Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެންޑީއެފް

ގައުމީ ސަލާމަތަށްހުރި ނުރައްކާތަކާ ބެހޭގޮތުން އަހުލުވެރިކުރުމަށް ސެމިނަރއެއް ބާއްވައިފި

26 ސެޕްޓެމްބަރު 2019 | ބުރާސްފަތި 17:08

ދާޚިލީ މަޝްރަހުގައި ކުރިމަތިވާ ތަފާތު ގޮންޖެހުންތަކާ ބެހޭ ގޮތުން މަޝްވަރާކުރި

އަމްނާ އިމާދު
އަމްނާ އިމާދު | 26 ސެޕްޓެމްބަރު 2019 | ބުރާސްފަތި 17:08
އެމްއެންޑީއެފްއިން ކުރިއަށް ގެންދިޔަ ސެމިނަރގެ ތެރެއިން

އެމްއެންޑީއެފްއިން ކުރިއަށް ގެންދިޔަ ސެމިނަރގެ ތެރެއިން

އިސްތިރާޖީ މާހައުލާއި ގައުމީ ސަލާމަތަށް ހުރި ނުރައްކާތަކާއި އަދި އެމްއެންޑީއެފްގެ ކެޕްސްޓޯން ޑޮކްޓަރިންއަށް، ސިފައިންގެ ސީނިއަރ އެންލިސްޓެޑް ލީޑަރުން އަހުލުވެރިކުރުމުގެ ގޮތުން ސެމިނަރއެއް ބާއްވައިފިއެވެ.

އެމްއެންޑީއެފް ކޮލެޖު އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީޒްއިން ބަންޑާރަކޮށީގައި ބުރާސްފަތި ދުވަހު ބޭއްވި އެއްދުވަހުގެ ސެމިނަރ ފައްޓަވައިދެއްވީ، އެމްއެންޑީއެފް ކޮލެޖު އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ވައިޘް ވަޙީދުއެވެ.

Advertisement - newsAdvertisement

"ސެމިނަރ އޮން ސްޓްރެޓެޖީ، ނޭޝަނަލް ސެކިޔުރިޓީ އެންޑް ޑޮކްޓަރިންގ"ގެ ނަމުގައި ސިފައިންގެ ސީނިއަރ އެންލިސްޓެޑުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މިސެމިނަރގެ ސެޝަންތަކުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ބައިވެރިވެ ވަޑައިގަންނަވައި ބައިވެރިންނަށް ވަނީ މައުލޫމާތު ހިއްސާކުރައްވާފައެވެ.

އެމްއެންޑީއެފުން ބުނީ މިސެމިނަރ އަކީ ބަވަނަވަމުންދާ ދުނިޔެއާއި ނުތަނަވަސް އަދި ހަމަނުޖެހުންބޮޑު އިސްތިރާޖީ މާހައުލުގައި ސިފައިން މަސައްކަތްކުރާއިރު، ބައިނަލްއަގްވާމީ އަދި ދާޚިލީ މަޝްރަހުގައި ކުރިމަތިވާ ތަފާތު އޮއިވަރުތަކާއި ސަލާމަތީ ގޮންޖެހުންތަކާ ބެހޭ ގޮތުން އަހުލުވެރިކުރުމުގެ ގޮތުން ހިންގި ސެމިނަރއެއް ކަމަށެވެ.

މީގެ އިތުރުން، މި ސެމިނަރގައި ސިފައިންގެ އިދާރީ އަދި އޮޕަރޭޝަނަލް އޮނިގަނޑާއި ހިންގުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން އެމްއެންޑީއެފް ކެޕްސްޓޯން ޑޮކްޓްރީންއަށް އަހުލުވެރިކުރުމުގެ ސެޝަންތައް ވެސް ވަނީ ކުރިއަށްގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ މިސެމިނަރގައި ކުރިއަށްގެންދިޔަ ސެޝަންތަކުގެ ތެރޭގައި، މޫސުމީ ބަދަލު އަދި ދޭދޭ ގައުމުތަކުގެ ގުޅުންތަކާއި، ސޯޝަލް މީޑިއާ ޓެކްނޮލޮޖީ އަދި އެހެނިހެން ހައިބްރިޑް ނުރައްކާތަކާއި، ރާއްޖޭގެ ޚާރިޖީ ސިޔާސަތު އަދި އިންޑިޔާ ކަނޑުގެ އިސްތިރާޖީ މަޝްރަހާއި، ރާއްޖޭގެ ގައުމީ ސަލާމަތަށް ހުރި ނުރައްކާތައް އަދި، ނިރުބަވެރިކަމާއި ނުރައްކާތެރި ހައްދުފަހަނައެޅުމާއި އޭގެ ހައްލާ ބެހޭގޮތުން ކުރިއަށްގެންދިޔަ މިސެޝަންތަކުގައި އެ ދާއިރާތަކާ ގުޅުންހުރި ތަޖުރިބާކާރުން މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށެވެ.

މިސެމިނަރގައި އެމްއެންޑީއެފްގެ ކޮމާންޑް ސާޖަންޓް މޭޖަރުންނާއި، ސާޖަންޓް މޭޖަރުންނާއި، އެންސީއޯ އެޑްވާންސްޑް ކޯހުގެ ބައިވެރިން އަދި ވޮރަންޓް އޮފިސަރސް ކޯހުގެ ބައިވެރިން ވަނީ ބައިވެރިވެފައެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

17 މާރިޗު 2017

އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާނީ

17 މާރިޗު 2017
އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާނީ
10 މާރިޗު 2017

ގައުމީ ދިދަ އިހްތިރާމާ އެކު ބޭނުން ކުރުމުގެ ހައްގު ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިގެންވޭ: ރައީސް މައުމޫން

10 މާރިޗު 2017
ގައުމީ ދިދަ އިހްތިރާމާ އެކު ބޭނުން ކުރުމުގެ ހައްގު ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިގެންވޭ: ރައީސް މައުމޫން
09 މާރިޗު 2017

އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި

09 މާރިޗު 2017
އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި
06 މާރިޗު 2017

ވާހަކަ ދެއްކުމުގެ 32 ވަނަ ގައުމީ މުބާރާތް ފަށައިފި

06 މާރިޗު 2017
ވާހަކަ ދެއްކުމުގެ 32 ވަނަ ގައުމީ މުބާރާތް ފަށައިފި
25 ފެބުރުއަރީ 2017

އެމްޑީޕީން ސިލްސިލާކޮށް ކެމްޕެއިންތަކަށް އަހްލުވެރިކުރުމާ ބެހޭގޮތުން ބާއްވާ ވޯކްޝޮޕެއް ބާއްވައިފި

25 ފެބުރުއަރީ 2017
އެމްޑީޕީން ސިލްސިލާކޮށް ކެމްޕެއިންތަކަށް އަހްލުވެރިކުރުމާ ބެހޭގޮތުން ބާއްވާ ވޯކްޝޮޕެއް ބާއްވައިފި
12 ފެބުރުއަރީ 2017

ހޯމް މިނިސްޓްރީން 10،000 ގައުމީ ދިހަ ހޯދުމަށް އިއުލާނުކޮށްފި

12 ފެބުރުއަރީ 2017
ހޯމް މިނިސްޓްރީން 10،000 ގައުމީ ދިހަ ހޯދުމަށް އިއުލާނުކޮށްފި
04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް