Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތޫނިސް

ތޫނިސްގެ ރައީސަކަށް ސައީދު އިންތިހާބުވެ ވަޑައިގެންފި

16 އޮކްޓޯބަރު 2019 | ބުދަ 02:49

ތޫނިސްގެ އިންތިހާބާއި ބެހޭ ކޮމެޓީއިން ނެރުނު ވަގުތީ ނަތީޖާ ދައްކާ ގޮތުން ވޯޓުގެ 69 އިންސައްތް ސައީދަށް ލިބިވަޑައިގެންފައިވާއިރު ގުރަވީ އަށް ލިބިވަޑައިގަތީ ވޯޓުގެ އެންމެ 29 އިންސައްތަ

އަތޫފް އާތިފް
އަތޫފް އާތިފް | 16 އޮކްޓޯބަރު 2019 | ބުދަ 02:49
ގައިސް ސައީދު އަދި އޭނާގެ އަނބިކަނބަލުން

ގައިސް ސައީދު އަދި އޭނާގެ އަނބިކަނބަލުން

ތޫނިސްގައި ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބޮޑު ތަފާތަކުން ގައިސް ސައީދު ކާމިޔާބުކުރައްވައިފި ކަމަށް އެ ގައުމުގެ އިންތިހާބާބެހޭ ކޮމެޓީއިން ބުނެފިއެވެ.

އެކޮމެޓީއިން ބުނީ ބުނީ ސައީދު އިންތިހާބު ކާމިޔާބު ކުރެއްވިކަމުގެ ދާއިމީ ނަތީޖާ އިންތިހާބާ ގުޅޭ މައްސަލަތައް ބެލުމަށްފަހު އިއުލާން ކުރާނެކަމަށެވެ.

ސައީދާއި އެންމެ ކައިރިން އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓު ނަބީލް އަލްގުރަވީ ވަނީ ބަލި ގަބޫލް ކުރައްވާ ސައީދަށް މަރުހަބާ ދަންނަވާފައެވެ.

ތޫނިސްގެ އިންތިހާބާއި ބެހޭ ކޮމެޓީއިން ނެރުނު ވަގުތީ ނަތީޖާ ދައްކާ ގޮތުން ވޯޓުގެ 69 އިންސައްތް ސައީދަށް ލިބިވަޑައިގެންފައިވާއިރު ގުރަވީ އަށް ލިބިވަޑައިގަތީ ވޯޓުގެ އެންމެ 29 އިންސައްތައެވެ.

ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމަށްފަހު ސައީދުވަނީ އޭނާ އަށް ވޯޓު ދެއްވި ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވާ އޭނާގެ ވެރިކަމުގައި ތޫނިސް އިން ކޮރަޕްޝަނާއި ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

މީގެ އިތުރުން ސައީދު ވިދާޅުވީ މި އިންތިހާބުގައި އޭނާގެ ކެމްޕެއިންގައި މައިގަނޑު ގޮތެއްގައި ހަރަކާތްތެރިވެ ދިނީ އެގައުމުގެ ޒުވާނުން ކަމަށާއި އެޒުވާނުންގެ ހުވަފެން ހަގީގަތަކަށް ހަދައިދީ މުޅިން އާ ތޫނިސްއެއް ބިނާ ކުރައްވާނެކަމަށެވެ.

ޔުނިވަރސިޓީ ތަކުގައި ކިޔަވައިދެއްވަން އުޅުއްވި ސައީދަކީ މީގެ ކުރިން ސިޔާސީ ދާއިރާގައި ހަރަކާތްތެރިވެ އުޅުއްވި ބޭފުޅެއް ނޫނެވެ. ތޫނިސް ރައްޔިތުންގެ މެދުގައި އޭނާ މަޝްހޫރުވެފައިވަނީ ކޮރަޕްޝަނާއި ދެކޮޅަށް އަޑު އުފުލައްވަމުން އައި ނަޒާހާތްތެރި ބޭފުޅެއްގެ ގޮތުގައެވެ.

ތޫނިސްގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި ސައީދަށް ގިނަ ފަރާތްތަކަކުން އަންނަނީ މަރުހަބާ ދަންނަވަމުންނެވެ.

އިތުރަށް ކިޔާލަން

20 މެއި 2017

ރައީސް ޓްރަމްޕް ސައުދީ އަށް ވަޑައިގެންފި

20 މެއި 2017
ރައީސް ޓްރަމްޕް ސައުދީ އަށް ވަޑައިގެންފި
14 މެއި 2017

ފްރާންސްގެ އާ ރައީސް މެކްރޮން ވެރިކަމާ ހަވާލުވެވަޑައިގެންފި

14 މެއި 2017
ފްރާންސްގެ އާ ރައީސް މެކްރޮން ވެރިކަމާ ހަވާލުވެވަޑައިގެންފި
30 އެޕްރީލު 2017

އުތުރުކޮރެއާ ހުއްޓުވައިދިނުމަށް އެމެރިކާގެ ކިބައިން ޕިލިޕީންސްގެ ރައީސް ޑުޓާޓެ އެދިވަޑައިގެންފި

30 އެޕްރީލު 2017
އުތުރުކޮރެއާ ހުއްޓުވައިދިނުމަށް އެމެރިކާގެ ކިބައިން ޕިލިޕީންސްގެ ރައީސް ޑުޓާޓެ އެދިވަޑައިގެންފި
07 އެޕްރީލު 2017

ޗައިނާގެ ރައީސް އެމެރިކާއަށް ވަޑައިގެންފި

07 އެޕްރީލު 2017
ޗައިނާގެ ރައީސް އެމެރިކާއަށް ވަޑައިގެންފި
05 އެޕްރީލު 2017

އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި

05 އެޕްރީލު 2017
އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި
03 މާރިޗު 2017

ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލް މިސްރަށް ވަޑައިގެންފި

03 މާރިޗު 2017
ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލް މިސްރަށް ވަޑައިގެންފި
03 މާރިޗު 2017

އެފްބީއައި އިން ކުރަމުންދާ ތަހުގީގުން ޖެފް ސެޝަންސް ދުރަށްޖެހިވަޑައިގެންފި

03 މާރިޗު 2017
އެފްބީއައި އިން ކުރަމުންދާ ތަހުގީގުން ޖެފް ސެޝަންސް ދުރަށްޖެހިވަޑައިގެންފި
28 ފެބުރުއަރީ 2017

ރަހީނެއްގެ ބޯ ބުރިކުރި މައްސަލައިގައި ރައީސް ޑުޓާޓޭ މަޢާފަށް އެދިވަޑައިގެންފި

28 ފެބުރުއަރީ 2017
ރަހީނެއްގެ ބޯ ބުރިކުރި މައްސަލައިގައި ރައީސް ޑުޓާޓޭ މަޢާފަށް އެދިވަޑައިގެންފި
26 ފެބުރުއަރީ 2017

އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނު މެލޭޝިއާއަށް ވަޑައިގެންފި

26 ފެބުރުއަރީ 2017
އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނު މެލޭޝިއާއަށް ވަޑައިގެންފި
10 ފެބުރުއަރީ 2017

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017
ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް