Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސްރީލަންކާ - ރާއްޖެ

ޓެރަރިޒަމާއި ދެކޮޅަށް ސަރަހައްދީ ފެންވަރުގައި މަސައްކަތް ކުރަންޖެހޭ: ރައީސް ސޯލިހު

2 ސެޕްޓެމްބަރު 2019 | ހޯމަ 12:46

ދެ ގައުމުގެ ދެމެދުގައި ފަސް އެމްއޯޔޫއެއްގައި ވަނީ ސޮއިކުރެވިފައި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 2 ސެޕްޓެމްބަރު 2019 | ހޯމަ 12:46
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އާއިއެކު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އާއިއެކު

ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިޔުމާއި ދެކޮޅަށް ސަރަހައްދީ ފެންވަރުގައި މަސައްކަތް ކުރެއްވުމަށް ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އާއިއެކު މަޝްވަރާކުރައްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި, ރައީސް އޮފީހުގައި ދެ ބޭފުޅުން އެކުގައި ވަނީ ބަޔާނެއް ދެއްވާފައެވެ. ރައީސް ސޯލިހު ވިދާޅުވީ ޓެރަރިޒަމްގެ ނުރައްކާތަކުން ދެ ޤައުމުގެ ރައްޔިތުން ސަލާމަތް ކުރުމުގެ މުހިއްމުކަމުގެ މައްޗަށް މަޝްވަރާކުރެވުނު ކަމަށެވެ. އެގޮތުން ހައްދުފަހަނައަޅައި ދިޔުމާއި ދެކޮޅަށް ސަރަހައްދީ ފެންވަރުގައާއި ދުނިޔޭގެ ފެންވަރުގައި މަސައްކަތް ކުރެއްވުމަށް މަޝްވަރާކުރެވުނު ކަމަށް އެމަނިކުފާޅު ވިދާޅުވި އެވެ.

Advertisement - newsAdvertisement

ރައީސް ސޯލިހު ވިދާޅުވީ ދެ ޤައުމުގެ ހަމަޖެހުމަށް، އިންޑިޔާ ކަނޑުގެ ހަމަޖެހުން ވަރަށް މުހިއްމު ކަމަށާއި، އެގޮތުން މާދަމާ ރާއްޖޭގައި ފަށާ އިންޑިއަން އޯޝަން ކޮންފަރެންސަކީ މި ސަރަހައްދުގައި ސުލްހަ އާއި ހަމަޖެހުން ދަމަހައްޓަން ލިބޭ އެހީތެރި ކަމަކަށް ވެގެންދާނެ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ މީހުން ބިނާ ކުރުމާއި ވަސީލަތްތައް ތަރައްޤީކުރުމުގެ ދާއިރާއިން ދާއިރާއިން ރާއްޖެއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުން އަންނަ އެއް ޤައުމަކީ ސްރީލަންކާ ކަމަށެވެ. ސްރީލަންކާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ދާއިރާތަކަކީ ސިއްހީ ދާއިރާއާއި، ތައުލީމީ ދާއިރާއާއި، ދިފާއީ ދާއިރާގެ އިތުރުން ޒުވާނުން ތަރައްޤީކުރުމާ ގުޅޭ ދާއިރާއާއި ކުޅިވަރުގެ ދާއިރާ ކަމަށެވެ. އެކަމަށްޓަކައި އެ މަނިކުފާނު ވަނީ ސްރީލަންކާއަށް ޝުކުރު އަދާކުރައްވާފައެވެ.

ރާއްޖެއިން ލަންކާއަށް ޞިއްޙީ ޚިދުމަތް ހޯދަން ދަތުރުކުރާ ފަރާތްތަކަށް ލަންކާއިން ދޭ އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި ރައީސް ސޯލިހު ވަނީ ޝުކުރު އަދާކުރައްވާފައެވެ. ގުނަވަން ބަދަލުކުރުމުގެ އޮޕަރޭޝަންތައް ކުރުމަށް ލަންކާގެ ހޮސްޕިޓަލުތަކުން ދިވެހިންނަށް ފުރުސަތު ފަހިކޮށްދިނުމަށް ލަންކާ ސަރުކާރުން ނިންމަވާފައިވާތީ އެކަން ޝުކުރުވެރިކަމާއެކު ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ދެޤައުމުން އިސްކަންދޭ ބައިނަލްއަޤްވާމީ މައްސަލަތަކާމެދުވެސް ދެލީޑަރުންގެ ބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައިވާ ކަމުގައި ރައީސް ސޯލިހު ވިދާޅުވިއެވެ. މިގޮތުން މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ފިޔަވަޅުތައް އެޅުމާބެހޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

މި ބައްދަލުވުމުގައި ލަންކާގެ ބޮޑު ވަޒީރު ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ރާއްޖެއަށް ކުރެއްވި މި ދަތުރުފުޅާއި ދަތުރުފުޅުގައި ކުރެވުނު މަޝްވަރާތަކަކީ ކާމިޔާބު މަޝްވަރާތަކެއްކަން ފާހަގަކުރެއްވިއެވެ. އަދި ދެ ޤައުމުގެ ގުޅުންތަކަކީ މާކުރިއްސުރެ ދެޤައުމުގެ ރައްޔިތުންގެ މެދުގައި ކުރިއަރަމުން ތަރައްޤީވަމުން އައިސްފައިވާ ގުޅުންތަކެއްކަން ފާހަގަކުރެއްވިއެވެ. މިހާރު ދެސަރުކާރުގެ މެދުގައި ގުޅުންތައް ޤާއިމުކުރެވިފައިވާ ދާއިރާތަކާއި އިތުރު އައު ދާއިރާތަކުން ގުޅުން ބަދަހި ކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަންވެސް ބޮޑުވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ސްރީލަންކާގެ ބޮޑުވަޒީރުގެ ވާހަކަފުޅުގައި ސްރީލަންކާގައި ދިވެހީންނަށް ލިބިދޭ ޞިއްޙީ ޚިދުމަތްތަކުގެ އިތުރުން ލަންކާގެ ތަޖުރިބާއާއެކު ރައްޖޭގައި ޞިއްޙީ ޚިދުމަތް ފުޅާކޮށް މީހުން ބިނާކުރުންފަދަ ކަންކަމުގައި އެހީތެރިކަން އިތުރުކުރަން ޤަސްތުކުރައްވާކަން ފާހަގަކުރެއްވިއެވެ. ބޮޑުވަޒީރުގެ ވާހަކަފުޅުގައި ރާއްޖޭގެ ކިޔަވާކުދިންނަށް ވިސާގެ ކަންކަން ފަސޭހަކޮށްދެއްވާފައިވާކަން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން މަތީ ތައުލީމުގެ ދާއިރާއިން ރާއްޖޭގެ ދަރިވަރުންނަށް ލަންކާއިން ލިބޭ ފުރުޞަތުތަކުގެ އިތުރުން ރާއްޖޭގެ މަތީ ތަޢުލީމުގެ ދާއިރާ ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި އިޤްތިޞާދީ ދާއިރާއާއި އިޖުތިމާޢީ ދާއިރާއިން ދެ ޤައުމުގެ ގުޅުންތައް އިތުރަށް ބަދަހިވެގެންދާނެކަން ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ.

ބޮޑު ވަޒީރުގެ ވާހަކަފުޅުގައި ލަންކާއަށް މިއަހަރު ހިންގި ބޮންގޮއްވުމުގެ ހާދިސާގެ ދަތި ވަގުތުގައި ރާއްޖެއިން ދިން އެއްބާރުލުމަށް ޝުކުރުއަދާކުރެއްވިއެވެ. އަދި ޓެރަރިޒަމްފަދަ ނުރައްކާތަކަކީ ހުރިހާ ޤައުމަކަށް ވެސް އޮތް ބިރެއްކަން ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ. ލަންކާގެ ބޮޑުވަޒީރު ވަނީ މޫސުމަށް އަންނަ ބަދަލުތަކަކީ ރާއްޖެއާއި ލަންކާއަށްވެސް އޭގެ ނުރައްކާ އޮތް ކަމެއްކަން ފާހަގަ ކުރައްވާފައެވެ. އެހެންކަމުން އެފަދަ ކަންކަމުގައި ރާއްޖެއަށް އެއްބާރުލުންދީ އެކުގައި މަސައްކަތް ކުރާނެކަން ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ. އަދި އިންޑިއާ ކަނޑުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމުގައި ސަރަޙައްދުގެ ޤައުމުތައް ގުޅިގެން މަސައްކަތްކުރަން ޖެހޭކަންވެސް ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް