Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އައިޖީއެމްއެޗް

ބަލި މީހުން ކައިރިއަށް ކުޑަކުދިން ނުގެންދިއުމަށް އައިޖީއެމްޗުން އެދިއްޖެ

ބަލިމީހުން ކައިރިއަށް ޒިޔާރަތް ކުރެވޭނެ ވަގުތުވެސް ވަނީ ކުޑަކޮށްފައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 13 މާރިޗު 2017 | ހޯމަ 00:33
އައިޖީއެމްއެޗް: ފެތުރެމުންދާ ރޯގާއާ ގުޅިގެން ފިޔަވަޅުތަކެއް ވަނީ އަޅަން ފަށާފައި

އައިޖީއެމްއެޗް: ފެތުރެމުންދާ ރޯގާއާ ގުޅިގެން ފިޔަވަޅުތަކެއް ވަނީ އަޅަން ފަށާފައި

އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައިވާ ބަލި މީހުންގެ ކައިރިއަށް 12 އަހަރުން ދަށުގެ ކުޑަކުދިން މިދުވަސްވަރު ނުގެންދިއުމަށް އެދޭކަމަށް އެހޮސްޕިޓަލުން ބުނެފިއެވެ.

އައިޖީއެމްއެޗުން މިގޮތައް އެދިފައިމިވަނީ މާލޭގައި ހަލުވިކަމާއެކު ފެތުރެމުންދާ އަރިދަފުސް ރޯގާ އަދި ވައިރަލް ހުމާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު އަހުމަދު މައުސޫމް ވިދާޅުވެފައިވަނީ އާދީއްތަ ދުވަހުން ފެށިގެން ހޮސްޕިޓަލަށް ޒިޔާރަތް ކުރާ 12 އަހަރުން ދަށުގެ ކުޑަކުދިންނަށް ބަލި މީހުންނާ ބައްދަލުކުރުން މަނާކޮށް، ހސްޕިޓަލުގައި ހަދާފައިވާ ކުޑަކުދިން ކުޅޭ ތަންތަން ވެސް ވަގުތީ ގޮތުން ބަންދު ކޮށްފައިވާ ކަމަށެވެ.

އެ ނިންމުމަކީ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ލަފާގެ މަތިން ނިންމި ނިންމުމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ބަލިމީހުންނަށް ޒިޔާރަތްކުރާއިރު ކުޑަކުދިން އައިޖީއެމްއެޗަށް ގެންދިއުން މަނާކޮށްފައިވާއިރު، ބަލި މީހުންނަށް ޒިޔާރަތްކުރާ ވަގުތު ވެސް އައިޖީއެމްއެޗުން ވަނީ ކުޑަކޮށްފައެވެ.

އައިޖީއެމްއެޗުގައި ބަލި މީހުންނަށް ޒިޔާރަތް ކުރުމުގެ ވަގުތަކީ ހަވީރު 5:00 އިން 8:00 އަށެވެ. ނަމަވެސް މިހާރު ގެނައި ބަދަލާއެކު ބަލިމީހުންގެ ކައިރިއަށް ޒިޔާތް ކުރެވޭނީ ހަވީރު 5:00 އިން އިރުއޮއްސި 7:00 އަށެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު އަހުމަދު މައުސޫމް ވިދާޅުވެފައިވަނީ އެ ބަދަލު ގެންނަން ނިންމީ މިހާރު ފެތުރެމުންދާ ހުމާއި ރޯގާއަކީ އެކަކުގެ ފަރާތުން އަނެކަކަށް ވަރަށް ފަސޭހައިން ޖެހޭ ބަލިތަކަކަށްވާތީ، ބަލި މީހުންނަށް ޒިޔާރަތްކުރަން ހޮސްޕިޓަލަށް އައިސްއުޅޭ ވަގުތު ކުޑަކޮށް ބަލިމީހުންނާ ބައްދަލުކުރެވޭ ވަގުތު މަދު ކުރުމަށް ކަމަށެވެ.

މައުސޫމް ވިދާޅުވީ، ވައިރަލް ހުމާއި ރޯގާ ކޮންޓްރޯލް ކުރެވިއްޖެކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި އައިޖީއެމްއެޗުން ބެލުމަށްފަހު ކުރިން އޮތް ގޮތަށް ބަދަލުކުރާނެ ކަމަށެވެ. ނަމަވެސް އެއީ ކިހާ ދުވަހެއްގެ ތެރޭގައި ކަން ދަންނަވަން ދަތިކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެއް ދުވަސްތެރޭގައި  ކްލިނިކުން 38 ބަލިމީހުންނަށް ފަރުވާދީފި

އެއް ދުވަސްތެރޭގައި ކްލިނިކުން 38 ބަލިމީހުންނަށް ފަރުވާދީފި

12 މާރިޗު 2017
މާލެ ގެނެވޭނެ ގޮތެއް ހަމަނުޖެހި، ހާލުބޮޑު ބަލިމީހެއް ވިލިނގިލީގައި މަރުވެއްޖެ!

މާލެ ގެނެވޭނެ ގޮތެއް ހަމަނުޖެހި، ހާލުބޮޑު ބަލިމީހެއް ވިލިނގިލީގައި މަރުވެއްޖެ!

05 މާރިޗު 2017
ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި

ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި

28 ފެބުރުއަރީ 2017
ޖިންސީ ގުޅުމުން އަރާ ތަފާތު ބަލިތަކާ ގުޅޭ ދިރާސާއެއް ކުރަނީ

ޖިންސީ ގުޅުމުން އަރާ ތަފާތު ބަލިތަކާ ގުޅޭ ދިރާސާއެއް ކުރަނީ

22 ފެބުރުއަރީ 2017
ރައީސް ނަޝީދާ ވާދަކުރަން ޖެހިލުން ވުމަކީ އަމިއްލައަށް ބަލި ޤަބޫލު ކުރުން:ރިޔާޒް

ރައީސް ނަޝީދާ ވާދަކުރަން ޖެހިލުން ވުމަކީ އަމިއްލައަށް ބަލި ޤަބޫލު ކުރުން:ރިޔާޒް

15 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު