Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބަގާވާތުގެ މައްސަލަ ބަލަން ތާއީދު: ގާސިމް

ބަޣާވާތުގެ މައްސަލަ ބަލަން ތާއީދު : ގާސިމް

ބަޣާވާތެއް ކުރީމާ ބަޣާވާތަކަށް މިވަނީ ކިހިނެއްތޯ ބަލާ ސާފުކުރަން އެބަޖެހޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 8 އޮކްޓޯބަރު 2019 | އަންގާރަ 11:57
ފެބްރުއަރީ 7، 2012 ގައި ޖުމްހޫރީ މައިދާނުގައި ގާސިމް އިބްރާހިމް އަޑުގަދަކުރާއެއް ބޭނުންކުރައްވައިގެން ވާހަކަދައްކަވަނީ

ފެބްރުއަރީ 7، 2012 ގައި ޖުމްހޫރީ މައިދާނުގައި ގާސިމް އިބްރާހިމް އަޑުގަދަކުރާއެއް ބޭނުންކުރައްވައިގެން ވާހަކަދައްކަވަނީ

ފެބްރުއަރީ 7 ގައި ކުރި ބަޣާވާތުގެ މައްސަލަ ބަލަން ތާއީދު ކުރައްވާކަމަށް މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ ލާމަރުކަޒީ ގަރާރަށް ބަހުޘް ކުރަމުން ގެންދަވަނިކޮށް، ފެބްރުއަރީ 7، 2012 ގައި ކުރީ ބަޣާވާތެއްކަމަށް މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ވިދާޅުވުމާއި ގުޅިގެންނެވެ.

Advertisement - newsAdvertisement

ޒަރީރު ވިދާޅުވީ ރާއްޖޭ ލާމަރުކަޒީ އުޞޫލުން ހިންގުމަށް 2008 ވަނަ އަހަރު އައި އެމްޑީޕީގެ ވެރިކަމުގައި ކުރަން ފެށި މަސައްކަތް ހުއްޓާލަން ޖެހުނީ ޙަރާމް ބަޣާވާތެއް ކޮށްގެން ކަމަށެވެ. އަދި އެއީ ރާއްޖޭގައި ފުރަތަމަ އިންތިޚާބުވި ޑިމޮކްރަޓިކް ވެރިކަން ވައްޓާލި ހިސާބު ކަމަށް ޒަރީރު ވިދާޅުވިއެވެ.

ޒަރީރުގެ ވާހަކަތަކާއި ގުޅިގެން ނިޒާމީ މައްސަލައެއް ނަންގަވާ ގާސިމް ވިދާޅުވީ ބަޣާވާތެއްގެ ވާހަކަ މަޖިލިސް ތެރޭގައި ދޭތެރެ ދޭތެރެއިން ދައްކަވާތީ އަދި ދައްކަމުންދާއިރު އެކަން ބެލުމަށް މަޖިލީހުގެ ކޮމިޓީއަކަށް ވެސް އެ މައްސަލަ ހުށަހެޅިފައިވާ ކަމަށެވެ. އަދި ބަޣާވާތެއް ކުރީމަ އެއީ ބަޣާވާތަކަށް ވަނީ ކިހިނެއްތޯބަލާ ސާފުކުރަން ޖެހޭ ކަމަށް ގާސިމް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކުރި މައްސަލަ އަލުން ބެލިދާނެތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ ޤާނޫނީ ލަފާ ހޯދުމަށް އެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މިއަދު ވަނީ ނިންމާފައެވެ.

މިގޮތަށް ނިންމާފައިވަނީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުކުރި މައްސަލަ ބެލުމަށް އެދި އަމިއްލަ ފަރާތަކުން މަޖިލީހަށް ފޮނުވި ސިޓީގެ މައްސަލައިގައި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި މަޝްވަރާކުރުމަށްފަހުގައެވެ.

7 ފެބްރުއަރީ ގައި ވެރިކަން ބަދަލުކުރި މައްސަލަ ބަލަން މީގެ ކުރިން އެކުލަވާލި، ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ) ގެ ރިޕޯޓުގައި ނިންމީ އެއީ ބަޣާވާތެއް ނޫން ކަމަށާއި، ބަޣާވާތެއް ކުރި ކަމުގެ ހެއްކެއް ނެތް ކަމަށެވެ.

މަޖިލީހަށް އާންމު ފަރާތަކުން ފޮނުވާފައިވާ ސިޓީގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވައްޓާލުމުގައި އިސްކޮށް ހަރަކާތްތެރިވިކަމަށް ބުނެ ބައެއް ބޭފުޅުންގެ ނަންތަކެއް ވެސް ވަނީ ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމާއި، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި، ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމާއި، ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާގެ ނަން ހިމަނާފައިވެއެވެ.

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު