Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޖިލިސް

ކުޑަކުދިންގެ އަދުލުގެ ބިލް މަޖިލީހުން ބަލައިގެެންފި

މަޖިލީހަށް މި ބިލް ބަލައިގެންފައިވަނީ 66މެމްބަރުންގެ ވޯޓުން

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 29 އޯގަސްޓު 2019 | ބުރާސްފަތި 08:48
ކުޑަ ކުދިން

ކުޑަ ކުދިން

ކުޑަކުދިންގެ އަދުލުގެ ބިލް މަޖިލީހުން ބަލައިގަނެފިއެވެ.

މިބިލް މަޖިލީހުން ބަލައިގަތީ 66 މެމްބަރުންގެ ވޯޓުންނެވެ.

Advertisement - newsAdvertisement

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި ބިލް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމެވެ. ބިލް އިތުރަށް ދިރާސާ ކުރުމަށް ވަނީ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީއަށް ފޮނުވާފައެވެ.

ބުދަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ބިލް ހުށަހަޅުއްވަމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ވިދާޅުވީ، މުޖްތަމައެއްގައި އެންމެ ބޮޑަށް ހާމަވެގެންދާ އެއް ކަމަކީ އެ މުޖްތަމައަކުން އެ މުޖްތަމައެއްގެ ކުޑަކުދިންނާއި މެދު އަމަލު ކުރަމުންދާ ގޮތް ކަމަށެވެ. މީކާއިލް ވިދާޅުވީ، ޖުވެނައިލް ކޯޓެއް ހުރި ނަމަވެސް ޖެންޑަރ މިނިސްޓްރީގެ ދަށުން ނިޒާމެއްގެ ދަށުން ބެލެހެއްޓޭނެ ގޮތެއް މިހާރު އޮތް ނަމަވެސް ކުށް ކުރެވޭ ކުދިންނާއި މެދު ވަކި ޚާއްސަ އުސޫލްތަކަކާއި އިޖުރާއަތް ތަކެއް ހުންނަން ޖެހޭ ކަމީ ދިވެހި ރާއްޖޭގެ އަދުލުގެ ނިޒާމް މިހާތަނަށް އައި އިރުވެސް ދަންނަ ކަމެއް ނޫން ކަމަށެވެ.

މީގެ އިތުރުން މިހާރު ރާއްޖޭގައި ޖުވެނައިލް ކޯޓެއް ގާއިމު ކުރެވިފައިވީ ނަމަވެސް އެތަނުގައި ތިއްބަވާ ފަނޑިޔާރުންނަކީ ގަބޫލުކުރެވޭ އުސޫލުތަކާއި ބައިނަލްއަގްވާމީ ހަމަތަކުގެ މަތިން އެ ޓްރެއިނިންގް ލިބިފައިވާ ބޭފުޅުންނެއް ކަމަކަށް ގަބޫލު ނުކުރެއްވޭ ކަމަށް ވެސް ވިދާޅުވިއެވެ. އަދި މި ބިލް ގާނޫނަކަށް ވުމުން އެކުދިން ކުރާ ޖިނާއީ ކުށްތައް ބަލާނީ ޚާއްސަ ތަމްރީންތައް ލިބިފައިވާ ފަނޑިޔާރުން ތިބޭ، ޖުވެނައިލް ކޯޓަކުން ކަމަށް މީކާއިލް ވިދާޅުވިއެވެ.

މި ބިލް ގާނޫނަކަށް ވުމުން، ބޮޑެތި މީހުންގެ މައްޗަށް ހިނގާ އާންމު ޖިނާއީ އަދުލުގެ ނިޒާމުން މުޅިން ވަކި ކުރެވިފައިވާ ނިޒާމެއް ގާއިމު ކުރެވިގެންދާނެ ކަމަށާއި ވީވަރަކުން ޖިނާއީ ދައުވާ ކުޑަކުދިންގެ މައްޗަށް އުފުލުމުގެ ބަދަލުގައި ޑައިވާރޝަން ނިޒާމުގެ ދަށުން އެކުންދިންނާއި މެދު އަމަލު ކުރެވިގެންދާނެ ކަމަށް ވެސް މެމްބަރު ވިދާޅުވިއެވެ. ޑައިވާރޝަން ނިޒާމާއިބެހޭ ގޮތުން އިތުރަށް ވާހަކަދައްކަވަމުން މީކާއިލް ވިދާޅުވީ،

އަދި ގާނޫނާއި ޚިލާފުވާ ކުޑަކުދިންގެ މައްސަލަތައް ތަހުގީގު ކުރާ ޕްރޮސެކިއުޓަރުންނާއި ޝަރީއަތް ކުރުމުގައި އުޅުއްވާ ބޭފުޅުންނާއި ކުޑަކުދިންނަށް ފަރުވާގެ ޕްރޮގްރާމްތައް ހިންގަވާ ބޭފުޅުންނާއި އަދި ޕްރޮބޭޝަންގައި މަސައްކަތް ކުރައްވާ ބޭފުޅުންނާއި އެކުދިން ބަންދުގައި ބައިތިއްބާ ތަންތަނުގައި މަސައްކަތް ކުރައްވާ ބޭފުޅުންނަކީ، އެކުދިންގެ މެދުގައި އަމަލު ކުރަން ޖެހޭ ޚާއްސަ އުސޫލުތަކަށް ފަރިތަ އަދި އެކަންކަމުގެ ޓްރެއިނިންގް ލިބިފައިވާ ބޭފުޅުންނަށް މި ބިލުގެ ދަށުން ވެގެންދާނެ ކަމަށް ވެސް މީކާއިލް ވިދާޅުވިއެވެ.

މި ބިލް ގާނޫނަކަށް ވުމުން ފުލުހުންގެ ޖަސްޓިސް ޑިޕާޓްމެންޓާއި ގުޅިގެން، ކުއްޖާގެ ރިސްކް އެސެސްމެންޓެއް ހެދޭނެއެވެ. އަދި އޭގެ ނަތީޖާއަށް ބިނާކޮށް އިތުރު ފިޔަވަޅެއް ނާޅާ، ނަސޭހަތްދީ ނިންމާލަން ޖެހޭ ހާލަތެއްގައި ޑައިވާރޝަންގެ ދަށުން ފިޔަވަޅެއް އެޅުމަށް ނިންމުން ނުވަތަ މައްސަލަ ތަހުގީގު ކުރަން ނިންމުމުމުގެ ބާރު އެ އިދާރާއަކަށް ލިބިގެންދާނެއެވެ. އެގޮތުން ޑައިވާރޝަންގެ ނިޒާމުގެ ދަށުން އެޅިގެންދާ ފިޔަވަޅުތަކުގެ ތެރޭގައި ކުށުގެ ޝިކާރައަކަށްވީ ފަރާތުގެ ކިބައިން މާފަށް އެދުމާއި ގެއްލުމުގެ ބަދަލު ދިނުމާއި، ކައުންސިލިންގް، ތައުލީމީ ، ވޮކޭޝަނަލް، ލައިފްސްކިލް ނުވަތަ ކޮމިއުނިޓީ ސާރވިސް ފަދަ ޕްރޮގްރާމްތަކުގައި ބައިވެރިކުރުވާ، އެފަދަ ފިޔަވަޅުތަކުގެ ދަށުން ވެސް އެ ކުދިން ދޫކޮށްލެވޭނެ އިންތިޒާމް، މި ބިލްގެ ދަށުން ހަމަޖެހިގެން ދާނެއެވެ.

ކުޑަކުއްޖާ ޖިނާއީ އަދުލުގެ ނިޒާމުގެ ކުރިމައްޗަށް ފުރަތަމަ ގެނެވޭ ހިސާބުން ފެށިގެން، އެ ނިޒާމުން މުޅިން ބޭރުވަންދެން އެކުއްޖާގެ މައްޗަށް ހިނގާނީ ކުޑަކުދިންގެ އަދުލުގެ ނިޒާމަށް ޚާއްސަކޮށް ބައްޓަން ކުރެވިފައިވާ އުސޫލުތަކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި

ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި

15 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

13 ފެބުރުއަރީ 2017
ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި

13 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު