Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްތުވާތަކެތި- ކުޑަކުދިން

16 އަހަރުގެ ކުއްޖަކަށް މަސްތުވާތަކެތި ދީގެން ބަދުއަޚުލާގީ އަމަލު ހިންގި މައްސަލައެއް ބަލަނީ

މައްސަލައާ ގުޅިގެން 2 ފިރިހެނުން ހައްޔަރުކޮށްފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 6 ސެޕްޓެމްބަރު 2019 | ހުކުރު 09:48
ޖިންސީ އަނިޔާ - މަސްތުވާތަކެތި ދީގެން ބަދުއަޚުލާގީ އަމަލު ހިންގުން

ޖިންސީ އަނިޔާ - މަސްތުވާތަކެތި ދީގެން ބަދުއަޚުލާގީ އަމަލު ހިންގުން

ރާއްޖެގެ ދެކުނުގެ އަތޮޅެއްގެ ރަށެއްގައި 16 އަހަރުގެ އަންހެން ކުއްޖަކަށް މަސްތުވާތަކެތި ދީގެން ބަދުއަޚުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުންނާއި ޖެންޑަރ މިނިސްޓްރީން ބަލަން ފަށައިފިއެވެ.

ހުކުރު ދުވަހު ހިނގި މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، 16 އަހަރުގެ އަންހެން ކުއްޖަކަށް މަސްތުވާތަކެތި ދީގެން ބަދުއަޚުލާޤީ އަމަލު ހިންގަން ތިބި ކަމުގެ ރިޕޯރޓް 6 ސެޕްޓެމްބަރު 2019 ވީ ހުކުރު ދުވަހުގެ 01:45 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަަމަށާއި، އެ މައްސަލައާ ގުޅިގެން 2 ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެގޮތުން މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 44 އަހަރުގެ ފިރިހެނަކާއި 33 އަހަރުގެ ފިރިހެނެއް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

Advertisement - newsAdvertisement

މި މައްސަލަ ޖެންޑަރ މިނިސްޓްރީއަށްވެސް ހުށައެޅިފައިވާއިރު، ފުލުހުންނާ ގުޅިގެން މި މައްސަލަ ބަލަމުންދާ ކަމަށް ޖެންޑަރ މިނިސްޓްރީން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.

ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރުމާއި މިފަދަ ބަދުއަޚުލާޤީ މައްސަލަތައް އިތުރު ވެފައިވާއިރު، ކުޑަކުދިންގެ ހައްޤުތައް ރައްކާތެރި ކުރުމުގެ ބިލް ދާދި ފަހުން ރައްޔިތުންގެ މަޖިލީހުން ވަނީ ބަލައިގަނެފައެވެ. އެގޮތުން މި ބިލް ޤާނޫނަކަށް ވުމުން ޖިންސީ ގޮތުން ނާޖާއިޒް ބޭނުން ހިފުމާއި ޖިންސީ ގޯނާ ކުރުމުން ރައްކާތެރިކަން ލިބިދިނުމުގެ ހައްގާއި، އަނިޔާ އާއި ގޯނާ ކުރުމުން ރައްކާތެރިކަން ލިބިދިނުމުގެ ހައްގު ކަށަވަރު ކުރުމަށް ބޮޑެތި ފިޔަވަޅުތަކެއް އެޅިގެންދާނެއެވެ.

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި

13 ފެބުރުއަރީ 2017
ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި
07 ފެބުރުއަރީ 2017

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

07 ފެބުރުއަރީ 2017
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު