Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލާމަރުކަޒީ ނިޒާމް

ކައުންސިލްތަކުން ބޭރުގެ ފަރާތްތަކާއި ބައްދަލުކުރުމަކީ ޤާނޫނުން ހުއްދަކުރާކަމެއް، ސަރުކާރުން އުޅެނީ ބިރުން: މޭޔަރު ޝިފާ

ހުއްދަ ހޯދަންޖެހޭކަމަށް އެލްޖީއޭއިން އެންގި ނަމަވެސް ނިޒާމް ހިނގަނީ އެގޮތަކަށް ނޫން

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 11 ޑިސެމްބަރު 2017 | ހޯމަ 20:01
އިނގެރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ކައުންސިލް މެމްބަރުންތަކަކާއެކުގައި

އިނގެރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ކައުންސިލް މެމްބަރުންތަކަކާއެކުގައި

ބޭރުގެ ފަރާތްތަކާއި ގުޅިގެން ރައްޔިތުންގެ ފައިދާއަށް މަސައްކަތްތައް ކުރުމަށް ކައުންސިލްތަކަށް ޤާނޫނުން ހުއްދަ ލިބިދީފައިވާ ކަމަށާއި، ބޭރުގެ ފަރާތްތަކާއި ބައްދަލު ކުރުމަށް ކައުންސިލްތަކަށް މަނާކުރީ ސަރުކާރު ބިރުގަންނާތީ ކަމަށް މާލޭގެ މޭޔަރު ސިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓަރުގެ ހުއްދަ ނެތި ކައުންސިލްތަކަށް ބޭރުގެ ފަރާތްތަކާއި ބައްދަލު ނުކުރެވޭގޮތަށް ސާކިއުލާއެއް ނެރި އެކަން ކައުންސިލްތަކަށް އެންގުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ ބޭރުގެ ފަރާތްތަކާއި ބައްދަލުކުރާއިރު ހުއްދަ ހޯދަންޖެހޭ ކަމަށް އެލްޖީއޭއިން އެންގި ނަމަވެސް ނިޒާމް ހިނގަނީ އެގޮތަށް ނޫން ކަމަށެވެ. އެގޮތުން ބޭރުގެ ފަރާތްތަކާއި ގުޅިގެން ރައްޔިތުންގެ ފައިިދާއަށް ކަންކަން ކުރަންޖެހޭ ކަމަށް ލާމަރުކަޒީ ޤާނޫނުގައި ބުނެފައިވާ ކަމަށް މޭޔަރު ޝިފާ މުހައްމަދު ވިދާޅުވި އެވެ.

Advertisement - newsAdvertisement
"ތިނަދޫ ކައުންސިލުން ބޭރުގެ ފަރާތްތަކާއި ބައްދަލުކުރީމައި ވަރަށް ބޮޑަށް ކަންބޮޑުވެއްޖެ. އައްޑު އަތޮޅު ކައުންސިލާއި ބައްދަލުކުރުމުގެ ސަބަބުން ވަރަށް ބޮޑަށް ކަންބޮޑުވެއްޖެ. މިކަންކަމާއި ގުޅިގެން މި އަންނަނީ. އެކަމަކު އަޅުގަނޑުމެންނަށް ދައުވަތުވެސް އެބަލިބޭ ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރުމަށްޓަކައި ބޭރުގެ ފަރާތްތަކާއި އެކުގައި މަސައްކަތް ކުރުމަށް." އެލްޖީއޭގެ ނިންމުމާއި ގުޅިގެން ރާއްޖެޓީވީގައި ވާހަކަދައްކަވަމުން މާލޭގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވި އެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު - ޝިފާ ވަނީ އެލްޖީއޭ އެކުލެވިގެންވާގޮތަށް ވެސް ފާޑުވިދާޅުވެފައި -- ފޮޓޯ: ރާއްޖެ.އެމްވީ

އެލްޖީއޭ އެކުލެވިގެންވާ ގޮތަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ޝިފާ ވިދާޅުވީ އެލްޖީއޭއަކީ ރައީސް ޔާމީން އައްޔަނުކުރައްވާ މަދު އަދަދެއްގެ ބަޔަކު އެކަނި ކަމަށެވެ. މީގެކުރިން ކައުންސިލްތައް އެލްޖީއޭގައި ތަމްސީލް ކުރުމުގެ ފުރުސަތު ލިބުނު ނަމަވެސް މިހާރު އެ ފުރުސަތު ވެސް ނެތް ކަމަށް ޝިފާ ވިދާޅުވި އެވެ. އަދި މީގެކުރިން އެލްޖީއޭއިން ނިޒާމް ހަރުދަނާ ކުރުމަށް ކުޑަކޮށް މަސައްކަތްތަކެއް ކުރި ކަމަށާއި، ނަމަވެސް މިހާރު އެފަދަ އެއްވެސް މަސައްކަތެއް ކުރާ މަންޒަރު ނުފެންނަ ކަމަށް ޝިފާ ވިދާޅުވި އެވެ.

ޝިފާ ވިދާޅުވި ގޮތުގައި މި ސަރުކާރުން ލާމަރުކަޒީ ނިޒާމް ހިންގާކަށް ބޭނުމެއް ނުވެ އެވެ. އަދި ޤާނޫނު އަސާސީއަށް މި ސަރުކާރުން އިހުތިރާމް ކުރާ މަންޒަރު ވެސް ނުފެންނަ ކަމަށް ޝިފާ ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

09 މެއި 2017

އާސަންދަ ހިދުމަތުގެ ބޭރުގެ ސިއްހީ ފަރުވާ އަށް 89 މިލިއަން ރުފިޔާ

09 މެއި 2017
އާސަންދަ ހިދުމަތުގެ ބޭރުގެ ސިއްހީ ފަރުވާ އަށް 89 މިލިއަން ރުފިޔާ
03 މެއި 2017

ޔާމީންގެ މައްސަލައިގައި ބޭރުގެ އެހީ އެބަ ހޯދަން، ދެމީހުން ހައްޔަރުކޮށްފިން: ފުލުހުން

03 މެއި 2017
ޔާމީންގެ މައްސަލައިގައި ބޭރުގެ އެހީ އެބަ ހޯދަން، ދެމީހުން ހައްޔަރުކޮށްފިން: ފުލުހުން
02 މެއި 2017

ޔާމީންގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދުމަށް އާއިލާއިން އެދިއްޖެ

02 މެއި 2017
ޔާމީންގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދުމަށް އާއިލާއިން އެދިއްޖެ
25 އެޕްރީލު 2017

އިދިކޮޅު ފަރާތްތަކުން ބޭރުގެ ޑިޕްލޮމެޓުންނާ ބައްދަލުކޮށްފި

25 އެޕްރީލު 2017
އިދިކޮޅު ފަރާތްތަކުން ބޭރުގެ ޑިޕްލޮމެޓުންނާ ބައްދަލުކޮށްފި
23 އެޕްރީލު 2017

ޔާމީންގެ މަރާ ގުޅިގެން ބޭރުގެ ބައެއް ސަފީރުން ކަންބޮޑުވުން ފާޅުކޮށްފި

23 އެޕްރީލު 2017
ޔާމީންގެ މަރާ ގުޅިގެން ބޭރުގެ ބައެއް ސަފީރުން ކަންބޮޑުވުން ފާޅުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު