Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސޮވަރިން ޑިވެލޮޕްމަންޓް ފަންޑު

ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރި ފައިސާ ދެގުނައަށް އިތުރުވެއްޖެ

8 އޮކްޓޯބަރު 2019 | އަންގާރަ 09:05

މިދިޔަ ސަރުކާރު ނިމުނު އިރު އެސްޑީއެފްގައި ހުރީ 96.3 މިލިއަން ޑޮލަރު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 8 އޮކްޓޯބަރު 2019 | އަންގާރަ 09:05
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހުގައި

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހުގައި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރާ ހަވާލުވެވަޑައިގެންނެވި ފަހުން ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) ގައި ހުރި ފައިސާގެ އަދަދު، ދެގުނައަށް އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، 30 ސެޕްޓެމްބަރ 2018 ގެ ނިޔަލަށް އަދި ސަރުކާރާ ހަވާލުވެވަޑައިގެންނެވި އިރު ސޮވެރެން ޑިވަލަޕްމަންޓް ފަންޑުގެ ބެލެންސްގައި ހުރީ 96.3 މިލިއަން ޑޮލަރު ކަމަށެވެ. ނަމަވެސް މި މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް އެސްޑީއެފްގެ ބެލެންސް ވަނީ 181 މިލިއަން ޑޮލަރަށް އިތުރުވެފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިނިސްޓަރު ވިދާޅުވީ އެސްޑީއެފްގެ ބިލެއްގެ މަސައްކަތް ފިނޭންސް މިނިސްޓްރީއާއި އެމްއެމްއޭއާއި ގުޅިގެން ކުރައްވަމުން ގެންދަވާ ކަމަށާއި، އެބިލް ވަރަށް އަވަހަށް މަޖިލީހަށް ފޮނުއްވާނެ ކަމަށެވެ.

މީގެ އިތުރުން 1.2 ބިލިއަން ޑޮލަރު އިންޑިއާ ސަރުކާރުން ދޭނެކަމަށް ސަރުކާރުން ހާމަކޮށްފައިވާތީ އެކަމާގުޅޭ ސުވާލެއް ވެސް މެންބަރު ސައީދު ވަނީ މިނިސްޓަރު އަމީރާއި އަމާޒު ކުރައްވާފައެވެ. އެގޮތުން އޭގެ ކޮސްޓަކީ ކޮބައިތޯއާއި އޭގެ އިންޓްރެސްޓް ރޭޓާ ގްރޭސް ޕީރިއަޑް އަދި އަނބުރާ ދައްކަން ޖެހޭ މުއްދަތަކީ ކޮބައިތޯ ސައީދު ސުވާލުކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ އިންޑިއާއިން ދޭން ނިންމި 1.2 ބިލިއަން ޑޮލަރުގެ ތެރެއިން 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީއެއް އެބައިން ކަމަށާއި، އޭގެ ބޭނުން ސަރުކާރުން ކުރާނީ، ސަރުކާރުން ހިންގާ ބޮޑެތި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ތެރެއިން، ޕްރޮޕޯސަލް ހުށަހަޅުއްވައިގެން ކަމަށެވެ.

ރައީސް ސޯލިހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއާއިން ރާއްޖެއަށް އެހީގެ ގޮތުގައި ދޭ 50 މިލިއަން ޑޮލަރާ އެކު ޖުމްލަ 1.4 ބިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީ ދިނުމަށް ވަނީ ނިންމާފައެވެ. މިއީ މިފަހުގެ ތާރީހެއްގައި އިންޑިއާއިން މިހާ ބޮޑު މާލީ އެހީތަކެއް ރާއްޖެއަށް ދިން ފުރަތަމަ ފަހަރެވެ.

އިންޑިއާއިން ދޭން ނިންމި އެހީގެ ދަށުން މިހާތަނަށް އެކި ޕްރޮޖެކްޓްތައް ފަށާފައިވާއިރު، މީގެ ތެރޭގައި ސްކޫލްތަކުގެ އާ ކުލާސް ރޫމްތަކާއި މަލްޓި ޕަރޕަސް ހޯލްތައް އެޅުމުގެ އިތުރުން ފުލުހުންގެ ތަރައްގީއަށް ވެސް އެހީތެރިވެދީފައިވެއެވެ.

އެންމެ ހިނގާ

1

ރަސްމާލެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

2

ލިމިޓް ހަމަވީ ކަމަށް ބުނެ އާސަންދަ ކަނޑާލުމުން މަންމަގެ ރުއިމާއި އާދޭސް: "އަފްރާހުގެ ފުރާނައަށް ލިމިޓެއް އޮވޭތަ؟"

3

އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިންގ މިނިސްޓަރު ޝާހިދު ހައްޔަރުކޮށްފި

4

"ނިއުކްލިއަރ ހަމަލާއަކާއެކު ތިންވަނަ ބޮޑުހަނގުރާމަ ފެށޭނެ": އީރާނަށް ހަމަލާދޭން އިސްރާއީލުން ބާރުއަޅާ ކަމަށް ބުނެ ކާލްސަންގެ އިންޒާރު

5

އެމެރިކާއިން އީރާނަށް ހަމަލާ ދޭން ފަށައިފި، އެންމެ ފަހުގެ އުދުވާންތައް އަމާޒުކުރީ ޤެޝްމް ޖަޒީރާއަށް

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް