Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕާކިސްތާން ކްރިކެޓް ޓީމު

ޕާކިސްތާން ކްރިކެޓް ޓީމުގެ ކޯޗަކަށް ކުރީގެ ކެޕްޓަން މިސްބާހު

އެއްބަސްވުން ހެދީ ތިން އަހަރަށް

ލީވާން އަލީ
ލީވާން އަލީ | 5 ސެޕްޓެމްބަރު 2019 | ބުރާސްފަތި 03:10
ޕާކިސްތާން ކްރިކެޓް ޓީމުގެ ކޯޗު މިސްބާހު

ޕާކިސްތާން ކްރިކެޓް ޓީމުގެ ކޯޗު މިސްބާހު

ޕާކިސްތާން ކްރިކެޓް ޓީމުގެ ކޯޗަކަށް އެޓީމުގެ ކުރީގެ ކެޕްޓަން މިސްބާހު އަލް ހައްގު ހަމަޖައްސައިފިއެވެ.

އުމުރުން 45 އަހަރުގެ މިސްބާހު ޕާކިސްތާން ޓީމުގެ ކޯޗަކަށް ހަމަޖެއްސީ، އެޓީމުގެ ކުރީގެ ކޯޗު މިކޭ އާރތާއާއެކު ޕާކިސްތާން ކްރިކެޓް ޓީމުން ހެދި އެއްބަސްވުން އާނުކުރަން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.

މިކޭ އާރތާއާއެކު ޕާކިސްތާން ކްރިކެޓް ޓީމުން ހެދި އެއްބަސްވުން އާނުކުރަން ނިންމީ ނިމުނު ކްރިކެޓް ވޯލްޑް ކަޕްގެ ސެމީން އެޓީމަށް ޖާގަ ނުލިބުމުންނެވެ.

ޕާކިސްތާން ޓީމުގެ ކޯޗަކަށް ގެނައުމަށް މިސްބާހުގެ އިތުރުން އޮސްޓްރޭލިއާގެ ކުރީގެ ބެޓްސްމޭން ޑީން ޖޯންސް އާއި ޕާކިސްތާނުގެ ކުރީގެ ކޯޗު މޮހްސިން ހާންގެ ނަންވެސް ވަނީ ޝޯޓް ލިސްޓުކޮށްފައެވެ.

ނަމަވެސް އިންޓަވިއު ކުރި މީހުންގެ ތެރެއިން ޕާކިސްތާން ކްރިކެޓް ބޯޑުން ވަނީ ކޯޗަކަށް މިސްބާހު ގެނައުމަށް ނިންމާ، އޭނާއަށް ތިން އަހަރު ދުވަހުގެ އެއްބަސްވުމެއް ދީފައެވެ.

މަގާމާ ހަވާލުވުމަށްފަހު މިސްބާހު ބުނީ، އުންމީދުތައް ހުރީ ވަރަށް މަތީގައި ކަމަށާއި، ޓީމުގެ ކަންކަމައިގެން ކުރިޔަށްދިޔުމަށް ތައްޔާރަށް ހުރި ކަމަށެވެ.

އެގޮތުން މިސްބާހު ބުނީ، ޕާކިސްތާން ޓީމުގައި މޮޅެތި ކުޅުންތެރިން ހިމެނޭ ކަމަށާއި، އެ ކުޅުންތެރިންނަށް ތަމްރީންދީ ކުރިއެރުވުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި މިކަމުގައި އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

މިސްބާހުގެ އިރުޝާދުގެ ދަށުން ޕާކިސްތާން ޓީމު މި މަހު މެޗުތަކެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް

31 ޖެނުއަރީ 2017
ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް
31 ޖެނުއަރީ 2017

ގައުމީ ޓީމުގެ ކަންތައް ބަލަހައްޓާ ކޮމިޓީ ވަނީ އެކުލަވާލެވިފައި: އެފްއޭއެމް

31 ޖެނުއަރީ 2017
ގައުމީ ޓީމުގެ ކަންތައް ބަލަހައްޓާ ކޮމިޓީ ވަނީ އެކުލަވާލެވިފައި: އެފްއޭއެމް
27 ޖެނުއަރީ 2017

ކިރިގިސްތާންގެ ގައުމީ ޓީމުގެ ކީޕަރެއް ޔޫވީ އަށް

27 ޖެނުއަރީ 2017
ކިރިގިސްތާންގެ ގައުމީ ޓީމުގެ ކީޕަރެއް ޔޫވީ އަށް
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު