Advertisement
ކ. މާލެ
|
30 ސެޕްޓެންބަރ 2019 | ހޯމަ 17:38
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު
އެމްއެންޑީއެފް
އަލިފާނުގެ ހާދިސާ
ތެޔޮ ބައުޒަރުގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި
ހާދިސާގެ ރިޕޯޓް ލިބިފައިވަނީ 03:40 ހާއިރު
މި ހާދިސާގައި ޖުމްލަ 4 ތެޔޮ ބައުޒަރުގައި ރޯވެ، އަނދާފައިވޭ
މި ހާދިސާގައި ޖުމްލަ 8 މީހަކު ފިހިފައިވޭ

ޓީޖެޓީ ސަރަހައްދުގައި އޮތް ތެޔޮ ބައުޒަރެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފިއެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ޓީމަށް 03:40 ހާއިރު ލިބިފައިވާއިރު އަލިފާންގަނޑު އެއްކޮށް ނިއްވާލާފައިވަނީ 05:09 ހާއިރުއެވެ.

މަންޒަރު ދުށް މީހެއް ރާއްޖެއެމްވީއަށް ކިޔައިދިން ގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ޓީޖެޓީ ސަރަހައްދުގައި އޮތް ލޯންޗަކަށް ޕެޓްރޯލް އަޅަނިކޮށް ތެޔޮ ބައުޒަރުގެ ހޮޅީގައި ރޯވެގެންނެވެ. ތެޔޮ ބައުޒަރުގެ ހޮޅީގެ މެދުގައި ރޯވި ކަމަށާއި ބޮޑަށް ބެލެވޭ ގޮތުގައި ހޮޅީގެ މެދުގައި ރޯވާން ދިމާވީ ސިނގިރޭޓެއްގެ ސަބަބުން ކަމަށް އޭނާ ބުންޏެވެ.

އެ ބައުޒަރުގައި ރޯވުމުން ދެން އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި އެހެން ތެޔޮ ބައުޒަރުތަކަށް އަލިފާންގަނޑު ވަނީ ފެތުރި، އެ އުޅަނދުތަކުގައި ރޯވެފައެވެ.

Advertisement

އެ ލޯންޗު ރޯވެފައިވާއިރު ލޯންޗުގެ ބޮޑުބައެއް ވަނީ ފަޅު ތެރެއަށް އަޑިއަށް ގޮސްފައެވެ. މި ހާދިސާގައި ޖުމްލަ 4 ތެޔޮ ބައުޒަރުގައި ރޯވެފައިވާއިރު އެ ތެޔޮ ބައުޒަރުތައް ބޭނުން ނުކުރެވޭ ވަރަށް ވަނީ ހަލާކުވެފައެވެ.

މި ހާދިސާގައި ޖުމްލަ 8 މީހަކު ފިހިފައިވާއިރު އެ 8 ފިރިހެންނަށް އަންނަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

އެ ސަރަހައްދަށް ވަޑައިގެން އެމްއެންޑީފްގެ ޓީމާ މުހާތަބު ކުރައްވާ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ އެ އަލިފާނުގެ ހާދިސާގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުން ކުރެއްވީ ވަރަށް ރަނގަޅު މަސައްކަތެއް ކަމަށާއި އަލިފާންގަނޑު އަވަހަށް ނިއްވާނުލެވުނު ނަމަ މިކަން ބޮޑު ކާރިސާއަކަށް ބަދަލުވެގެން ދިޔައީސް ކަމަށެވެ. އަދި މިކަހަލަ ހާދިސާތައް ހިނގުން ހުއްޓުވުމަށްޓަކައި އެންމެހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެ ސަރަހައްދަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީއާ ހޯމް މިނިސްޓަރ ޝެއިހް އިމްރާން އަބްދުﷲ ވަނީ ވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް
1 އޮކްޓޯބަރ 2019 | އަންގާރަ 00:37
މިޔޮތީ ޤައުމަށްޖެހިފަ
ދެންހުރިހާ އެޗެއް ފަޅުތެރެއަށް އަޅާލާ! އޭރުން ހުންނާނީ ކްލައިމެޓް ވެފަ