ކުރެންދޫ ދޯންޏަކުން ގެއްލުނު މުދާ ފޮށިގަނޑު ހޯދާ ވެރިފަރާތާ ހަވާލުކޮށްފި
5 ސެޕްޓެމްބަރު 2019 | ބުރާސްފަތި 01:29ފޮށިގަނޑު ގެއްލުނީ 31 އޮގަސްޓްގައި

އަމްނާ އިމާދު | 5 ސެޕްޓެމްބަރު 2019 | ބުރާސްފަތި 01:29
ގެއްލުނު ފޮށިގަނޑު
ޅ.ކުރެންދޫ ދޯންޏަކުން ގެއްލުނު މުދާ ފޮށިގަނޑު ހޯދާ ވެރިފަރާތާ ހަވާލުކޮށްފިއެވެ.
ފުލުހުން ބުނީ 31 އޮގަސްޓް 2019 ވަނަ ދުވަހު ކުރެންދޫ ދޯންޏަކުން ފޮށިގަނޑެއް ގެއްލިފައިވާ މައްސަލަ ބުދަ ދުވަހު 9:00 ހާއިރު ފުލުހުންނަށް ހުށަހެޅުމުން ފުލުހުން ކުރި މަސައްކަތުން ތުހުމަތު ކުރެވޭ ފަރާތްތަކެއްޗާއެކު ހޯދާ ބުދަ ދުވަހު 12:45 ގައި ފޮށިގަނޑު އަނބުރާ ވެރިފަރާތާއި ހަވާލުކޮށްފައިވާ ކަމަށެވެ.
ފުލުހުން އާންމުކޮށްފައިވާ ފޮޓޯއިން ފެންނަ ގޮތުގައި ގެއްލުނު ފޮށިގަނޑުގައި ހުރީ ބޮޑީ ސްޕްރޭ ފަދަ ރީތިވުމަށް ބޭނުންކުރާ ސާމާނެއެވެ.






