Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ސޯލިހު

މަހުގެ ސްޓޮކް ދަމަހައްޓަން ފިޔަވަޅު އެޅުން މުހިއްމު: ރައީސް

3 ސެޕްޓެމްބަރު 2019 | އަންގާރަ 18:58

ރާއްޖެއިން ސްޓޮކް ދަމަހައްޓަން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި

އަލީ ސަމާޚް
އަލީ ސަމާޚް | 3 ސެޕްޓެމްބަރު 2019 | އަންގާރަ 18:58
އިންޑިއަން އޯޝަން ކޮންފަރެންސް ގައި ރައީސް ސޯލިހު

އިންޑިއަން އޯޝަން ކޮންފަރެންސް ގައި ރައީސް ސޯލިހު

އިންޑިއާ ކަނޑުގެ މަހުގެ ސްޓޮކް މަދުވުމަކީ ރާއްޖެ ކަންބޮޑުވާ ކަމެއް ކަމަށާއި އެކަމާއި މެދު އަވަސް ފިޔަވަޅެއް އަޅަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ޕެރެޑައިސް އައިލެންޑް ރިސޯޓް ގައި ފެށި ހަތަރު ވަނަ އިންޑިއަން އޯޝަން ކޮންފަރެންސް ގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އެޓްލާންޓިކް ކަނޑުގެ މަހުގެ ސްޓޮކް ހަލާކުވެގެން ދިޔަ ގޮތަށް އިންޑިއާ ކަނޑުގެ މަހުގެ ސްޓޮކަށް އެގޮތް ދިމާވާ ބޭނުންނުވާ ކަމަށެވެ.

Advertisement - newsAdvertisement

އެހެން ދިމާވެއްޖެނަމަ މި ސަރަހައްދުގެ ހުރިހާ ގައުމަކަށް އޭގެ އަސަރު ކުރާނެ ކަމަށެވެ. ރައީސް ސޯލިހު ވިދާޅުވީ، އެހެން ކަމުން އެފަދަ ގޮތެއް މެދުވެރިނުވާނެ ގޮތަށް ދެމެހެއްޓެނިވި މަސްވެރިކަން ކުރަން ރާއްޖެއިން މަސައްކަތް ކުރާނެ ކަމަށެވެ. އަދި އަވަށްޓެރި އެހެން ގައުމުތަކުންވެސް އެގޮތަށް ކަންތައް ކުރުމަށް އެމަނިކުފާނު ވަނީ ގޮވައިލައްވާފައެވެ.

ރާއްޖެއަށް ބަލާއިރު، ކަނޑަކީ ދިވެހިންގެ ލޭނާރާއި ގުޅިފައިވާ ތަނެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ކަނޑުދަތުރުފަތުރުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމާއި، ރާއްޖޭގެ ސަރަހައްދު ހުރަސްކޮށް ދަތުރުކުރާ އުޅަނދު ފަހަރަށް ރައްކާތެރިކަމާ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކަނޑުމަގުން ކުރެވޭ އެކިއެކި ވިޔަފާރިތަކަކީ ދުނިޔޭގެ ކަނޑަތަކާބެހޭ ޤާނޫނުތަކާ އެއްގޮތަށް ހިނގަމުންދާ ވިޔަފާރި ތަކެއްކަން ކަށަވަރު ކުރެވެން ޖެހޭނެ ކަމަށެވެ. އެގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރެވޭ އިންސާނީ ވަގުފާރިއާއި ޑްރަގްގެ ވިޔަފާރީގެ ދޮރުތައް ބަންދުކުރެވި، ދެމެހެއްޓެނިވި ނޫން ގޮތްގޮތަށާއި ގަވާއިދާ ޚިލާފަށް ކުރެވޭ މަސްވެރިކަންފަދަ ކަންކަން ހުއްޓުވުމަށް ފިޔަވަޅު އަޅަންޖެހޭކަން ރައީސް ފާހަގަކުރެއްވިއެވެ.

ޓެރަރިޒަމާއި ހައްދުފަހަނައަޅާ ދިއުމުގެ އަމަލުތަކަކީ 21 ވަނަ ގަރުނުގައި ވަރަށް އާންމުވެފައިވާ ނުރައްކާތަކެއްކަން ރައީސް ވިދާޅުވިއެވެ. ލަންކާއަށް ދިން ޓެރަރިސްޓު ހަމަލާ މިސާލެއްގެ ގޮތުން ނަންގަވައި އެމަނިކުފާނު ވިދާޅުވީ، އެފަދަ ނުރައްކާތަކުން މިންޖުވުމުގެ ގޮތުން ސަރަހައްދީ ގައުމުތަކުން އެއްގައުމު އަނެއް ގައުމަށް މައުލޫމާތު ހިއްސަކޮށް މިފަދަ ނުރައްކާތައް ނެތިކޮށްލުމަށް މަސައްކަތް ކުރަންޖެހޭކަމަށެވެ.

އިންޑިޔާ ކަނޑުގެ ގައުމުތަކުގެ ގޮތުގައި ހިމެނޭ ގިނަ ގައުމުތަކުން ބައިވެރިވާ މި ކޮންފަރެންސް ބުދަ ދުވަހާއި ހަމަޔަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ކޮންފަރެންސްގެ ރިޔާސަތު ބަލަހައްޓަވާނީ ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައެވެ.

އެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާ ބޭރުގެ ޢިއްޒަތްތެރިންގެ ތެރޭގައި އިންޑިޔާގެ ފޮރިން ސެކްރެޓަރީއާއި ސިންގަޕޫރުގެ ފޮރިން މިނިސްޓަރު ހިމެނިވަޑައިގަންނަވައެވެ. މި ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެ ވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދާއި ފޮރިން މިނިސްޓަރ ޢަބުދުﷲ ޝާހިދުއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

20 މާރިޗު 2017

އެކްސިޑެންޓްތައް ހިނގުން އިންތިހާއަށް ގިނަވެފައި ވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިދިނުމަށް ސަރުކާރަށް ގޮވާލައިފި

20 މާރިޗު 2017
އެކްސިޑެންޓްތައް ހިނގުން އިންތިހާއަށް ގިނަވެފައި ވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިދިނުމަށް ސަރުކާރަށް ގޮވާލައިފި
17 މާރިޗު 2017

ވަގު ފައިސާ އެތެރެކުރި ކަމަށް ދެކެވޭ ވާހަކަައަކީ ދޮގެއް، އެ ވާހަކަ ފަތުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން: އެމްއެމްއޭ

17 މާރިޗު 2017
ވަގު ފައިސާ އެތެރެކުރި ކަމަށް ދެކެވޭ ވާހަކަައަކީ ދޮގެއް، އެ ވާހަކަ ފަތުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން: އެމްއެމްއޭ
16 މާރިޗު 2017

އެޗްވަންއެންވަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު ސަރުކާރުން އަޅަމުންދޭތޯ ބެލުމަށް މަޖިލީހަށް

16 މާރިޗު 2017
އެޗްވަންއެންވަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު ސަރުކާރުން އަޅަމުންދޭތޯ ބެލުމަށް މަޖިލީހަށް
13 މާރިޗު 2017

ބިރުގަންނަންޖެހޭ ހާލަތަކަށް ނުދޭ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންވީ: އެޗްޕީއޭ

13 މާރިޗު 2017
ބިރުގަންނަންޖެހޭ ހާލަތަކަށް ނުދޭ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންވީ: އެޗްޕީއޭ
12 މާރިޗު 2017

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިމަހުގެ 27 އަށް ތާވަލްކޮށްފި

12 މާރިޗު 2017
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިމަހުގެ 27 އަށް ތާވަލްކޮށްފި
09 މާރިޗު 2017

ވިސާމަށް ހުކުމް އިއްވުން މިމަހުގެ 28 އަށް ފަސްކޮށްފި!

09 މާރިޗު 2017
ވިސާމަށް ހުކުމް އިއްވުން މިމަހުގެ 28 އަށް ފަސްކޮށްފި!
02 މާރިޗު 2017

ކައުންސިލް އިންތިޚާބަށް ބޭނުން ކުރާ ތަކެތި ހަރުގެއިން ގެންދިއުމަކީ ކެމްޕޭނަށް ހުރަސްއެޅުން:އެމްޑީޕީ

02 މާރިޗު 2017
ކައުންސިލް އިންތިޚާބަށް ބޭނުން ކުރާ ތަކެތި ހަރުގެއިން ގެންދިއުމަކީ ކެމްޕޭނަށް ހުރަސްއެޅުން:އެމްޑީޕީ
26 ފެބުރުއަރީ 2017

މި ސަރުކާރަކީ ލާމަރުކަޒު ކުރުމާ ދެކޮޅު ސަރުކާރެއް، ނިޒާމް ދަމަހައްޓަން ޕީޕީއެމަށް ނޫނެކޭ ބުނަން ޖެހޭ: ޝަމާއު

26 ފެބުރުއަރީ 2017
މި ސަރުކާރަކީ ލާމަރުކަޒު ކުރުމާ ދެކޮޅު ސަރުކާރެއް، ނިޒާމް ދަމަހައްޓަން ޕީޕީއެމަށް ނޫނެކޭ ބުނަން ޖެހޭ: ޝަމާއު
29 ޖެނުއަރީ 2017

އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް

29 ޖެނުއަރީ 2017
އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް