Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓޮޕް އެޗީވަރސް އެވޯޑް

2018 ވަނަ އަހަރުގެ ސާނަވީ އިމްތިހާނުގައި ރާއްޖޭގެ ހަ ދަރިވަރަކު، ދުނިޔޭގެ އެއްވަނައިގަ ހިމެނިފައިވޭ

12 ސެޕްޓެމްބަރު 2019 | ބުރާސްފަތި 23:18

53 ދަރިވަރަކު ވަނީ އެކި މާއްދާތަކުން ދުނިޔޭގެ ފެންވަރުގައި ހިމެނިފަ

ޝަރޫނާ އަބްދުﷲ
ޝަރޫނާ އަބްދުﷲ | 12 ސެޕްޓެމްބަރު 2019 | ބުރާސްފަތި 23:18
ޓޮޕް އެޗީވާސް އެވޯޑް ގެ ހަފްލާގެ ތެރެއިން

ޓޮޕް އެޗީވާސް އެވޯޑް ގެ ހަފްލާގެ ތެރެއިން

2018 ވަނަ އަހަރުގެ ސާނަވީ އިމްތިހާނުގައި ތަފާތު މާއްދަތަކުން ރާއްޖޭގެ ހަ ދަރިވަރަކު، މުޅި ދުނިޔެއިން އެއްވަނަ ހޯދައިފިއެވެ.

ސާނަވީ އިމްތިހާނުން ވަނަވަނައަށް ދިޔަ ދަރިވަރުންނަށް އިނާމު ދިނުމަށްޓަކައި ދަރުބާރުގޭގައި ބުރާސްފަތި ދުވަހުގެ ރޭ ވަނީ ޖަލްސާއެއް ބާއްވަފައެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މި ޖަލްސާ ޝަރަފުވެރި ކޮށްދެއްވާފައެވެ. އަދި ނައިބު ރައީސް ފައިސަލް ނަސީމާއި އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީގެ އިތުރުން ހެލްތް މިނިސްޓަރ އަބްދުﷲ އަމީންވެސް މި ޖަލްސާގައި ބައިވެރިވެވަޑައިގެންފައިވެއެވެ.

Advertisement - newsAdvertisement

މި ޖަލްސާގައި ވަނަވަނައަށް ދިޔަ ދަރިވަރުންނަށް އިނާމު ދީފައިވާއިރު، 53 ދަރިވަރަކު ވަނީ އެކި މާއްދާތަކުން ދުނިޔޭގެ ފެންވަރުގައި ހިމެނިފައެވެ. އެގޮތުން ހަ ދަރިވަރަކު ވަނީ ދުނިޔޭގެ އެއްވަނަ ހޯދާފައެވެ.

ދުނިޔޭގެ އެއްވަނަ ހޯދި ދަރިވަރުންނަކީ، ދަރުމަވަންތަ، ހއ. އުލިގަމު، އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް އިސްކަންދަރު ސްކޫލް އަދި ބިލަބޮންގް ސްކޫލުން ސާނަވީ އިމްތިހާން ނިންމި ދަރިވަރުންނެވެ.

މި ލިސްޓުގައި ހިމެނެނީ، މެރިން ސައިން މާއްދާއިން އެއްވަނަ ހޯދި ދަރުމަވަންތަ ސްކޫލުގެ ދަރިވަރު އިބްރާހިމް ޔައިޝް ޝާކިރު، ބިޒްނަސް އަދި އިކޮނޮމިކްސް އިން އެއްވަނަ ހޯދި އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ ދަރިވަރު އަހުމަދު ރަސަލް ތަސްލީމް އަދި ބަޔޮލޮޖީން އެއްވަނަ ހޯދި އިސްކަންދަރު ސްކޫލުގެ ދަރިވަރު ޒަޔާން އަބްދުﷲ ނާޒިލްގެ އިތުރުން ޓްރެވެލް އެންޑް ޓޫރިޒަމް އިން ހަމަ އެސްކޫލުން ދުނިޔޭގެ އެއްވަނަ ހޯދި ދަރިވަރު އާމިނަތު ލާމިއާ މަގްބޫލް އާއި ސޯޝަލޮޖީން އެއްވަނަ ހޯދި ބިލަބޮންގްގެ ދަރިވަރު އަޒްމާން އަބްދުﷲ އެވެ.

2018 ވަނަ އަހަރުގެ އޯލެވެލް އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން 404 ދަރިވަރަކު ގަދަ 10 ގައި ހިމެނިފައިވާއިރު ރާއްޖެއިން މި އިމްތިހާނުގައި 6000 ދަރިވަރަކު ބައިވެރިވެފައިވެއެވެ.

ރާއްޖޭގެ ގަދަ ދިހައެއްގެ އެއްވަނައިގައި އަށް ދަރިވަރަކު ހިމެނިފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް
30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް