދާރާއިން މި މެޗު ފަސްކުރުމަށް މިހާރު ވަނީ ނިންމައިފައެވެ. އަދި މި މެޗު ފަސް ކުރަނީ މިހާރު ބާސެލޯނާގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ބެލެވޭ ގޮތުގައި މި މެޗު ފަސް ކުރަން ސްޕެއިންގެ ފުޓުބޯޅަ އިދާރާއިން ނިންމީ ކެޓަލޯނިއާގެ ސިޔާސީ ލީޑަރުންނަށް ކުރި ޖަލު ހުކުމާއި ގުޅިގެން ބާސެލޯނާ ނިސްބަތްވާ ކެޓަލޯނިއާގައި މިހާރު ހިގަނމުންދާ ހަމަނުޖެހުންތަކާއި ގުޅިގެންނެވެ.

ބާސެލޯނާގެ ކޯޗު ވަލްވާޑޭ ދާދިފަހުން މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ވަނީ ކްލެސިކޯ މެޗު މެޑްރިޑް ދަނޑުގައި ކުޅޭނެ ކަމުގެ އިޝާރާތެއް ވެސް ދީފައެވެ.

ވަލްވާޑޭ ބުނީ ކެޓަލޯނިއާގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން މެޗު މެޑްރިޑްގެ ދަނޑުގައި ކުޅޭ ގޮތަށް ނިންމަފާނެ ކަމަށާއި ނުވަތަ ލީގު ޝެޑިއުލަށް ބަދަލު ގެނަސްފާނެ ކަމަށެވެ. ނަމަވެސް ފުޓުބޯޅައިގަ ލީގު ޝެޑިއުލަށް ބަދަލު ގެނައުމަކީ ދެ ޓީމަށް ވެސް ގެއްލުން ތަކަކާއި ކުރިމަތިލާން ޖެހޭނެ ކަމެއް ކަމަށެވެ. އަދި އުންމީދަކީ މިހާޜުގެ ތާވަލާއި އެއްގޮތައް މެޗުތަކުގެ ކުޅުން ކުރިޔަށް ގެންދިއުން ކަމަށެވެ.

ސްޕެއިންގެ ގަދަ ދެ ބާރު ކަމަށްވާ ބާސެލޯނާ އަދި ރެއާލް މެޑްރިޑްގެ މެޗަކީ އެންމެ ގިނަ ބަޔަކު ބަލަމުން ގެންދާ މެޗު ކަމަށް ބުނަމުން ވަލްވާޑޭ ބުނީ މި މެޗަށް ދެ ޓީމުން އަބަދު ވެސް ވަރަށް ރަނގަޅަށް ތައްޔާރުވާ ކަމަށެވެ.

ރެއާލް މެޑްރިޑާއި ބާސެލޯނާ ބައްދަލުކުރާ މެޗަކީ ލީގުގައި ދެ ޓީމަށް ވެސް އެންމެ މުހިންމު މެޗެވެ.އަދި އެންމެ ގިނަ ބަޔަކު އުންމީދު ކުރާ މެޗުވެސްމެއެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
17 ޖެނުއަރީ 2017

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
11 ޖެނުއަރީ 2017

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު