Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނައިބު ރައީސް ފައިސަލް ނަސީމް

ރިސޯޓު މުވައްޒަފުން، ރައްޖެއަށް ކުރިއެރުން ގެނައުމަށް ގުރުބާނީތަކެއް ވެދިން: ނައިބު ރައީސް

ފަތުރުވެރިކަން ރާއްޖެއަށް ގެނެވުނީ ވަރަށް ބޮޑެތި ގުރުބާނީތަކެއް ވެގެން ކަމަށް ވިދާޅުވި

ޝަރޫނާ އަބްދުﷲ
ޝަރޫނާ އަބްދުﷲ | 27 ސެޕްޓެމްބަރު 2019 | ހުކުރު 06:15
ނައިބު ރައީސް ފައިސަލް ނަސީމް

ނައިބު ރައީސް ފައިސަލް ނަސީމް

ރިސޯޓުތަކުގައި މަސައްކަތްކުރާ ފަރާތްތަކަކީ ދިވެހިރާއްޖެއަށް ކުރިއެރުންތައް ގެނެސްދިނުމުގައި ބޮޑެތި ގުރުބާނީތައްވީ ބައެއް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ވ. އަތޮޅުގައި ބޭއްވި ޖަޒީރާ ކެނޯ ރޭސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ފަތުރުވެރިކަން ރާއްޖެއަށް ގެނެވުނީ ވަރަށް ބޮޑެތި ގުރުބާނީތަކެއް ވެގެން ކަމަށެވެ.

Advertisement - newsAdvertisement

ރާއްޖެއިން މިއަދު ފެންނަ ތަރައްޤީގެ ކުރިއެރުމަކީ ފަތުރުވެރިކަންކަމަށާއި، އެކަމުގައި އެންމެ ބޮޑޫ ޤުރުބާނީއެއް އަދާކޮށްފައިވަނީ އާއިލާއާއި ވަކިން މިސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި މީގެ 27 އަހަރު ދުވަސް ކުރިން އެމަނިކުފާނުވެސް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރެއްވި ކަމަށާއި އެއިރުން ފެށިގެން މިދާއިރާއަށް މިހާތަނަށް އައިސްފައިވާ ކުރިއެރުން ވަރަށް ގާތުން ފެނިފައިވާކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ، ދުނިޔޭގެ އެކިކަންކޮޅުތަކުން ފަތުރުވެރިން ރާއްޖެ އަންނަނީ މައިގަނޑު ދެކަމެއްގެ ސަބަބުންކަމަށާއި އެއީ ރާއްޖޭގެ ރީތިކަމާއި ދިވެހިންގެ ހިނިތުންވުމުގެ ސަބަބުން ކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ ރާއްޖޭގެ މަސައްކަތްތެރިންނަށް އެމީހުންގެ ހައްގު ލިބެންޖެހޭ ކަމަށާއި ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް ހިތްހަމަޖެހިގެން ވަޒީފާ އަދާކުރެވެން ޖެހޭނެ ކަމަށެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
23 ޖެނުއަރީ 2017

ރީތިރަށް ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިއްޖެ

23 ޖެނުއަރީ 2017
ރީތިރަށް ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިއްޖެ
22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު