Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރާއްޖޭގެ 5 ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލް

ޓާޝަރީ 5 ހޮސްޕިޓަލާއެކު ޒަމާނުއްސުރެ މާލެއަށް ބަރޯސާވެފައި އޮތް ސިއްޙީ ޚިދުމަތް ހޯދުމަށް ނިމުމެއް އަންނާނެ!

ކުޅުދުއފުށި އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި އަލަށް ހިތުގެ ބަލިތަކަށް ފަރުވާދޭންވަނީ ފަށާފައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 1 އެޕްރީލު 2021 | ބުރާސްފަތި 13:37
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް

ރާއްޖޭގެ 5 ސަރަހައްދެއްގައި ތަރައްގީކުރާ ޓާޝަރީ 5 ހޮސްޕިޓަލާއެކު ޒަމާނުއްސުރެ މާލެއަށް ބަރޯސާވެފައި އޮތް ސިއްޙީ ޚިދުމަތް ހޯދުމަށް ނިމުމެއް އަންނާނެއެވެ.

ހދ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް، ރ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް، ލ ގަން ރީޖަނަލް ހޮސްޕިޓަލް އަދި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަކީ ޓާރޝަރީ ފެންވަރަށް ޚިދުމަތްތައް ދިނުމަށް ތައްޔާރު ކުރަމުން އަންނަ ހޮސްޕިޓަލްތަކެވެ.

މި ހޮސްޕިޓަލްތަކުން ދެމުން އަންނަ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، އިތުރު ޚިދުމަތްތަކެއް ދިނުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިހާރުވެސް އައު ޚިދުމަތްތަކެއް ފަށާ ރައްޔިތުންނަށް އޭގެ ފައިދާ ލިބެމުންދެއެވެ.

ހދ.ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް:

މި މަޝްރޫއުގެ ދަށުން ހދ ކުޅުދއްފުށި ރީޖަނަލް ހޮސްޕިޓަލުގައި މިދިޔަ 2 އަހަރުގެ ތެރޭގައި އަލަސް ފަށާފައިވާ ޚިދުމަތްތަކުގެ ތެރޭގައި، ފިޒިއޯތެރަޕީގެ ޚިދުމަތާއި، އޮޕްޓިމައިޒޭޝަން ޕްރޮޖެކްޓުން ފިޒިއޮތެރަޕީގެ ހިދުމަތަށް ބޭނުންވާ ޒަމާނީ އިތުރު އިކުއިޕްމަންޓްތައް ބަހައްޓާ ޚިދުމަތް ދޭން ފެށުމާއި، އީއެންޓީ އަދި ލޮލުގެ ފަރުވާ ދޭ ފަށާފައިވެއެވެ. އެމްއާރްއައި މެޝިން އިސްޓޯލްކޮށް ޚިދުމަތައް ފޭން ފަށާފައިވަނީ މިއަހަރު މާރިޗް މަހުގެ 15 ވަނަ ދުވައެވެ. ސީޓީ ސްކޭންގެ ޚިދުމަތާއި ދެ ތިއޭޓަރުން އޮޕަރޭޝަން ކުރެވޭނެ އިންތިޒާމްތައް މިހާރު އެ ހޮސްޕިޓަލުން ލިބެން ހުންނާނެ ކަމށް ހެލްތް މިނިސްޓްރީން މައުލޫމާތުދެއެވެ.

ކާރޑިއެކް ޚިދުމަތް ހދ. ކުޅުދުއްފުށީ ހޮސްޕިޓަލްގައި ތައާރަފް ކުރީ 11 އޮކްޓޯބަރ 2019ގައެވެ. ވޯޑްތައް އެއަރ ކޮންޑިޝަން ކޮށް ހޮސްޕިޓަލުގައި ކުރަން ޖެހޭ މަރަމާތުތައް މިހާރު އަންނަނީ ކުރަމުންނެވެ. ޕަލްމޮނޮލޮޖީ އާއި ސްޕީޗްތެރަޕީގެ ޚިދުމަތްވެސް މިހާރުވަނީ ފަށާފައެވެ. ސައިކޭޓްރިސްޓް ޚިދުމަތް ތައާރަފްލުރެވި ޚިދުމަތް ދޭންވަނީ ފަށާފައެވެ. ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ވައިރަހަށް ޓެސްޓް ކުރުމަށް ޕީސީއާރު ލެބްގެ ޚިދުމަތާއި، ރީޖަނަލް އައިސީޔޫ ފެސިލިޓީއެއް ޤާއިމުކޮށްފައިވެއެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް:

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފިޒިއޯތެރަޕީގެ ޚިދުމަތާއި، އީއެންޓީ ޚިދުމަތާއި ލޮލުގެ ފަރުވޭ ދޭންވަނީ ފަށާފައެވެ. ސައިކޭޓްރިސްޓް ޚިދުމަތް ތައާރަފްކޮށް ޚިދުމަތް ދެމުން ގެންދެއެވެ. ކޮވިޑް- 19ގެ ބަލިމީހުންނަށް ފަރުވާ ދިނުމަށްޓަކައި ރީޖަނަލް އައިސީޔޫ ފެސިލިޓީއެއްވަނީ ގާއިމް ކޮށްފައެވެ. މީގެ އިތުރުންވެސް ހޮސްޕިޓަލުގެ މަރާމާތުތަކާއި ޖާގަ އިތުރު ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން ކަމަސް ހެލްތް މިނިސްޓްރީން މައުލޫމާތުދެއެވެ.

ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް

މި ހޮސްޕިޓަލުގައި އަލަށް އިމާރާތްކުރާ 14 އޯޕީޑީ ރޫމުގެ އޯޕީޑީ އޭރިއާއާއި، 2 ލޭބަރ ސޫޓް އަދި އެންއައިސީޔޫ ހިމެނޭ، 04 ޕްރައިވެޓް ރޫމު ހިމެނޭ އިމާރާތް ހެދުމާއި މިހާރުގެ އޯޕީޑީ އޭރިއަރ އީއާރްއަކަށް ބަދަލުކުރުމަށް މިހާރު ހަމަޖެހިފައިވާ ކަމަށާއި، މިޕްޖެކްޓް މޮބިލައިޒްކުރެވި 16 އޯގަސްޓް 2021ގައި ސައިޓްގައި އަމަލީ މަސައްކަތް ފެށުމަށް އަންނަނީ ތައޔާރުވަމުންނެވެ.

އަލަށް ފަށާފައިވާ ޚިދުމަތްތަކުގެ ތެރޭގައި، ފިޒިއޯތެރަޕީގެ ޚިދުމަތާއި، އީއެންޓީ ޚިދުމަތާއި ލޮލުގެ ފަރުވާދޭންވަނީ ފަށާފައެވެ. ސީޓީ އާއި މެމޯގްރަފީ ބެހެއްޓުމަށް ބޭނުންވާ އިމާރާތް ނިންމާފައިވާ ކަމަށާއި، ހޮސްޕިޓަލުގެ އިތުރު މަރާމަތްތައްވެސް މިހާރު ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެއެވެ. ސައިކޭޓްރިސްޓް ޚިދުމަތް ތައާރަފްކޮށް ޚިދުމަތް ދޭންވަނީ ފަށާފައެވެ.

ލ.ގަން ރީޖަނަލް ހޮސްޕިޓަލް:

މި ހޮސްޕިޓަލުގައިވެސް ފިޒިއޯތެރަޕީގެ ޚިދުމަތާއި، އީއެންޓީ ޚިދުމަތާއި ލޮލުގެ ފަރުވޭ ދޭންވަނީ ފަށާފައެވެ. ޕަވަރ ހައުސް އިމާރާތްކޮށް، ޕަވަރ ހައުސްއަށް ބޭނުންވާ 450 ކިލޯވޮޓްގެ 2 ޖަނަރޭޓަރާއި ސިންކްރޮނައިޒް ޕެނަލް ބޯޑު ބަހައްޓާ ހޮސްޕިޓަލަށް ކަރެންޓު ދީފައިވާކަން ހެލްތް މިނިސްޓްރީން ފާހަގަކުރެއެވެ.

ހޮސްޕިޓަލް އެކްސްޓެންޝަން އިމާރާތް އެޅުމަށް ބޭނުންވާ ކުރެހުންތައް މިހާރު ނިމިފައިވާކަމަށާއި، ސީޓީ ސްކޭންގެ ޚިދުމަތްދޭންވަނީ ފަށާފައެވެ. މެމޯގްރަފީގެ ޚިދުމަތް ފެއްޓުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންނައިރު، ސައިކޭޓްރިސްޓް ޚިދުމަތް މިހާރު ދެމުން އަންނަކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތުދެއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް:

ފިޒިއޯތެރަޕީއާއި އިންޓީ ޚިދުމަތުގެ އިތުރުން ކާރޑިއޮލޮޖީ ގެ ޚިދުމަތާއި ސްޕީޗް ތެރެޕީ ދިނުމަށް ވަނީ ފަށާފައެވެ.

ސީޓީ ސްކޭންގެ ޚިދުމަތް  ޖަނަވަރީ 2020ގައި ތަޢާރަފްކުރެވި 4 ނޮވެމްބަރ 2020ގެ ނިޔަލަށް 655 ސީޓީ ސްކޭން މިހާތަނަށް ހަދާފައިވެއެވެ.

އެމް.އާރ.އައިގެ ޚިދުމަތް އިންހައުސް ފާރމަސީގެ ޚިދުމަތް އެކޯ ކާޑޮއޯގްރަފީގެ ޚިދުމަތާއި، ބްރޮންކޯސްކޯޕީ، ކޮލޮނަސްކޯޕީ، އެންޑޮސްކޯޕީ، އަދި ސައިކޭޓްރިސްޓް ޚިދުމަތް ތައާރަފްކޮށް ޚިދުމަތް ދެމުން އާދެއެވެ.

މީގެ އިތުރުންވެސް ހޮސްޕިޓަލްތަކަށް ބޭނުންވާ އެނދު އިތުރުކުރުމާއި ޑޮކްޓަރުން އިތުރުކުުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ޑޮކްޓަރުންނާއި ނަރުހުން މަދު ރަށްރަށަށް ބޭނުންވާ ޑޮކްޓަރުންނާއި ނަރުހުން، މިއަހަރުގެ މެދުތެރޭގައި ލިބޭނެ ކަމަށް ހެލްތް މިނިސްޓަރވަނީ ވިދާޅުވެފައެވެ.

ޓާރޝަރީ ފެންވަރަށް ބަދަލުކުރުމަށް މަސައްކަތްކުރަމުން އަންނަ 5 ހޮސްޕިޓަލަށް މިހާތަނަށް 84 ޑޮކްޓަރުން ފޮނުވާފައިވެއެވެ. މީގެތެރޭގައި ހިމެނެނީ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް 19 ޑޮކްޓަރަކާއި، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް 15 ޑޮކްޓަރަކާއި، ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް 15 ޑޮކްޓަރަކާއި، ލ ގަމު ރީޖަނަލް ހޮސްޕިޓަލަށް 15 ޑޮކްޓަރަކާއި، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް 20 ޑޮކްޓަރެކެވެ.

ސިއްޙީ ދާއިރާގައި އަބަދުވެސް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ސިއްހީ ޚިދުމަތްތައް އެއް ތަނަކަށް ޖަމާވެ، ބަލިކަށިވެ އަދި ފުރިހަމަނުވެފައި އޮތުމުން ދިމާވި މައްސަލަތަކެވެ. ސިއްހީ ޚިދުމަތްތަކަށް އެކަށީގެންވާ ސިޔާސަތުތަކެއް ކަނޑައެޅިފައި ނެތުމާއި، އެކި ސަބަބުތަކާ ހެދި ސިއްހީ ދާއިރާ އަށް ބޭނުންވާ ތަކެތި ހޯދުމާއި ދަތުރުފަތުރުކުރުމުގެ ޚަރަދު ބޮޑުވުމެވެ. ކޮވިޑް-19ގެ މިހާލަތުގައިވެސް އެއްމެ ބޮޑަށް ރައްޔިތުންނަށް އުފުލަން ޖެހުނު ބުރައަކީ، އަތްފޯރާފަށުގައި ރަނގަޅު ސިއްޙީ ޚިދުމަތް ލިބޭނެ ހޮސްޕިޓަލެއް ނެތުމެވެ.

މި ފަސް ހޮސްޕިޓަލްގެ މަސައްކަތް ނިމުމުން ރައްޔިތުންނަށް ދިމާވެފައިވާ މިފަދަ ދަތިކަކަށް ހައްލު ލިބިގެންދާނެއެވެ.

ރާއްޖޭގެ ފަސް ސަރަހައްދެއް އެއް ވިއުގައަކުން ގުޅާލައި ޓާޝަރީ ހޮސްޕިޓަލްތައް ގާއިމް ކުރުމަށް ކުރަމުން އަންނަ މި މަސައްކަތުގައި މިހާތަނަށްވެސް ސިއްޙީ ދާއިރާއިން މިވަނީ ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ. މި މަޝްރޫއު ނިމޭއިރު ސިއްހީ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ މަރުކަޒުތަކެއް އެއް ވިއުގައަކުން ގުޅާލާނެއެވެ.

ހެލްތު މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް

އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް

26 ނޮވެމްބަރު 2025
ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

17 ނޮވެމްބަރު 2025
އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި

އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި

17 ނޮވެމްބަރު 2025
މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ

މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ

15 ނޮވެމްބަރު 2025
ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ޑުބާއީ ކުންފުނިން 37 މިލިއަން ރުފިޔާ ދައްކަން ދުބާއީގެ ކޯޓަކުން އަމުރުކޮށްފި

ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ޑުބާއީ ކުންފުނިން 37 މިލިއަން ރުފިޔާ ދައްކަން ދުބާއީގެ ކޯޓަކުން އަމުރުކޮށްފި

08 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު