Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޭސީސީ އަށް ހާޒިރުކުރުން

އޭސީސީ އަށް ހާޒިރުވުމަށް ފާރިސް އަށް އަންގައިފި

13 މާރިޗު 2017 | ހޯމަ 12:50

ފާރިސް ހާޒިރުކުރަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ނުބުނި

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 13 މާރިޗު 2017 | ހޯމަ 12:50
ދިއްގަރު ދާއިރާގެ މެންބަރު ފާރިސް، ޖަލަށް ދާން ޖެހުނަސް މި މަސައްކަތުގައި ދެމި ހުންނާނަން

ދިއްގަރު ދާއިރާގެ މެންބަރު ފާރިސް، ޖަލަށް ދާން ޖެހުނަސް މި މަސައްކަތުގައި ދެމި ހުންނާނަން

އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ދިއްގަރު ދާއިރާގެ މެންބަރު އަދި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫން އެ ކޮމިޝަނަށް ހާޒިރުވުމަށް އަންގައިފި އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭސީސީ އަށް ހާޒިރުވުމަށް ފާރިސް އަށް އަންގާފައިވަނީ އަންގާރަ ދުވަހުގެ ވަގުތަކަށެވެ.

Advertisement - newsAdvertisement

ފާރިސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭސީސީ އަށް ހާޒިރުވާން އަންގާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލައިގެ ވޯޓުގެ ކުރިން ޖެއްސުންކޮށް، ސިޔާސީ މަގުސަދެއް ހާސިލްކުރުމަށް ކަމަށެވެ.

އޭސީސީ އަށް ހާޒިރުވާން އެންގުުމުގެ ކުރިން ވެސް ފާރިސް ވަނީ، މަސީހުގެ އިތުބާރުގެ މައްސަލައާ ގުޅިގެން މެންބަރުންނަށް އެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތިކުރުވައި، ބިރުދައްކާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް، ޖަލަށް ދާން ޖެހުނު ނަމަވެސް، އިސްލާހީ މަސައްކަތުގައި ސާބިތުވެ ހުންނަވާނެ ކަމަށް ފާރިސް ވިދާޅުވެފައިވެ އެވެ.

މިކަމާ ގުޅޭ ގޮތުން އޭސީސީގެ މީޑިއާ އޮފިޝަލް ހަސަން މަނިކު ވިދާޅުވީ ހާޒިރުކުރާ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި ހާޒިރުކުރާ ގަޑި ވެސް އެ ކޮމިޝަނުން ހާމަނުކުރާ ކަމަށެވެ.

އޭސީސީ އަށް ހާޒިރުވުމަށް ފާރިސް އަށް އަންގާފައިވަނީ ތަހުގީގުކުރާ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ވެސް އެ ކޮމިޝަނުން ނުބުންޏެވެ.

އޭސީސީ އަށް ފާރިސް ހާޒިރުކުރާއިރު، 26 މެންބަރުންގެ ސޮޔާއެކު ހުށަހެޅި މަސީހުގެ އިތުބާރުގެ މައްސަލައިގައި އެންމެ ކުރީސަފުގައި މަސައްކަތް ކުރައްވަމުން ގެންދަވަނީ އޭނާ އެވެ. އެގޮތުން، ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ހޮނިހިރުގެ ދުވަހުގެ ރޭ ފާރިސް ވަނީ މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްކުރެވޭ ވަރަށް މެންބަރުން ހަމަވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ޕީޕީއެމް ދެފަޅިވެ، ރައީސް މައުމޫނާއި ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރައްވާ ބޭފުޅުންގެ ދެ ފެކްޝަނެއް އުފެދިފައިވާއިރު، ސަރުކާރުން ރައީސް މައުމޫނަށް އެކި ގޮތްގޮތުން ޖެއްސުންކުރަމުންދާ ކަމަށް އެމަނިކުފާނުގެ ފެކްޝަނަށް ނިސްބަތްވާ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.

އެގޮތުން، ރައީސް މައުމޫންގެ އިނާޔަތްތަކަށް ކުޑަކޮށް، އެމަނިކުފާނަށް އެމްއެންޑީއެފް އިން ދެމުން ދިޔަ ސެކިއުރިޓީ ވެސް ކުޑަކޮށްފައިވާ ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
16 ޖެނުއަރީ 2017

ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި

16 ޖެނުއަރީ 2017
ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި
16 ޖެނުއަރީ 2017

ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި

16 ޖެނުއަރީ 2017
ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
10 ޖެނުއަރީ 2017

ޔުމްނާ މައުމޫނު ފުލުހަށް ހާޒިރުވުމަށް އަންގައިފި

10 ޖެނުއަރީ 2017
ޔުމްނާ މައުމޫނު ފުލުހަށް ހާޒިރުވުމަށް އަންގައިފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް