Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާސަންދަ

އާސަންދަ ކުންފުނީގެ ޕޮލިސީތައް ހަދާފައިހުރީ ވަކި ބަޔަކު ބޭނުންވާ ގޮތަށް: މެނޭޖިން ޑިރެކްޓަރު

9 ސެޕްޓެމްބަރު 2019 | ހޯމަ 10:52

ކުންފުނީގައި ހުންނަންޖެހޭ އެއްވެސް ކަހަލަ ސިފަތަކެއް ނެތް

އަމްނާ އިމާދު
އަމްނާ އިމާދު | 9 ސެޕްޓެމްބަރު 2019 | ހޯމަ 10:52
އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަރިޔަމް ޝަފީގް

އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަރިޔަމް ޝަފީގް

އާސަންދަ ކުންފުނީގެ ގިނަ ޕޮލިސީއަކީ ވަކި ގޮތަކަށް ވަކި ބަޔަކު ބޭނުންވާ ކަންތައްތަކެއް ކުރެވޭނެހެން ބައްޓަންކުރެވިފައި ހުރި ޕޮލިސީތަކެއް ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަރިޔަމް ޝަފީގް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ''މަގޭ ކުންފުނި'' ޕްރޮގްރާމްގައި މަރިޔަމް ވިދާޅުވީ އާސަންދަ ކުންފުންޏާ ހަވާލުވިއިރު ކުންފުނި ހިންގަމުން ދިޔައީކީ ކުންފުންޏެއްގެ ގޮތުގައި ނޫން ކަމަށާއި، ކުންފުނީގައި ހުންނަންޖެހޭ އެއްވެސް ކަހަލަ ސިފަތަކެއް ނެތް ކަމަށެވެ.

މަރިޔަމް ވިދާޅުވީ މިފާއިތުވެގެންދިޔަ ފަސް އަހަރު އާސަންދައިގެ ރަނގަޅު ޕޮލިސީތަކެއް ގާއިމް ކުރެވިފައި ނެތް ކަމަށާއި، ކަންތައްތައް ކުރުމަށް ރަނގަޅު ގަވާއިދެއް ނެތް ކަމަށެވެ. އަދި ހެދިފައި ހުރި ގިނަ ޕޮލިސީތަކަކީ ވަކި ގޮތަކަށް ވަކި ބަޔަކު ބޭނުންވާ ކަންތައްތަކެއް ކުރެވޭނެހެން ބައްޓަންކުރެވިފައި ހުރި ޕޮލިސީތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މިރިޔަމް ވިދާޅުވީ ޕީސީބީއިން ހުރިހާ ކުންފުނިތަކަށް ޖެނަރަލް ގައިޑްލައިންއެއް އޮތްކަމުގައި ވީނަމަވެސް އެއަށް ބެލުމެއް ނެތި އަމިއްލަ ގިނަ ޕޮލިސީތަކެއް ހަދާފައިވާ ކަމަށް މަރިޔަމް ވިދާޅުވިއެވެ.

މަރިޔަމް ވިދާޅުވީ ކުންފުންޏާ ހަވާލުވީއިރު އެންމެ ބޮޑު މައްސަލައަކަށްވެފައި އޮތީ ޕްރޮކިއުއަރމެންޓް ޕޮލިސީ ކަމަށާއި، ނަމަވެސް ޕީސީބީގެ ޕްރޮކިއުމެންޓް ޕޮލިސީ އެޑްޕްޓްކޮށް އެޕޮލިސީ އާއެއްގޮތަށް އަމަލުކުރަމުން ގެންދާނެ ކަމަށެވެ.

އާސަންދައިން ހިންގާފައިވާ ޕްރޮޖެކްޓްތަކާ ބެހޭ ގޮތުން މަރިޔަމް ވިދާޅުވީ ވޭތުވެދިޔަ 5 އަހަރު ތެރޭގައި އެކުންފުނިން 40 ވަރަކަށް ޕްރޮޖެކްޓް ފަށާފައިވާ ކަމަށާއި، މިޕްރޮޖެކްޓްތައް ހިންގުމަށް ޖުމްލަ 509 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު ހިންގިފައިވަނީ ބައެއް ޕްރޮޖެކްޓްތައް ކަމަށެވެ. އަދި ބައެއް ޕްރޮޖެކްޓްތަކަކީ އެޑްވާންސް ލާރި ދެއްކުމަށް ފަހު މަސައްކަތް ނުފަށާހުރި ޕްރޮޖެކްޓްތައް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މަރިޔަމް ވިދާޅުވީ ޕްރޮޖެކްޓްތަކުގެ ޖުމްލަ އަގު 316 މިލިއަނަށް އަރާއިރު މިޕްރޮޖެކްޓްތަކަށް އަދި އިތުރަށް ގާތްގަނޑަކަށް 161 މިލިއަން ރުފިޔާ ކުންފުނިން ދައްކަންޖެހޭ ކަމަށެވެ. އަދި ބައެއް ޕްރޮޖެކްޓްތަކަކީ ވަރަށް ބޮޑެތި އަގުގައި އެއްބަސްވެފައި ހުރި ޕްރޮޖެކްޓްތައް ކަމަށާއި، އެއަގުތައް އަލުން ބަލަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މަރިޔަމް ވިދާޅުވީ ކުންފުންޏަކީ އަސްލު ވިޔަފާރި ކުންފުންޏެއް ނޫން ކަމަށާއި، މިއީ ދިވެހި ރައްޔިތުންނަށް ޚިދުމަތެއް ފޯރުކޮށްދޭ ކުންފުންޏެއް ކަމަށެވެ.

ކުންފުނީގެ މަސައްކަތްތަކީ އާސަންދަ ސްކީމް ހިންގުންކަން ފާހަގަކުރައްވައި މަރިޔަމް ވިދާޅުވީ ފާއިތުވެދިޔަ އަހަރު އެކަނި ވެސް އާސަންދަ ސްކީމަށް 1.3 މިލިއަން ރުފިޔާ ހަރަދުކުރެވިފައިވާ ކަމަށެވެ. އަދި މުޅި ހަރަދަށް 2.1 ބިލިއަން ރުފިޔާ ސަރުކާރު ހުރިހާ ހޮސްޕިޓަލްތައް ވެސް އެކުލެވޭހެން އާސަންދައިން ކަވަރު ކުރެވިފައިވާ ކަމަށް މަރިޔަމް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

01 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި
30 ޖެނުއަރީ 2017

މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި

30 ޖެނުއަރީ 2017
 މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
10 ޖެނުއަރީ 2017

ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި

10 ޖެނުއަރީ 2017
ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް