ކ. މާލެ
|
27 ސެޕްޓެންބަރ 2019 | ހުކުރު 14:14
ދ ކުޑަހުވަދޫގެ މިސްކިތެއް
ދ ކުޑަހުވަދޫގެ މިސްކިތެއް
ރާއްޖެއެމްވީ
ދ ކުޑަހުވަދޫ
ދ.ކުޑަހުވަދޫ- މާލެއަށް ތޮއްޖެހުމުގެ ބަދަލުގައި އަތޮޅުގެ ރަށްރަށް ތަރައްޤީކުރުމުގެ މިސާލެއް!
 
ރައްޔިތުންގެ ފަރާތުންވެސް އެއްބާރުލުން ލިބޭ
 
ކައުންސިލުން އިސްނަގައިގެން ތަރައްޤީގެ މަޝްރޫއުތައް ހިންގާ
 
ކުޑަހުވަދު ސަންސެޓް ބީޗް ތަރައްޤީ ކޮށްފައިވަނީ ޖަޒީރާވަންތަކޮށް

އަބަދުވެސް ދެކެވޭ ވާހަކައަކީ ހުރިހާ ތަރައްޤީއެއް ވެރިރަށް މާލެއަށް ހުސްވެފައިވާ ވާހަކައެވެ. އަތޮޅު ތެރޭގެ ރަށްރަށަށް ތަރައްޤީ ނާންނަ ވާހަކައެވެ. ތަރައްޤީގެ ސިފަ ނުފެންނަ ވާހަކައެވެ. އަތޮޅުތެރޭގެ ރަށްރަށް މާލެއާ އެއް ފެންވަރަށް ތަރައްޤީ ނުކުރެވޭނެ ވާހަކައެވެ. އެއީ މާ ދުރު މުސްތަޤުބަލެއްގައި ވާން އޮތް ކަމެއް ގޮތަށް މީހުންނަށް ޤަބޫލުކުރެވޭ ވާހަކައެވެ. ނަމަވެސް ދ.ކުޑަހުވަދޫއަށް ބަލާލުމުން މިއީ މުޅިން ތެދު ވާހަކައެއް ނޫންކަން ދޭހަވެގެންދެއެވެ.

ރާއްޖެޓީވީގެ 4 މެމްބަރުންގެ ޓީމެއް އޮފީސް ދަތުރެއްގައި ދ.ކުޑަހުވަދޫއަށް ދިޔައީ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ ކަމަކަށްވެސް ލޮލުގައި އަޅައިގަތީ އެރަށުގެ ހިތްގައިމު އެއާޕޯރޓެވެ. 35 މިނެޓުގެ ދަތުރަކަށްފަހު "ދާލު އެއާޕޯރޓް" އަށް އައުމާއެކު ފުރަތަމަވެސް ލިބިގެންދިޔައީ ހޫނު މަރުހަބާއެކެވެ. އެކުވެރިކަމާއި ގާތްކަމެވެ. ނަމަވެސް އެވަގުތު އުފެދުނު ސުވާލަކީ ރާއްޖޭގެ ގިނަ ރަށްރަށުގެ އެއާޕޯރޓަށް ނަން ދެވިފައިވާއިރު އެ އެއާޕޯރޓެއް އޮތް ރަށަކާއި ގުޅުވައިގެން ނަން ދިން ނަމަވެސް ކުޑަހުވަދޫ އެއާޕޯރޓަށް "ދާލު އެއާޕޯރޓް" ކިއުނީ ކީއްވެބާއެވެ. ފަހުން އެ ސުވާލު ކޮށްލާނީއޭހިތާ، ކުރިއަށް ދިޔައިރު ރަށު ތެރެއިން ފެނުނު ތަރައްޤީ ފެނި އާޝޯހުވިއެވެ.

ދ އެއާޕޯރޓް

ތާރު އެޅި ސާފު މަގުތަކުން ދުއްވަމުން މަންޒިލަށް އާދެވުނުއިރު ބަލާލި ކޮންމެ ދިމާލަކުންވެސް ފެނިގެންދިޔައީ ތަރައްޤީގެ ކުލަތަކެވެ. ތަރައްޤީޤެ ތަސައްވުރެއް ގެންގުޅޭ ރައްޔިތުންތަކެކެވެ. އެކަން އިތުރަށް ޔަޤީންވެގެންދިޔައީ ކުޑަހުވަދޫ ކައުންސިލުން ދާދިފަހުން ތަރައްޤީކުރި "ކުޑަހުވަދޫ ސަންސެޓް ބީޗް" އަށް ޒިޔާރަތް ކޮށްލުމުންނެވެ.

ރާއްޖޭގެ ރަށްރަށް ތަރައްޤީކުރާނީ ޖަޒީރާވަންތަ ސިފަ ނުގެއްލޭގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން ކުޑަހުވަދޫ ކައުންސިލުން އިސްނަންގަވައިގެން އެ ރަށުގެ ބީޗް ތަރައްޤީކޮށްފައިވާއިރު ހަޤީޤަތުގައިވެސް ޖަޒީރާވަންތަ ސިފަ ފެނިގެންދެއެވެ. ހުދު ގޮނޑުދޮށާއި، ސާފު މޫދު ބަލާލުމަށް އެ ބީޗަށް އައިސްތިބޭ މީހުން ހުސްނުވެއެވެ. އެހައިވެސް ހިތްގައިމެވެ. ހެނދުނު ކަސްރަތުކޮށްލައި މޫދަށް އެރި އުޅޭ ކުދިންނާއި، ހަވީރު ފިންޏަށް އިރުއޮއްސޭ މަންޒަރު ބަލާލަން އަންނަ ކުދިންނާއި، ރޭގަނޑު ގާތްތިމާގެ މީހުންނާއި ރައްޓެހިންނާއެކު "ބާބެކިއު"އަށް އިންސާފުކޮށްލަން އައިސްތިބޭ ފަރާތްތަކުގެ ސަބަބުން މުޅި ގޮނޑުދޮށަށްވެސް އިތުރު ދިރުމެއް ގެނެސްދޭ ކަހަލައެވެ.

ދ ކުޑަހުވަދޫ ސަންސެޓް ބީޗް

ތަރައްޤީ މާނަ ކުރުމުގައި މީހުން ބުނެއުޅޭ ވާހަކައެއް އޮވެއެވެ. ރަށެއްގެ ތަރައްޤީ ފެންނާނީ އެ ރަށެއްގެ އާބާދީގެ ނިސްބަތުން ރަށުގައި ދިރިއުޅޭ މީހުންގެ އަދަދަށް ބަލައިގެން ކަމުގެ ވާހަކައެވެ. މިސާލަކަށް ރަށްރަށުގައި ރަޖިސްޓްރީ ވެފައިވާ އާބާދީއަށްވުރެ އެ ރަށުގައި ދިރިއުޅޭ މީހުން މަދުކަމުގެ ވާހަކަ އެންމެންވެސް ދައްކައެވެ. ކަންވާގޮތަކީ ރަށުން އެކަށީގެންވާ ޚިދުމަތްތައް ނުލިބޭތީ އެ ޚިދުމަތްތައް ހުރި ދިމާލަކަށް ރައްޔިތުންވެސް ދީލާލަނީއެވެ. ކަންވާނީވެސް އެހެންތާއެވެ.

ނަމަވެސް ކުޑަހުވަދޫ މުޅިން ތަފާތެވެ. ރަށުގެ އާބާދީއަކީ ގާތްގަނޑަކަށް 3500 ނަމަވެސް ރަށުގައި 4000 އަށްވުރެ ގިނަ މީހުން ދިރިއުޅެއެވެ. އެކި ރަށްރަށުން އެ ރަށަށް ދިރިއުޅުން ބަދަލުކޮށްފައިވާ މީހުންގެ ސަބަބުން ރަށުގެ އާބާދީ އިތުރުވެފައިވާއިރު، މިކަމުންވެސް ދޭހަވަނީ ކުޑަހުވަދޫއަކީ ތަރައްޤީވަމުން އަންނަ ރަށެއް ކަމެވެ. ލާމަރުކަޒު ކޮށްގެން ރާއްޖޭގެ ރަށްރަށް ތަރައްޤީ ކުރެވިއްޖެނަމަ މާލެއަށް ހުރިހާ ދިވެހި ރައްޔިތުން "ތޮއްޖެހެން" ނާންނާނެ ކަމެވެ. ޖަޒީރާވަންތަ ސިފަ ރާއްޖޭގެ ރަށްރަށުން ދައްކާލެވިދާނެ ކަމެވެ.

ދ ކުޑަހުވަދޫ ސަންސެޓް ބީޗް

މިކަމުގައި ފާހަގަކޮށްލަން ޖެހެނީ ކުޑަހުވަދޫ ކައުންސިލާއި ރައްޔިތުންގެ ވިސްނުން ވަރަށްވެސް ކުރިއަރާފައިވާ ކަމެވެ. އެގޮތުން ކުޑަހުވަދޫ ކައުންސިލުގެ ނައިބް ރައީސް އަލީ ސައުދުވެސް ވިދާޅުވަނީ، ސަރުކާރުން ކަންކަން ނުކުރެވިގެން އުޅޭވާހަކަ ދެއްކުމުގެ ކުރިން ފުރަތަމަ ފަރުދީގޮތުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރަންޖޭނެ ކަމަށެވެ.

ސަރުކާރުން ތިމަންނަމެން ރަށުގައި ބީޗެއް ހަދައިދެންދެން، ސަރުކާރުން ޕާކެއް ހަދަންދެން، ސަރުކާރުން ރަށުގެ ކުނީގެ މައްސަލަ ހައްލުކޮށްދެއްވަންދެން، ތިއްބެވުމަކީ އެއީ އެހައި ޒިންމާދާރުކަމެއް ނޫނޭ، އެއީ އެހައި ރަނގަޅު ކަމެއް ނޫނޭ، ކައުންސިލްގެ ލެވެލްގައި ކުރެވެން ހުރި ވަރަށް ގިނަ ކަންކަން އެބަހުއްޓޭ، އެހެންވީމާ އެކި ފަރާތްތަކުގެ އެހީތެރިކަމާއެކު އެފަދަ ކަންކަން ކުރުމަށް މަސައްކަތް ކުރައްވާށޭ
ކުޑަހުވަދޫ ކައުންސިލުގެ ނައިބް ރައީސް އަލީ ސައުދު
ދ ކުޑަހުވަދޫގެ މަގެއް

އަލީ ވިދާޅުވީ، ކައުންސިލުގެ ވިސްނުމަކީ އަތޮޅުގެ ވެރިކަން ކުރާ ރަށްކަމަށްވާ ކުޑަހުވަދޫއަކީ އަތޮޅުގެ ހުރިހާ ރަށެއްގައި ދިރިއުޅޭ ފަރާތްތަކެއްގެ ބައިވެރިވުންވެސް ހިއްސާކުރާ ރަށަކަށް ވުން ކަމަށެވެ. އެގޮތުން ކުޑަހުވަދޫ އެއާޕޯރޓަށް "ދާލު އެއާޕޯރޓް" ކިއުނީވެސް އަތޮޅުގެ ކޮންމެ ރަށެއްގެ ތަރައްޤީއަކީވެސް މުޅި އަތޮޅުގެ ތަރައްޤީއެއްގެ ގޮތުގައި ދެކޭތީކަމަށް އަލީ ވިދާޅުވިއެވެ.

ތެދެކެވެ. މުޅި ރަށުތެރެއަށް ބަލާލުމުންވެސް ފެނިގެންދަނީ ރަށު ފެންވަރުގައި ބުރަ މަސައްކަތްތަކެއް ކޮށްފައި ހުރި ކަމެވެ. އަދި ކުރަމުންދާކަމެވެ. ކުނި މެނޭޖް ކުރުމަށް އެކަނި ބަލާލި ނަމަވެސް އެކަން ދޭހަވެގެންދެއެވެ. ކުނި ނައްތާލާ މެޝިން ނެތުމުން ކައުންސިލުގެ މެމްބަރުން އަތްއުރާލަން ނުތިބެ އަމިއްލައަށްވެސް މެޝިންތައް އުފައްދަނީއެވެ. ކައުންސިލުން ޚަރަދުކޮށްގެން ރަށުގެ ތަރައްޤީއަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާއިރު، ރަށުގެ ރައްޔިތުންވެސް ކައުންސިލަށް އެއްބާރުލުންދެއެވެ. މިއީ ހަޤީޤަތުގައިވެސް ނަމޫނާ ރައްޔިތަކު ދިރިއުޅޭ ނަމޫނާ ރަށެކެވެ. ދުރު ވިސްނުމަކާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ އަތޮޅެއްގައިވެސް މާލެ ފަދަ ރަށެއް ތަރައްޤީ ކުރެވިދާނެކަން ދ ކުޑަހުވަދޫއިން ފެނިގެންދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
18%
65%
1%
10%
1%
5%
ކޮމެންޓް
24 ނޮވެންބަރ 2019 | އާދީއްތަ 07:09
އިބްރާ
ރައީސް ނަޝީދު ދިވެހި ދައުލަތް ހިންގި 3 އަހަރު ކުޑަހުވަދޫގައި ތަރައްގީގެ އެއްވެސް މަޝްރޫއެއް ނުހިންގައެވެ ބަނދަރު ހަދަން ހޯގާޑާއި ހަވާލުކޮށްފައިވެސް ކެންސަލް ކުރީއެވެ. ނަމަވެސް ނަޝީދު ވެރިކަން ދޫކޮށްލުމުން ކުޑަހުވަދޫގެ ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖަހަން އެމްޑީޕީ އަށް ނިސްބަތްވާ ބަޔަކު ނުކުތުމުން ކުޑަހުވަދޫއިން ހެޔޮވިސްނޭބަޔަކު ނުކުމެ އިންޒާރުދީ އެކަން ހުއްޓުވީއެވެ. މިއަދު އެމްޑީޕީން ކުރެޑިޓް ކިތަންމެ ވަރަކަށް ނެގިޔަސް ކުޑަހުވަދޫގެ ތަރައްޤީގެ ބާނީއަކީ ރައީސް ޔާމީނެވެ. މިސަރުކާރުގެ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ކުޑަހުވަދޫގެ ތަރައްޤީއަށް ފާހަގަކޮށްލެވޭ އެއްވެސް ޕްރޮޖެކްޓެއް ނެތްކަމަށް ޚަބަރުލިބޭ.
20 ނޮވެންބަރ 2019 | ބުދަ 07:53
ޙެލަލުނޮޖަ
ަMaamigili ae dhivehiraajjeyga out emme naathahuzeeburah, ahulaagee fenvaru emme dhah meehun ulhey rah
27 ސެޕްޓެންބަރ 2019 | ހުކުރު 21:12
#
ޕީޕީ ކުދިންކޮޅު ދެންހަޖަމު ކޮއްލަބަލަ 6 އަހަރު ތިބީމެންނުކައުންސިލުގެ ގޮނޑި ފުރަން އޮށްޓަރު ހުރިކަމެއް ނުކުރެވުނެންނު ދޯ ބަޔަކު ރައް ތަރައްގީ ކުރާތަން ބަލަން ހަޖަމު ނުވަނީދޯ ހަމަ..އާމިރަށް ކުރެވި ފަ އޮތީކޮންކަމެއް.. ޙެހެހެ
27 ސެޕްޓެންބަރ 2019 | ހުކުރު 20:29
ދުޝީރަ
ޢޭެ ބަލަ ކުޑަހުވަދޫ ތަރައްޤީ ކުރީކީި ޔާމީނެއް ނޫން. މަގުތަކުގަ ތާރު އަޅާދީފައިވަނީ ވަހީދު ގެ ވެރިކަމުގަ އޮޅުވާނުލައްވާ ދެން ރީތި ރަށެއްގެ ގޮތުގައި ލޭބަލް ކުރެވޭ ފެންވަރަށް ރަށުތެރެ ރީތިކުރުމުގެ ނަން ހައްޤުވަާ ފަރާތަކީ މިހާރުގެ ކައުންސިލް އެވެ.
27 ސެޕްޓެންބަރ 2019 | ހުކުރު 17:32
ާަ
ތީ ހަމަ ޔާންމީންގެ ހެޔޮ ވެރިކަން
27 ސެޕްޓެންބަރ 2019 | ހުކުރު 16:04
ޙަމީިދު
ތީ ރައިސް ޔާމީންގެ ދުރުވިސްނުން
27 ސެޕްޓެންބަރ 2019 | ހުކުރު 15:51
މެދު
މާމިގިއްޔަކީ މެދުރާއްޖޭގައި އޮތް މާލެ ސިޓީ ފިޔަވައި އެންމެ ވޮޑު އާބާދީ އޮތް ރަށް. ދިރިއުޅޭ އާބާދީ 5000 ގާތްކުރޭ. ސަރުކާރުން ހާއްސަ ސަމާލުކަމެއްދީގެން އަރިއަތޮޅުގެ އާބާދީ އެއްފަސްކުރެޥޭނެ ފުރުސަތެއް. މުޅި އަރިއަތޮޅުގައި އޮތް ބިން އެންމެ ބޮޑުެރަށް. ވަޒީފާގެ ފުރުޞަތުތައް ތަނަވަސް. ޢެއަރޕޯޓަކާއި ބައިނަލް އަޤްވާމީ ބޮޑު ބަދަރާއެކު މުޅި ރާއްޖޭގައި އޮތް އެންމެ ބޮޑު ކަނޑުގެ ބަދަރު.. ރަށުތެރެއުން ހިނގާލުމުން ތަރައްޤީއާއެކު އިޤތިޞާދީ ބޮޑެތި މަސައްކަތްތައް ފެންނާނެ. ބޮޑެތި ފިހާރަތަކައި ސައިކަލާި ޕިކަޕާއި މި ނޫންވެސް ތަފަތު އެއްޗެތި ލިބޭ. އަތޮޅުގެ ވެރިކަން މާމިގިލީގައި ނުކުރުމީ ތަރައއްޤީ ނުވި ސަބަބެއް ނޫން.. އަތޮޅުގެ ވެރިރަށް ބަލާލަބަލަ ކުޑަކުޑަ ކިރިޔާ 1000 އެއްހާ މީހުން ދިރިއުޅޭ ރަށެއް..