Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތިމާވެށި- ކުނި ނައްތާލުން

މުޅި ރާއްޖެއަށް އަމާޒުކޮށް ރަށްތައް ސާފުކުރުމުގެ ޕްރޮގްރާމެއް ފަށަނީ

ކުނީގެ މައްސަލައަކީ މުޅި ރާއްޖެއަށް ކުރިމަތިވެފައިވާ މައްސަލައެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 6 ސެޕްޓެމްބަރު 2019 | ހުކުރު 07:34
މިނިސްޓަރ އޮފް އެންވަޔަރމަންޓް ޑރ ހުސައިން ރަޝީދް ހަސަން

މިނިސްޓަރ އޮފް އެންވަޔަރމަންޓް ޑރ ހުސައިން ރަޝީދް ހަސަން

ރާއްޖޭގެ ހުރިހާ ރަށަކަށް އަމާޒުކޮށްގެން ރައްކާތެރި ގޮތުގައި ކުނި ނައްތާލުމުގެ ޕްރޮގްރާމެއް ފަށަން ތައްޔާރުވަމުންދާކަމަށް މިނިސްޓަރ އޮފް އެންވަޔަރމަންޓް ޑރ ހުސައިން ރަޝީދް ހަސަން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބުރާސްފަތި ދުވަހުގެ ޖަލްސާގައި ލ. ގަމުގެ ކުނީގެ މައްސަލައާ ގުޅޭގޮތުން ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ، ކުނީގެ މައްސަލައަކީ މުޅި ރާއްޖެއަށް ކުރިމަތިވެފައިވާ މައްސަލައެއް ކަމަށާއި، އެކަމަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި މުޅި ރާއްޖެ ސާފު ކުރުމުގެ ޕްރޮގްރާމެއް ފަރުމާކޮށްފައިވާ ކަމަށެވެ،

މިނިސްޓަރ ވިދާޅުވީ، މި ޕްރޮގްރާމް ހިންގުމަށް ރައީސް އޮފީހުންވެސް ހުއްދަ ލިބިފައިވާ ކަމަށާއި، މަސައްކަތުގެ ބިޑިންގ އާ ގުޅޭ ކަންކަން ކުރުމަށް ފިނޭންސް މިނިސްޓްރީއަށް ހުށައަޅާފައިވާ ކަމަށެވެ. އެގޮތުން ބިޑްތައް އިއުލާނު ކުރެވުމުން ކޮންމެ ރަށެއްގައިވެސް ވަކިވަކިން މި މަޝްރޫއު ފެށިގެންދާނެ ކަމަށާއި، އެއަށްފަހު ކައުންސިލުތަކާ ގުޅިގެން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށް ސާފުކުރުމުގެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، މި މަސައްކަތް ޚާއްސަ އިސްކަމެއްދެއްވައިގެން ކުރައްވާނެ ކަމަށާއި، ކައުންސިލުތަކަށް ސަރުކާރާއި މަޖިލިސް މެދުވެރިކޮށް އެކަށީގެންވާ ބަޖެޓު ހަމަޖެހުމުން މި މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.

މިނިސްޓަރ އެހެން ވިދާޅުވެފައިވާއިރު، ރަށްރަށުގެ ކުނި މެނޭޖް ކުރުމަށް ޕީއެސްއައިޕީ ބަޖެޓުގެ ދަށުން ސަރުކާރުން ދަނީ ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ. އެގޮތުން މިސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ކުނިން އާމްދަނީ ހޯދުމާއި ކަރަންޓު އުފެއްދުން ހިމެނިފައިވެއެވެ. އަދި މިމަސައްކަތުގެ ތެރެއިން ރ.ވަނދޫގައި ގާއިމްކޮށްފައިވާ ވޭސްޓް މެނޭޖްމަންޓް ސެންޓަރުން ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުނިން ކަރަންޓު އުފައްދާފައެވެ.

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

07 ފެބުރުއަރީ 2017
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
24 ޖެނުއަރީ 2017

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު