Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕީޕީއެމް ޕްރެސް

އަލިފާނުގެ ހާދިސާ ފަދަ ހާދިސާއެއް "މެނޭޖް" ކުރުމުގެ ގާބިލު ކަމެއް މި ސަރުކާރަކު ނެތް: ޝަރީފް

ދާއިމީ ބޯހިޔާވަހިކަން ހޯދަދިނުމަށް މާ ބޮޑު މަސައްކަތްތަކެއް ނުކުރެވޭ ކަމަށް ވިދާޅުވި

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 26 ސެޕްޓެމްބަރު 2019 | ބުރާސްފަތި 13:25
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް

މިދިޔަ ހުކުރު ދިވަހު ހިނގާދިޔަ އަލިފާނުގެ ހާދިސާ ފަދަ ހާދިސާއެއް "މެނޭޖް" ކުރުމުގެ ގާބިލުކަމެއް މި ސަރުކާރަކު ނެތް ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ ބުރާސްފަތި ދުވަހު ޕީޕީއެމްގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ. ޝަރީފް ވިދާޅުވީ މި ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް ސަރުކާރުން އެހީ ދޭގޮތާއި މެދު ކަންބޮޑުވުންތަކެއް އެބަ ހުރި ކަމަށެވެ. މިހާހިސާބަށް އައިއިރު ހާދިސާގައި ގެދޮރު ގެއްލުނު ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ދެއްވިކަން ފާހަގަ ކުރައްވާ ޝަރީފް ވިދާޅުވީ ސަރުކާރަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. ނަމަވެސް މި އެފަރާތްތަަކަށް ދާއިމީ ބޯހިޔާވަހިކަމެއް ފޯރު ކޮށްދެވިފައި ނުވާތީ ކަންބޮޑުވާކަމަށް ޝަަރީފް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މި ނުރައްކާތެރި ހާދިސާ ތަޖުރިބާ ކުރި ފަރާތްތަކަށް ލިބުނު ބިރުވެރިކަމާއި ނަފްސާނީ އަސަރުތައް ކުރި ފަރާތްތަކަށް ލިބެންޖެހޭ ސައިކޯ ސޯޝަލް ސަޕޯޓު ލިބުން މުހިންމު ކަމަށާއި، ގެއްލުން ލިބިފައިވާ ތަކެތީގެ ބަދަލު ހޯދުމަށް ވެސް އެފަރާތްތަކަށް އުނދަގޫތަކާއި ކުރިމަތިވާ ކަންވެސް ޝަރީފް ފާހަގަކުރެއްވިއެވެ. ޝަރީފް ވިދާޅުވީ ސަރުކާރުން ހާލުގައި ޖެހުނު ފަރާތްތަކުގެ ތެރެއިން ބޮލަކަށް ކެއުމުގެ ހަރަދަށް 200 ރުފިޔާ ދިން ނަމަވެސް، މި ރުފިޔާއިން ކެއުމަށް ހަރަދު ކުރުމަށް ފަހު އެހެން އެއްވެސް ކަމެއް ކުރުމަށް ފައިސާ ނުހުންނާތީވެ އެފަރާތްތަކަށް ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތި ލާން ޖެހޭ ކަމަށެެވެ.

މީގެ އިތުރުން އެ ފަރާތްތަކަށް ދާއިމީ ބޯހިޔާވަހިކަން ހޯދަދިނުމަށް މާ ބޮޑު މަސައްކަތް ތަކެއް ނުކުރެވޭ ކަމަށާއި މިއަދާ ހަމަޔަށް ވެސް ގިނަ ފަރާތްތަކަށް ގެއާއި ހަމަޔަށްވެސް ވަދެވިފައި ނުވާ ކަމަށް ވިދާޅުވިއެވެ. އަދިގެއަށް ވަދެވުނު މަދު ފަރާތްތަކަށް ވެސް އެ ގެތަކުގައި ކަރަންޓު ލިބުމުގައި ބައިވަރު ދަތިތަކެއް ދިމާވާ ކަން ޝަރީފް ފާހަގަކުރެއްވިއެވެ.

ޝަރީފް ވިދާޅުވީ މި ހާދިސާގައި އަނދާ އަޅިއަށް ވެގެން ދިޔައީ ހަމައެކަނި ހިފާ ގެންގުޅޭ ތަކެތި ނޫން ކަމަށާއި އަގުހުރި ލިޔެ ކިއުންތަކުގެ އިތުރުން އެ އިމާރާތްތައް ވެސް އަދި އިމާރާތުގައި ހުރި ފާރުތަކާއި އެއްކޮށް ބައެއް ތަންތައް ވެސް އަނދާ އަޅިއަށް ވެގެން ގޮސްފައިވާކަމަށެވެ.

ޝަރީފް ވިދާޅުވީ ކަންތައްތައް މިހެން ހުރުމާއެކު ފާހަގަ ކުރެވިގެންދަނީ މި ފަދަ ހާދިސާ އެއް ހިނގާދިޔުމުން، މި ފަދަ ހާދިސާއެއް "މެނޭޖް" ކުރުމުގެ ގާބިލުކަމެއް މި ސަރުކާރުގައި ނެތް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލަންކާ ފަދައިން ވެރިކަން ބަދަލުވުމުން ޗައިނާގެ މަޝްރޫޢުތަކާ މެދު މަޝްވަރާކުރާނަން: ރައީސް ނަޝީދު

ލަންކާ ފަދައިން ވެރިކަން ބަދަލުވުމުން ޗައިނާގެ މަޝްރޫޢުތަކާ މެދު މަޝްވަރާކުރާނަން: ރައީސް ނަޝީދު

31 މާރިޗު 2017
ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ވާހަކަ ދެއްކެވި ކަމަށް ބުނެ މަޚުލޫފް އެކަހެރިކޮށް އިނާޔަތްތައް ކަނޑާލައިިފި

ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ވާހަކަ ދެއްކެވި ކަމަށް ބުނެ މަޚުލޫފް އެކަހެރިކޮށް އިނާޔަތްތައް ކަނޑާލައިިފި

29 މާރިޗު 2017
ކާޑެއްދޫ އެއާޕޯޓް ޙަވާލުކުރުން ލަސްވާތީ މެނޭޖްމަންޓާ ފުލުހުން މަޝްވަރާކޮށްފި

ކާޑެއްދޫ އެއާޕޯޓް ޙަވާލުކުރުން ލަސްވާތީ މެނޭޖްމަންޓާ ފުލުހުން މަޝްވަރާކޮށްފި

06 މާރިޗު 2017
ސައުދީ އަރަބިއްޔާ ސިޔާދަތަށް އުނިކަން އަންނަ ފަދަ ކަންކަން ރާއްޖޭގައި ރާވަމުންދާ ކަމަށް ފުލުހުން އިޝާރާތްކޮށްފި

ސައުދީ އަރަބިއްޔާ ސިޔާދަތަށް އުނިކަން އަންނަ ފަދަ ކަންކަން ރާއްޖޭގައި ރާވަމުންދާ ކަމަށް ފުލުހުން އިޝާރާތްކޮށްފި

01 މާރިޗު 2017
ރައްޔިތުންގެ ތެރޭގައި ޝައްކު އުފެދިދާނެ ފަދަ ހަދިޔާއެއްގައި ރާއްޖެޓީވީގެ މުވައްޒަފުން ނުހިފާނެ

ރައްޔިތުންގެ ތެރޭގައި ޝައްކު އުފެދިދާނެ ފަދަ ހަދިޔާއެއްގައި ރާއްޖެޓީވީގެ މުވައްޒަފުން ނުހިފާނެ

20 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު