Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެންއައިސީ

ފުލުހުންނަށް ފާޑުވިދާޅުވުމުން އެންއައިސީގެ ރައީސްގެ މަގާމުން މާނިއު ވަކިކުރައްވައިފި

މާނިއު އެ މަގާމުން ވަކިކޮށްފައި މި ވަނީ ފުލުހުންނަށް ފާޑުވިދާޅުވެފައި ވަނިކޮށް

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 23 ނޮވެމްބަރު 2017 | ބުރާސްފަތި 10:15
އެންއައިސީގެ މެންބަރުން

އެންއައިސީގެ މެންބަރުން

ނެޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި ޔޫސުފް މާނިއު މުހައްމަދު ކޮމިޝަންގެ ރައީސްގެ މަގާމުންނާއި މެމްބަރުންގެ މަގާމުން ރައީސުލްޖުމްހޫރީއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ވަކިކުރައްވައިފިއެވެ.

އެންއައިސީގެ މާނިއު ރައީސްގެ މަގާމުންނާއި މެމްބަރުކަމުގެ މަގާމުން ވަކިކޮށްފައި މިވަނީ އެންއައިސީން ކުރިއަށް ގެންދާ ބައެއް ތަހުގީގުތަކަށް ފުލުހުންގެ ބައެއް އިސްވެރިންގެ ފަރާތުން އެއްބާރުލުން ލިބެމުން ނުދާ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.

Advertisement - newsAdvertisement

މާނިއު އެންއައިސީގެ ރައީސްގެ މަގާމުން ވަކިކޮށްފައިވާކަން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ކުރެއްވި ޓްވީޓެއްގައި ވަނީ ޔަގީން ކޮށްދެއްވާފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު ގއ. ވިލިގިލީގައި ހުންނަ ފުލުހުންގެ މަރުކަޒުގައި ކުށުގެ ތުހުމަތުގައި ބަންދުކުރާ ފަރާތްތައް ބަންދުކުރާ ގޮޅީގެ ޙާލަތު ބެލުމަށް އެންއައިސީގެ ތަހުޤީޤް ޓީމަކުން ޒިޔާރަތްކުރިއެވެ. އަދި އެންއައިސީގެ ޤާނޫނުން ލިބިދޭ ބާރުގެ ދަށުން އެތަނުގެ ފޮޓޯ ނަގަން ބޭނުން ކަމަށް އެންގުމުން، ލިޔުމުން އެކަމަށް އެދުމަށް ވިލިގިލީ ފުލުހުން އެންގި ކަމަށް ވެއެވެ. އަދި ޤާނޫނުން ބާރު ލިބުނު ނަމަވެސް، އެއްބާރުލުން ދިނުމުގެ ގޮތުން އެންއައިސީން ވަގުތުން ސިޓީއެއް ފޮނުވި ކަމަށް މައުލޫމާތު ލިބެއެވެ. އަދި އެތަނުގެ ފޮޓޯ ނެގުމަށް ފަހު އެންއައިސީގެ ތަހުޤީޤް ޓީމް ގއ. މާމެންދޫއަށް ގޮސް ތިއްބައި، ވިލިގިލިން ފުލުހުންގެ ބަޔަކު މާމެންދޫއަށް އަރައި، އެންއައިސީގެ މުވައްޒަފުން ލައްވައި، އެމީހުން ނެގި ފޮޓޯތައް ޑިލީޓްކުރުވިއެވެ. އަދި މީހުން ބަންދުކުރާ ގޮޅީގެ ފޮޓޯ ނަގަން ހުއްދަ ދެވުނީ އޮޅިގެން ކަމަށް އެންއައިސީއަށް އެންގި ކަމަށް ފުލުހުން ބުނި ކަމަށް ވެއެވެ.

އެ ހާދިސާއާ ގުޅިގެން، އެންއައިސީން ބަލަމުންދާ މައްސަލަތަކަށް ފުލުހުންގެ އެއްބާރުލުން ނުލިބޭ ކަމަށް ވިދާޅުވެ، އެކޮމިޝަންގެ ރައީސް ޔޫސުފް މާނިއު ހޮނިހިރު ދުވަހު ވަނީ ޓްވީޓްކުރައްވާފައެވެ. އަދި މިކަމާ ބެހޭ ގޮތުން ރާއްޖެއެމްވީއިން ސުވާލު ދެންނެވުމުން މާނިއު ވިދާޅުވީ އެފަދަ ޙާދިސާއެއް ހިނގާފައިވާ ކަމަށާއި، އެފަދަ ޙާދިސާތައް ހިނގުން އާއްމު ކަމަށެވެ. އަދި ފުލުހުންގެ ފަރާތުން ލިބެން ޖެހޭ އެއްބާރުލުން އެންއައިސީއަށް ލިބުމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ.

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި

16 ފެބުރުއަރީ 2017
ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި
14 ފެބުރުއަރީ 2017

ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި

14 ފެބުރުއަރީ 2017
ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި
05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
02 ފެބުރުއަރީ 2017

ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި

02 ފެބުރުއަރީ 2017
ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި
02 ފެބުރުއަރީ 2017

ސްޕެޝިއަލިސްޓް އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ

02 ފެބުރުއަރީ 2017
ސްޕެޝިއަލިސްޓް  އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު