ޔާމީންގެ ސަރުކާރުގައި އާސަންދަ ކުންފުނިން ވަނީ ސިޔާސީ ކަންކަމަށް ހަރަދުކޮށްފައި: މެނޭޖިން ޑިރެކްޓަރު
9 ސެޕްޓެމްބަރު 2019 | ހޯމަ 12:21މުވައްޒަފުން ލައްވާ ވަނީ ސިޔާސީ މަސައްކަތްކޮށްފައި


އާސަންދަ އޮފީސް
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އާސަންދަ ކުންފުނީގެ މެންޑޭޓުން ބޭރުން ގިނަ މަސައްކަތްތަކެއްކޮށް، ސިޔާސީ ގިނަ ހަރަކާތްތަކަށް ކުންފުނީގެ ބަޖެޓުން ހަރަދު ކޮށްފައިވާ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަރިޔަމް ޝަފީގް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ''މަގޭ ކުންފުނި'' ޕްރޮގްރާމްގައި މެނޭޖިން ޑިރެކްޓަރު މަރިޔަމް ވިދާޅުވީ ސިޔާސީ ހަރަކާތްތަކަށް ކުންފުނިން ހަރަދުކޮށްފައިވާ ކަމަށެވެ.
މަރިޔަމް ވިދާޅުވީ ހިތާނީ ކޭމްޕްއަށް ކުންފުނިން ހަރަދުކޮށްފައިވާ ކަމަށާއި، މުވައްޒަފުންތަކެއް ކެމްޕޭނަށް ނަގާ ކެމްޕެއިން އޮފީސްތަކުގައި މުވައްޒަފުން ލައްވާ މަސައްކަތްކުރުވުން ފަދަ ކަންކަން ކޮށްފައި އެބަހުރި ކަމަށެވެ. އަދި ވިދާޅުވީ ރަސްފަންނު ރަނިން ޓްރެކް އެޅުމަށް ކުންފުނި ބަޖެޓުން ޚަރަދުކުރުމާއި، ރައްޔިތުން ހޭލުންތެރި ކުރުވުމަށް ކުރާ ދަތުރުތަކެއްގެ ނަމުގައި ކެމްޕޭނު ދަތުރުތައްކޮށް އެދަތުރުތަކަށް ކުންފުނިން ބޮޑެތި ހޭދަތަކެއް ކޮށްފައިވާ ކަމަށެވެ.
މަރިޔަމް ވިދާޅުވީ ކުންފުންޏަށް ކޮންމެހެން ބޭނުންނުވާ ބައެއް ތަންތަން ނުއަގުގައި ކުއްޔަށް ހިފުމާ، ބައެއް ގުދަންތައް 5 އަހަރަށް ކުލިދައްކާފައި ހުރުމާ، ބޭނުންނުވާ ވަރަށް ހުޅުމާލެއިން ގެސްޓްހައުސް ރޫމްތައް ހިފުން ފަދަ ވަރަށް ގިނަ ބޭކާރު ހަރަދުތައް ކޮށްފައިވާ ކަމަށެވެ.







