Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުޑަކުދިންގެ އަދުލު

ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރު 18 އަށް މަތިކުރަންޖެހޭ: ޖީހާން

ބިލުގައި ހުރި ކަންކަމަށް ތާއީދު ކުރައްވާކަމަށް ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 28 އޯގަސްޓު 2019 | ބުދަ 07:43
ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު

ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު

ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރު 18 އަހަރަށް މަތިކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ވިދާޅުވެއްޖެއެވެ.

ކުޑަކުދިންގެ އަދުލުގެ ބިލުގެ ފުރަތަމަ ކިއުން ބުދަ ދުވަހު އޮތް މަޖިލިސް ޖަލްސާގައި އިއްވާފައިވާއިރު، އެ ބިލަށް ބަހުސް ކުރައްވަމުން ޖީހާން ވިދާޅުވީ، ކުޑަ ކުދިންގެ އަދުލުގެ ބިލުގައި ހުރި ހުރިހާ ކަމަކަށް ތާއީދު ކުރައްވާ ކަމަށާއި، ނަަމަވެސް މި ޤާނޫނުގައި ކުޑަކުދިން ކުށުގެ ޤާނޫނީ ޒިންމާ އުފުލަންޖެހޭ އުމުރު (އޭޖް އޮފް ކްރިމިނަލް ރެސްޕޮންސިބިލިޓީ) އަކީ 15 އަހަރުކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުން 18 އަށް ބަދަލުކުރަންޖެހޭ ކަމަށެވެ.

އެގޮތުން ޖީހާން ވިދާޅުވީ، ފުރާވަރަށް އަޅަމުންދާ އުމުރަކީ ކުއްޖާގެ ސިކުނޑި އެންމެ އެކަށީގެންވާ ގޮތެއްގައި ތަރައްޤީވެފައިވާ އުމުރެއް ނޫން ކަމަށާއި، އެ އުމުރުގައި ކުއްޖާ ނުބައި ގޮތަކަށް "ލޭބަލް" ވެގެން ދިއުމަކީ ކުށުގެ ވެއްޓަށް އެކުއްޖާ ހުށައެޅިގެންދާ ސަބަބެއް ކަމަށެވެ.

މި ބިލަށް މަޖިލީހުގެ ގިނަ މެމްބަރުން ތާއީދު ކުރައްވާފައިވާއިރު، ބިލަށް ވާހަކަދައްކަވަމުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ، ކުޑަކުދިންނާ ގުޅުންހުރި ކަންކަމުގެ ޒިންމާ ހުރިހާ ފަރާތަކުން އުފުލަންޖެހޭ ކަމަށާއި، މި ބިލުގެ އަމާޒަކީވެސް ކުޑަކުދިން ކުށުގެ ވެއްޓާ ވީހާވެސް ދުރުހެލިކުރުން ކަމަށެވެ. އެގޮތުން ޑައިވަރޝަން ޕްރޮގްރާމްތަކުގެ ތެރެއިން އެކުދިން ކުށުގެ ވެއްޓާ ދުރުކޮށް، އެކުދިންނަށް ތެރަޕިއުޓިކް ޕްރޮގްރާމްތައް ހިންގައިގެން މުޖުތަމައަށް އަނބުރާ ގެންނަން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ކުޑަކުދިންގެ ހައްޤުތައް ރައްކާތެރި ކުރުމާބެހޭ ޤާނޫނުގެ ދަށުން ހެދިފައިވާ "ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައް ބަލާ ތަހުޤީޤުކޮށް، އިންސާފުކޮށް އަދަބު ދިނުމުގައި އަމަލުކުރުމާބެހޭ އުސޫލު" ގެ 4 ވަނަ މާއްދާގެ (ހ) ގައި ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރަކީ 10 އަހަރުކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އުމުރުން 10 އަހަރާއި 15 އަހަރާދެމެދުގެ ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ ކުށްތަކަކީ ކޮބާކަން ބަޔާން ކޮށްފައިވާއިރު، 15 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިން ކުރާ ހުރިހާ ބާވަތެއްގެ ކުށުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭނެ ކަމަށް އެ ޤަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.

އެކަމާ ގުޅޭގޮތުން ޖީހާން ވިދާޅުވީ، އެ ޤާނޫނު އިސްލާހުކޮށް މިހާރު އަމަލުކުރަމުންދާ ޤާނޫނުގައިވާގޮތުން ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލާ އުމުރު 12 އަށް ބަދަލުކުރެވިފައިވާ ކަމަށާއި، އަލަށް ހުށައަޅާފައިވާ ބިލުގައި އެ އުމުރު 15 އަށް ބަދަލު ކުރުމަށް ހުށައަޅާފައިވީނަމަވެސް އެންމެ ރަނގަޅު ގޮތަކީ އެ އުމުރު 18 އަށް ބަދަލުކުރުން ކަމަށެވެ.

ކުށުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރު 18 އަށް ބަދަލުކުރުމަށް ޖީހާން ގޮވާލައްވާފައިވާއިރު، އަވައްޓެރި އިންޑިއާއާއި، ސައުތު އެފްރިކާގައިވެސް ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރަކީ 18 އެވެ.

އިތުރަށް ކިޔާލަން

29 މާރިޗު 2017

އައިޖީއެމްއެޗުގައި ކުޑަކުދިންނަށް ފްލޫ ވެކްސިން ދޭން ފަށައިފި

29 މާރިޗު 2017
އައިޖީއެމްއެޗުގައި ކުޑަކުދިންނަށް ފްލޫ ވެކްސިން ދޭން ފަށައިފި
29 މާރިޗު 2017

ބަތޫލަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނާ ފުލުސް މީހާގެ ޖިނާއީ ކުށެއް ނެތް: ޕޮލިސް

29 މާރިޗު 2017
ބަތޫލަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނާ ފުލުސް މީހާގެ ޖިނާއީ ކުށެއް ނެތް: ޕޮލިސް
13 މާރިޗު 2017

ބަލި މީހުން ކައިރިއަށް ކުޑަކުދިން ނުގެންދިއުމަށް އައިޖީއެމްޗުން އެދިއްޖެ

13 މާރިޗު 2017
ބަލި މީހުން ކައިރިއަށް ކުޑަކުދިން ނުގެންދިއުމަށް އައިޖީއެމްޗުން އެދިއްޖެ
08 މާރިޗު 2017

މަޖިލީހުގެ ރައީސް މަސްއޫލިއްޔަތު އަދާކުރަނީ ވަކި އަތަކަށް ޖެހިގެން: މައުމޫން

08 މާރިޗު 2017
މަޖިލީހުގެ ރައީސް މަސްއޫލިއްޔަތު އަދާކުރަނީ ވަކި އަތަކަށް ޖެހިގެން: މައުމޫން
22 ފެބުރުއަރީ 2017

އުމުރުން ދުވަސްވީ މީހެއްގެ މޫނަށް ކެމިކަލް ޖެހި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް

22 ފެބުރުއަރީ 2017
އުމުރުން ދުވަސްވީ މީހެއްގެ މޫނަށް ކެމިކަލް ޖެހި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު