Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލިސް

އީސީއާއި، އެންއައިސީގެ މެމްބަރުކަމަށް ކުރިމަތިލާފައިވާ ފަރާތްތަކާއި އިންޓަވިއުކުރުން އަންނަ އަންގާރަ އަދި ބުދަ ދުވަހު

14 އޮކްޓޯބަރު 2019 | ހޯމަ 13:28

އީސީގެ މެމްބަރުކަމަށް އެކޮމިޝަނުގެ ކުރީގެ ރައީސް ފުއާދުއާއި މިހާރުގެ ނާއިބު ރައީސް އަމްޖަދު ހިމެނޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 14 އޮކްޓޯބަރު 2019 | ހޯމަ 13:28
އީސީގެ ނާއިބު ރައީސް އަމްޖަމް، އޭނާ ވަނީ ދެވަނަ ދައުރަކަށް ކުރިމަތި ލައްވާފަ--

އީސީގެ ނާއިބު ރައީސް އަމްޖަމް، އޭނާ ވަނީ ދެވަނަ ދައުރަކަށް ކުރިމަތި ލައްވާފަ--

އިލެކްޝަންސް ކޮމިޝަނާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެމްބަރު ކަމަށް ކުރިމަތިލާފައިވާ ބޭފުޅުންނާ އިންޓަވިއު ކުރުމަށް އަންނަ ހަފްތާގެ އަންގާރަ ދުވަހާއި ދުވަހު ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ނިންމާފައިވަނީ މިމަހުގެ 22 ވާ އަންގާރަ ދުވަހު އިލެކްޝަންސް ކޮމިޝަނަށް ކުރިމަތިލައްވާފައިވާ ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު 23 ވާ ބުދަ ދުވަހު އެންއައިސީއަށް ކުރިމަތިލާފައިވާ ބޭފުޅުންނާ އިންޓަވިއު ކުރުމަށެވެ.

Advertisement - newsAdvertisement

އިލެކްޝަންސް ކޮމިޝަނުން މެމްބަރުކަމަށް ރައީސް އޮފީހުން އިއުލާން ކޮށްފައިވަނީ އެކޮމިޝަނުގެ ނާއިބު ރައީސް އަމްޖަދު މުސްތަފާގެ ދައުރު އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ހަމަވާތީއެވެ.

ރައީސް އޮފީހުގެ އެއިއުލާނާއި ގުޅިގެން މުސްތަފާ ވެސް ވަނީ ދެ ވަނަ ދައުރަކަށް ކުރިމަތިލައްވާފަ އެވެ.

އީސީގެ މެމްބަރުކަމަށް 10 ބޭފުޅުން ކުރިމަތި ލައްވާފައިވާއިރު އޭގެ ތެރެއިން ރައީސަށް ފެނިވަޑައިގަންނަވާ ހަތަރު ނަމެއް ރައްޔިތުންގެ މަޖިލީހުން މިމަހު ދެވަނަ ދުވަހު ބޭއްވި ޖަލްސާގައި ވަނީ އިއްވާފައެވެ. އޭގެ ތެރޭގައި އެންމެ ފުރަތަމަ ނަމެއްގެ ގޮތުގައި ހިމަނުއްވާފައިވަނީ އީސީގެ ކުރީގެ ރައީސް ފުއާދު ތައުފީގުގެ ނަމެވެ. ދެވަނަ ނަމަކަށް އީސީގެ މިހާރުގެ ނައިބު ރައީސް އަމްޖަދު މުސްތަފާގެ ނަން ވަނީ ހިމަނުއްވާފައެވެ.

ރައްޔިތުންގެ މަޖިލީހުން ވަނީ އެ ހަތަރު ބޭފުޅުންނާ ގުޅޭގޮތުން އާންމުންގެ ޝަކުވާއެއް އޮތްނަމަ މި މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން އެފަރާތެއްގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު އެނގޭ ގޮތަށް ކޮމިޓީގެ މެއިލް އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުއްވައި ދިނުމަށެވެ.

އެންއައިސީގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ އެ ކޮމިޝަންގެ މެމްބަރުކަމުގައި ކުރިން ހުންނެވި މުހައްމަދު ފަރުހާދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން އުފައްދާފައި ވަނީ 2016 ވަނަ އަހަރެއެވެ. އެއީ ފުލުހުންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި، ކަސްޓަމްސްގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަން އުވާލުމަށް ފަހު އުފައްދާފައިވާ ކޮމިޝަނެކެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2017

ކައުންސިލްތަކުން ބޭރުގެ ފަރާތްތަކާއި ބައްދަލުކުރުމަކީ ޤާނޫނުން ހުއްދަކުރާކަމެއް، ސަރުކާރުން އުޅެނީ ބިރުން: މޭޔަރު ޝިފާ

11 ޑިސެމްބަރު 2017
ކައުންސިލްތަކުން ބޭރުގެ ފަރާތްތަކާއި ބައްދަލުކުރުމަކީ ޤާނޫނުން ހުއްދަކުރާކަމެއް، ސަރުކާރުން އުޅެނީ ބިރުން: މޭޔަރު ޝިފާ
11 ޑިސެމްބަރު 2017

ކައުންސިލުތަކުން ބޭރުގެ އެކިއެކި ފަރާތްތަކާއި ބައްދަލު ކުރެވޭނީ ހޯމް މިނިސްޓްރީގެ ހާއްސަ ހުއްދައެއް ލިބިގެން: އެލްޖީއޭ

11 ޑިސެމްބަރު 2017
ކައުންސިލުތަކުން ބޭރުގެ އެކިއެކި ފަރާތްތަކާއި ބައްދަލު ކުރެވޭނީ ހޯމް މިނިސްޓްރީގެ ހާއްސަ ހުއްދައެއް ލިބިގެން: އެލްޖީއޭ
23 ނޮވެމްބަރު 2017

ފުލުހުންނަށް ފާޑުވިދާޅުވުމުން އެންއައިސީގެ ރައީސްގެ މަގާމުން މާނިއު ވަކިކުރައްވައިފި

23 ނޮވެމްބަރު 2017
ފުލުހުންނަށް ފާޑުވިދާޅުވުމުން އެންއައިސީގެ ރައީސްގެ މަގާމުން މާނިއު ވަކިކުރައްވައިފި
30 ސެޕްޓެމްބަރު 2017

މާރާމާރީ ހިންގާ ފަރާތްތައް ފިލުވުމަށް އެހިތެރިވެދޭ، ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނަން: ފުލުހުން

30 ސެޕްޓެމްބަރު 2017
މާރާމާރީ ހިންގާ ފަރާތްތައް ފިލުވުމަށް އެހިތެރިވެދޭ، ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނަން: ފުލުހުން
10 ސެޕްޓެމްބަރު 2017

އައްޑޫ ސިޓީ ގަމަށް ޕިކްނިކާއި މަހަށްދާ ފަރާތްތަކާއިމެދު ގާނޫނީ ފިޔަވަޅު އަޅާނަން: އޭއައިއޭ

10 ސެޕްޓެމްބަރު 2017
އައްޑޫ ސިޓީ ގަމަށް ޕިކްނިކާއި މަހަށްދާ ފަރާތްތަކާއިމެދު ގާނޫނީ ފިޔަވަޅު އަޅާނަން: އޭއައިއޭ
15 ޖޫން 2017

އެޗްއާރުސީއެމްގެ މެމްބަރުކަމަށް ކުރީގެ އެކޮމިޝަންގެ މެމްބަރު ޒާހިދު އައްޔަން ކުރައްވައިފި

15 ޖޫން 2017
އެޗްއާރުސީއެމްގެ މެމްބަރުކަމަށް ކުރީގެ އެކޮމިޝަންގެ މެމްބަރު ޒާހިދު އައްޔަން ކުރައްވައިފި
17 މެއި 2017

އެޗްއާރުސީއެމްގެ މެމްބަރުކަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފި

17 މެއި 2017
އެޗްއާރުސީއެމްގެ މެމްބަރުކަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފި
04 އެޕްރީލު 2017

ރަސްދޫ ކައުންސިލަށް ކުރިމަތިލާފައިވާ އެމްޑީޕީ ކެންޑިޑޭޓް އަނިލް ހައްޔަރު ކޮށްފި

04 އެޕްރީލު 2017
ރަސްދޫ ކައުންސިލަށް ކުރިމަތިލާފައިވާ އެމްޑީޕީ ކެންޑިޑޭޓް އަނިލް ހައްޔަރު ކޮށްފި
09 މާރިޗު 2017

ކައުންސިލް އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން ތަރުތީބުކޮށްފި

09 މާރިޗު 2017
ކައުންސިލް އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން ތަރުތީބުކޮށްފި
07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް