Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުސްޓަރޓް ބްރޭންޑްގެ ބެޓަރީ

ޔޫރަޕްގެ ސްޓަރޓް ބްރޭންޑްގެ ބެޓަރީ ރާއްޖެއަށް ތައާރަފުކޮށްފި

މި ބެޓަރީ ހެވީ ވެހިކަލާއި އަސްކަރިއްޔާގެ ހާއްސަވާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 5 ސެޕްޓެމްބަރު 2019 | ބުރާސްފަތި 18:22
މެރިން ޕަވަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެތެރެކޮށް ވިއްކާ، މި ބެޓަރި ރަސްމީކޮށް ތައާރަފުކުރުމުގެ ތެރެއިން

މެރިން ޕަވަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެތެރެކޮށް ވިއްކާ، މި ބެޓަރި ރަސްމީކޮށް ތައާރަފުކުރުމުގެ ތެރެއިން

ޔޫރަޕްގެ މަޝްހޫރު ސްޓަރޓް ބްރޭންޑްގެ ބެޓަރީ ރާއްޖެއަށް ތައާރަފު ކޮށްފިއެވެ.

މެރިން ޕަވަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެތެރެކޮށް ވިއްކާ، މި ބެޓަރި ރަސްމީކޮށް ތައާރަފުކޮށް ދެއްވީ، ބުރާސްފަތި ދުވަހުގެ ރޭ ދަރުބާރުގޭ ހަކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ސްޓޭޓް މިނިސްޓަރު އަޙްމަދު އާދިލެވެ.

ސްޓަރޓް ބްރޭންޑްގެ ބެޓަރީގެ ވައްތަރުތަކުގެ ތެރޭގައި، އޮޑި ދޯނިފަހަރާއި ލޯންޗް ފަހަރާއި އާގުބޯޓާއި އެހެނިހެން ކަނޑު އުޅަނދުފަހަރާއި ކާރާއި ޕިކަޕާއި ލޮރީ ބަހުގެ އިތުރުން އެއްގަމުގައި އިލެކްޓިކް ވެހިކަލާއި ހެވީ ވެހިކަލާއި އަސްކަރިއްޔާގެ ހާއްސަ އުޅަނދު ފަހަރަށް ހާއްސަ ބެޓަރީ ހިމެނެއެވެ.

ސްޓަރޓް ބެޓަރީ އުފައްދާ ބަލްގޭރިއާގެ މޮންބަޓް ގްރޫޕްގެ ސޭލްސް މެނޭޖަރު ލަޒަރ ސްޓޮއިޗެފް ވިދާޅުވީ އެ ކުންފުނީގެ މި ބެޓަރީއަކީ ޔޫރަޕްގެ މިންގަނޑުތަކަށް ފެތޭގޮތަށް އުފައްދާފައިވާ މޮޅު ބެޓަރީއެއް ކަމަށާއި ރާއްޖެ ފަދަ ހޫނުގަދަ ގައުމުތަކަށް ހާއްސަކޮށްގެން އުފައްދާފައިވާ ބެޓަރީއެއް ކަމަށެވެ.

އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުން ކޮށްގެން އުފައްދާފައިވާ މި ބެޓަރީއަކީ ރާއްޖެފަދަ ހޫނު ގަދަ މާހައުލުތަކަށް ހާއްސަކޮށްގެން "ޓްރޮޕިކަލައިޒްޑް" ކުރެވިފައިވާ ބެޓަރީއެކެވެ. އާންމު ހާލަތްތަކުގައި ނުގޮވާ ގޮތަށް "ފްލޭމް އެރެސްޓަރސް" ހަރުކުރެވިފައިވާ ބެޓަރީއެކެވެ. މި ބެޓަރީގައި ބޭނުންކޮށްފައިވާ އެންމެ ފަހުގެ ޓެކްނޮލޮޖީކަމުގައިވާ "ލިބަރެންތު ސިސްޓަމު"ގެ ސަބަބުން ބެޓަރީގެ އެތެރޭގައި ފެނާއި ގޭސް ބަރާބަރަށް ދައުރު ވެ، ބެޓަރީގައި ހުންނަ ދިޔަ އާތްވަށް ބަދަލުވުން މަދުކޮށްދެ އެވެ. އަދި މި ނިޒާމުގެ ސަބަބުން ބެޓަރީގައި ހިމެނޭ އިލެކްޓްރޯލައިޓް ލީކުވުން ހުއްޓުވަ އެވެ. ނަތީޖާއަކަށް ވަނީ، ހޫނުގަދަ މާހައުލުތަކުގައި ވެސް ބޭނުންކުރެވުމާއި، ބެޓަރީ ނުގޮވުމާއި ބެޓަރީގެ އުމުރު ދިގުވެގެން ދިއުމެވެ.

މި ބެޓަރީ އުފައްދާފައިވަނީ ކަނޑުގަދަވިޔަސް، އަޑިގުޑަން ތަންތަނުގައި ދުއްވިޔަސް ލޮޅުންތަކާއި ތެޅުންތައް މައިތިރިކުރެވި ބެޓަރީގެ އެތެރޭގެ ނިޒާމަށް ލިބޭ ގެއްލުން ކުޑަކުރެވޭ ގޮތަށެވެ. އެކަމުގެ ނަތީޖާއަކީ ވެސް ބެޓަރީ ބޭނުންކުރެވޭ އުމުރު ދިގުވުމެވެ.

ރާއްޖޭގައި މި ބެޓަރީ މާކެޓްކުރާ މެރިން ޕަވަރ މޯލްޑިވްސްގެ ޑިރެކްޓަރު ހަސަން އާދިލް ވިދާޅުވި ގޮތުގައި މި ބެޓަރީއަކީ ޔޫރަޕުން ރާއްޖެއަށް އެތެރެކޮށް މިފަދަ ބޮޑު ސްކޭލެއްގައި ވިއްކާ ފުރަތަމަ ބެޓަރީއެވެ.

ބަލްގޭރިޔާގެ މޮންބަޓް ކުންފުނިން އުފައްދާ މި ބެޓަރީއަކީ ޔޫރަޕްގެ މިންގަނޑުތަކަށް ފެތޭ ގޮތަށް އުފައްދާ ބެޓަރީއެކެވެ. ފަސްދޮޅަހަށް ވުރެ ގިނަ އަހަރު ވެފައިވާ މޮންބަޓް ކުންފުނިން 400 އަށް ވުރެ ގިނަ އެކި ވައްތަރުގެ ބެޓަރީ އުފައްދައި، 70 އަށް ވުރެ ގިނަ ގައުމަށް އެކްސްޕޯޓް ކުރެއެވެ.

މެރިން ޕަވަރ މޯލްޑިވްސް އަކީ ކޯލަރ ބްރޭންޑްގެ މެރިން ޖަނަރޭޓަރާއި ޖަޕާނުގެ މިޓްސުބުޝީ މެރިން އިންޖީނުގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަރެވެ. އަދި ސްޓަރޓް ބެޓަރީ އުފައްދާ ބަލްގޭރިއާ މޮންބަޓް ގްރޫޕްގެ ރާއްޖޭގެ އެޖެންޓަރީ ވެސް މެރިން ޕަވަރ މޯލްޑިވްސްއެވެ. މި ކުންފުނި ހިންގާތާ 15 އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.

އިތުރަށް ކިޔާލަން

09 އެޕްރީލު 2017

އެއަރ ފްރާންސްއިން ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ބާއްވަން ނިންމައިފި

09 އެޕްރީލު 2017
އެއަރ ފްރާންސްއިން ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ބާއްވަން ނިންމައިފި
03 އެޕްރީލު 2017

ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ

03 އެޕްރީލު 2017
ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ
29 މާރިޗު 2017

ޔޫރަޕްގެ ހައުސްހޯލްޑް ޕްރޮޑަކްޓްތަކާއެކު "ނަމްސް" ގެ އާ ފިހާރައެއް ހުޅުވައިފި

29 މާރިޗު 2017
 ޔޫރަޕްގެ ހައުސްހޯލްޑް ޕްރޮޑަކްޓްތަކާއެކު "ނަމްސް" ގެ އާ ފިހާރައެއް ހުޅުވައިފި
21 މާރިޗު 2017

ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި

21 މާރިޗު 2017
ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި
13 މާރިޗު 2017

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު