Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަސްޓް ލޭޑީ ފަޒްނާ އިބްރާހިމް

ކުދިން ތަރުބިއްޔަތު ކުރުމުގައި ތިމާވެއްޓާއި ރަޙުމަތްތެރިގޮތްތައް އިޚްތިޔާރުކުރަންޖެހޭ: ފަސްޓްލޭޑީ

4 އޮކްޓޯބަރު 2019 | ހުކުރު 18:14

:މަމްސް އެކްސްޕޯ 2019" ކުރިއަށްދަނީ ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލްގައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 4 އޮކްޓޯބަރު 2019 | ހުކުރު 18:14
މަމްސް އެކްސްޕޯ 2019 އިފްތިތިހާހުކުރުމުގެ ރަސްމިއްޔާތުގައި މެޑަމް ފަޒްނާ އަހުމަދު ބައިވެރިވެ ވަޑައިގަންނަވަނީ

މަމްސް އެކްސްޕޯ 2019 އިފްތިތިހާހުކުރުމުގެ ރަސްމިއްޔާތުގައި މެޑަމް ފަޒްނާ އަހުމަދު ބައިވެރިވެ ވަޑައިގަންނަވަނީ | ރައީސް އޮފީސް

ކުދީން ބެލުމާއި، ތަރުބިއްޔަތު ކުރުމުގައި ތިމާވެއްޓާއި ރަޙުމަތްތެރި، އަދި އިސްރާފުވުން ކުޑަ ގޮތްތައް އިޚުތިޔާރު ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ގޮވާލައްވައިފިއެވެ.

އެކަމަނާ މިކަމަށް ގޮވާލެއްވީ، މައިންނާއި އަންހެން ކަނބަލުންގެ މަސައްކަތްތެރިކަން ދައްކާލުމަށް ބާއްވާ "މަމްސް އެކްސްޕޯ 2019" އިފްތިތާޙު ކޮށްދެއްވައި، ދެއްކެވި ވާހަކަފުޅުގައެވެ.

Advertisement - newsAdvertisement

ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއް ކަމަށްވާ "މަމްސް" ޖަމްޢިއްޔާއިން އިންތިޒާމުކޮށްގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މައުރަޒު ކުރިއަށްދަނީ ބިލަބޮންގ އިންޓަނޭޝަނަލް ސްކޫލްގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ތިމާވެށި ރައްކާތެރި ކުރުމުގެ މުހިއްމުކަން އިތުރުވެފައިވާ މި ދަނޑިވަޅުގައި ކުދީން ބޮޑުކުރުމުގައި ވެސް ތިމާވެއްޓާއި ރަޙުމަތްތެރި، އަދި އިސްރާފުވުން ކުޑަވާނެ ގޮތްތައް އިޚުތިޔާރު ކުރުމަކީ، ތިމާވެށި ހިމާޔަތް ކުރުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމެއް ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން، "މަމްސް" ޖަމްޢިއްޔާއިން އިސްނަގައިގެން ކުރަމުން ގެންދާ ފައިދާހުރި މަސައްކަތްތައް ފާހަގަކުރައްވާ އެކަމަނާވަނީ، ހުރިހާ މައިންނަށް، އަދި ޚާއްޞަކޮށް ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ މައިންނަށް، އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މީގެ އިތުރުން، އަންހެނުން ބާރުވެރިކުރުވުމަކީ، ދިގު މުއްދަތެއްގެ ފައިދާތަކެއް ލިބޭނެ ކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންވަނީ މައިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްޞަދުގައި "މަމްސް" ޖަމްޢިއްޔާއިން އިސްނަގައިގެން ހަދާފައިވާ "ފެމިލީ ޓު ފެމިލީ ފަންޑް" ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވާފައެވެ.

"މަމްސް އެކްސްޕޯ" އަކީ މަސައްކަތެރި މައިންނާއި، އަންހެން ކަނބަލުންގެ މަސައްކަތްތައް ދައްކުވައިދޭ މައުރަޒެކެވެ. މަމްސް ޖަމްޢިއްޔާއިން މިފަދަ މައުރަޒެއް އިންތިޒާމު ކުރުމުގެ މައިގަނޑު މަޤްޞަދަކީ، އަންހެނުން ބާރުވެރިކުރުމާއި، ވިޔަފާރި ފުޅާކުރަން އެހީތެރިވެ ދިނުމާއި، އާމްދަނީ ހޯދުމަށް މަސައްކަތް ކުރުމަށް މައިންނަށް ފުރުޞަތު ފަހިކޮށްދީ، އަންހެނުން ބާރުވެރި ކުރުވުމެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
29 ޖެނުއަރީ 2017

ފިޝަރީޒްގެ ސެންޓަރުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

29 ޖެނުއަރީ 2017
ފިޝަރީޒްގެ ސެންޓަރުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
23 ޖެނުއަރީ 2017

ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން %79 ކުދިން ވަނީ ފާސްވެފައި

23 ޖެނުއަރީ 2017
ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން  %79 ކުދިން ވަނީ ފާސްވެފައި
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
16 ޖެނުއަރީ 2017

ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި

16 ޖެނުއަރީ 2017
ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް