Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޓެކްސަސް ޝޫޓިން

ޓެކްސަސްގައި ބަޑީގެ ހަމަލާދިން މީހާ ދެނެގަނެފި

ހަމަލާދިނީ ފުލުހުން އޭނާ ހުއްޓުވުމުން

އަލީ ސަމާޚް
އަލީ ސަމާޚް | 2 ސެޕްޓެމްބަރު 2019 | ހޯމަ 12:59
ހަމަލާ ދިފައިވަނީ އުމުރުން 36 އަހަރުގެ މީހެއް

ހަމަލާ ދިފައިވަނީ އުމުރުން 36 އަހަރުގެ މީހެއް

އެމެރިކާގެ ޓެކްސަސްގައި ބަޑީގެ ހަމަލާދީ ހަތް މީހުން މަރާލި މީހާ ދެނެގަނެވިފައިވާ ކަމަށް ޓެކްސަސްގެ ފުލުހުން ބުނެފިއެވެ.

މި ހަމަލާއަކީ މަހެއްގެ ތެރޭގައި ޓެކްސަސް ގައި ދިން ދެވަނަ ހަމަލާއެެވެ.

ހޮނިހިރު ދުވަހު ޓެކްސަސްގެ ހުޅަނގު ސިޓީތައް ކަމަށްވާ މިޑްލޭންޑް އަދި އޮޑެއްސާ ގައި ދިން ބަޑީގެ ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ތިން ފުލުސް އޮފިސަރަކުވެސް ހިމެނެއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ އިސްވެރިޔާ މައިކަލް ގާކް ވިދާޅުވީ، ހަމަލާދިން މީހަ ދެނެގަނެވިފައިވާ ކަމަށާއި، އެހެން ނަމަވެސް އެ މައުލޫމާތު މީޑިއާ އަށް ހިއްސާކުރަން ބޭނުންނުވާ ކަމަށެވެ. އޭގެ ފަހުން އޮޑެއްސާ ފުލުހުންގެ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ، ހަމަލާ ދީފައިވަނީ އޮޑެއްސާގެ ރަށްވެއްސެއް ކަމަށްވާ އުމުރުން 36 އަހަރުގެ ސެތް އޭރެން އެޓަރްއެވެ.

ސެތް ހަމަލާދީފައިވަނީ އޭނާ ދުއްވި ރަން ކުލައިގެ ކާރު ސިގްނަލް ނުދީ ދުުއްވަނިކޮށް ޓެކްސަސްގެ ހައިވޭ ޕެޓްރޯ ފުލުހުން ހުއްޓުވުމުންނެވެ. ކާރު ހުއްޓުވުމުން އޭރެން ވަނީ ކާރު ތެރޭގައި ހުރެެ އޮފިސަރުންނާ ދިމާލަށް ބަޑި ޖަހައި އެކަކު ޒަހަމް ކުރުމަށް ފަހު ފިލާފައެވެ. އޭގެ ފަހުން ބާރު ސްޕީޑުގައި ކާރުދުއްވަމުން ހިނގާފައި ދިޔަ މީހުންނާ ދިމާލަށް ބަޑިޖަހައި އޭނާ ވަނީ ޕޯސްޓު އޮފީހުގެ އުޅަނދެއް ހައިޖެކް ކޮށްފައެވެ.

އެ އުޅަނދު ހައިޖެކޮށްގެން ދާން އުޅެނިކޮށް މިޑްލޭންޑް އާއި އޮޑެއްސާ ފުލުހުން ވަނީ އޭނާ މަރާލާފައެވެ.

އިތުރަށް ކިޔާލަން

10 މެއި 2017

މޫނަށް ކޭކް ޖެހި މީހާގެ މައްޗަށް ދައުވާ ކުރާނޭ ކަމަށް ކުއަންޓަސްގެ ސީއީއޯ ވިދާޅުވެއްޖެ

10 މެއި 2017
މޫނަށް ކޭކް ޖެހި މީހާގެ މައްޗަށް ދައުވާ ކުރާނޭ ކަމަށް ކުއަންޓަސްގެ ސީއީއޯ ވިދާޅުވެއްޖެ
24 އެޕްރީލު 2017

އުތުރު ކޮރެއާއިން ހައްޔަރު ކުރި އެމެރިކާ މީހާގެ ނަން ހާމަކޮށްފި

24 އެޕްރީލު 2017
އުތުރު ކޮރެއާއިން ހައްޔަރު ކުރި އެމެރިކާ މީހާގެ ނަން ހާމަކޮށްފި
22 އެޕްރީލު 2017

ޕެރިހުގައި ހަމަލާ ދިން މީހާގެ ނަން އާންމުކޮށްފި

22 އެޕްރީލު 2017
ޕެރިހުގައި ހަމަލާ ދިން މީހާގެ ނަން އާންމުކޮށްފި
21 އެޕްރީލު 2017

ޕެރިހުގައި ބުރާސްފަތި ދުވަހު ބަޑިން ހަމަލާ ދިން މީހާ ދެނެގަނެވިއްޖެ: ފުލުހުން

21 އެޕްރީލު 2017
ޕެރިހުގައި ބުރާސްފަތި ދުވަހު ބަޑިން ހަމަލާ ދިން މީހާ ދެނެގަނެވިއްޖެ: ފުލުހުން
21 އެޕްރީލު 2017

ފަލަސްތީނުގެ ޓްރަކް ޑްރައިވަރު ގައިގައި ތަޅައިގަތް އިޒްރޭލު ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި

21 އެޕްރީލު 2017
ފަލަސްތީނުގެ ޓްރަކް ޑްރައިވަރު ގައިގައި ތަޅައިގަތް އިޒްރޭލު ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު