Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕިކްނިކް އައިލެންޑް

ޕިކްނިކް އައިލެންޑް ތަރައްގީ ކުރަނީ 6 ފެމިލީ ވިލާއާއިއެކު

ކޮޓަރިތަކަކީ ހަމައެކަނި ދުވާލު ތިބެލުމަށް ޚާއްސަ ކޮޓަރިތަކެއް

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް | 18 ސެޕްޓެމްބަރު 2019 | ބުދަ 13:18
ޕިކްނިކް އައިލެންޑް

ޕިކްނިކް އައިލެންޑް

މާލޭގައި ދިރުއުޅޭ ރައްޔިތުންނަށް ދަތުރުދިއުމަށްޓަކާ ހަމަޖައްސާފައިވާ "ޕިކްނިކް އައިލެންޑް" ތަރައްގީކުރަނީ 6 ފެމިލީ ވިލާއާއިއެކު ކަމަށް ސިންހާ އެސްޓޭޓް އިން ބުނެފިއެވެ.

މިފަދައިން ސިންހާ އެސްޓޭޓް އިން ބުނެފައިވަނީ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މި ވިލާތަކުގައި ތިބުމަށް ފުރުސަތު ދެވެނީ އެންމެ ފުރަތަމަ އަންނަ ފަރާތަށް ކަމަށް ވެސް ސިންހާ އެސްޓޭޓުން ބުންޏެވެ. "އޯވަރ ނައިޓް" ނުކުރެވޭނެކަން ފާހަގަ ކުރަމުން ސިންހާ އެސްޓޭޓޫން ބުނީ ޕިކްނިކް އައިލެންޑްގައި ހުންނަ ކޮޓަރިތަކަކީ ހަމައެކަނި ދުވާލު ތިބެލުމަށް ޚާއްސަ ކޮޓަރިތަކެއް ކަމަށެވެ.

ޕިކްނިކް އައިލެންޑު ތަރައްގީ ކުރުމަށް ނިންމާފައިވަނީ ޒަމާނީ ވަސީލަތްތަކާ އެކުއެވެ. އޭގެ ތެރޭގައި ބާބަކިއު އަށް ޚާއްސަ ސަރަހައްދަކާއި، މޫދާއި، ގޮނޑުދޮށުގައި ކުޅޭ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމުގެ އިތުރުން ކިޑްސް ކްލަބް އާއި ޗޭންޖިން ރޫމްތައް ވެސް ހުންނާނެ އެވެ.

ސިންހާ އެސްޓޭޓުން މި މަޝްރޫއު ކުރިއަށް ގެންދަނީ 7 ކުންފުންޏަކާއި ގުޅިގެންނެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި ސިންހާ އެސްޓޭޓުގެ އިސްވެރިންވަނީ މި މަޝްރޫގެ ދަށުން އެކުގައި މަސައްކަތް ކުރާ ކުންފުނިތަކަށާއި، މުޖުތަމައު އަށް މި މަޝްރޫގެ ސަބަބުން ކުރާނެ ފައިދާތަކަށް އަލި އަޅުވާލާފައެވެ.

"ޕިކްނިކް އައިލެންޑް" އަކީ މާލޭގައި ދިރިއުޅޭ އާއިލާތަކުގެ ތެރެއިން ގިނަ އާއިލާތައް ކުދިކުދި ތަންތަންކޮޅުގައި ހާސްކަމުގައި ދިރިއުޅެމުންދާއިރު، ހަފްތާގެ ބުރަ މަސައްކަތަށްފަހު ޗުއްޓީ ހޭދަކޮށްލުމަށް އަތްފޯރާއަގެއްގައި ދަތުރު ދިޔުމަށްޓަކައި ހަދާ ރަށެކެވެ.

ތައިލެންޑްގެ ސިންހާ އެސްޓޭޓުން، މާލޭގެ ދެކުނުން ފަސް ކިލޯމީޓަރު ދުރުގައި އޮންނަ އެނބޫދޫ ފަޅުގައި ރިސޯޓް ހެދުމަށް ހިއްކާފައިވާ ނުވަ ރަށުގެ ތެރެއިން މާލޭގައި ދިރިއުޅޭ މީހުން ދަތުރު ދިއުމަށް ހަމަޖެއްސި ރަށެކެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
22 ޖެނުއަރީ 2017

އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ

22 ޖެނުއަރީ 2017
އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ
20 ޖެނުއަރީ 2017

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017
މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު