Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކޭލޯ ނަވާސް

ނަވާސް ކްލަބް ދޫކޮށްލާނެ ކަމަށް ޒިދާން އުންމީދެއް ނުކުރޭ

ކްލަބް ދޫކޮށްލަން ނަވާސް ބޭނުންވާކަން ނޭނގޭ

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 24 އޯގަސްޓު 2019 | ހޮނިހިރު 17:57
ނަވާސް (ކ) އަދި ޒިދާން (ވ)

ނަވާސް (ކ) އަދި ޒިދާން (ވ)

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކޮސްޓަރިކާގެ ގޯލު ކީޕަރ ކޭލޯ ނަވާސް ކްލަބް ދޫކޮށްލާނެ ކަމަށް އުންމީދު ނުކުރާ ކަމަށް ކޯޗު ޒިދާން ބުނެފިއެވެ.

ޒިދާން ބުނީ، ނަވާސްއާ ނުލާ ރެއާލްގެ ސްކޮޑު ފުރިހަމަ ނުވާނެ ކަމަށާއި، އޭނާއަކީ އަބަދުވެސް ކްލަބަށް މުހިންމު ކުޅުންތެރިޔެއް ކަމަށެވެ.

އެގޮތުން ޒިދާން ބުނީ، ކްލަބް ދޫކޮށްލަން ނަވާސް ބޭނުންވާކަން ނޭނގޭ ކަމަށާއި، އެކަހަލަ އެއްވެސް ވާހަކައެއް ހިއްސާ ކޮށްފައި ނުވާ ކަމަށެވެ.

މީގެއިތުރުން ޒިދާން ބުނީ، އޭނާ ބޭނުން ވަނީ ނަވާސް ކްލަބުގައި މަޑުކުރުން ކަމަށާއި، އޭނާއާއެކު ކްލަބުން ހާސިލްކުރަން ޖެހޭ ބައިވަރު ކަންކަން އަދި ބާކީ އެބަ ހުރި ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން ޓްރާންސްފާގެ ދޮރުތައް ބަންދުވުމުގެ ކުރިން ނަވާސް ކްލަބް ބަދަލު ކުރާނެއެވެ. އަދި އޭނާ ކްލަބުގައި މަޑުކުރަން ބޭނުން ނުވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްތައް ބުނާގޮތުން ނަވާސް ހިތްހަމަ ނުޖެހިފައި ހުރީ ރެއާލް އަށް ޗެލްސީގެ ކުރީގެ ކީޕަރު ތިބޯޓް ކޯޓުއާ ގުޅުނު ހިސާބުންނެވެ. ކޯޓުއާ ކްލަބާ ގުޅުނު ހިސާބުން ފެށިގެން ނަވާސް އަށް ފުރަތަމަ 11 އިން ފުރުސަތު ލިބެނީ ވަރަށް މަދުންނެވެ.

އުމުރުން 31 އަހަރުގެ ނަވާސް ހޯދުމަށް ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުން ކަމަށް ރިޕޯޓްތައް ބުނާއިރު، އޭގެ ތެރޭގައި ޔުވަންޓަސް ވެސް ހިމެނޭ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. އޭނާ ރެއާލްއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2020 ގައެވެ.

ލެވެންޓޭ ދޫކޮށްލުމަށް ފަހު ނަވާސް ރެއާލް އަށް ބަދަލުވީ 2014 ވަނަ އަހަރުގެ ސީޒަނުގައެވެ. އެގޮތުން އޭނާ ވަނީ މިހާތަނަށް އެޓީމަށް 162 މެޗު ކުޅެ، އެޓީމާއެކު ސްޕެނިޝް ލަލީގާ، ސްޕެނިޝް ސުޕާ ކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު ތިންފަހަރު، ޔުއެފާ ސުޕާ ކަޕް ދެފަހަރު އަދި ކްލަބް ވޯލްޑް ކަޕް ތިން ފަހަރު ހޯދާފައެވެ.

ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕުން ވިދާލި ކޮސްޓަރިގާ ގައުމީ ޓީމުގެ ނަވާސް ވަނީ އެޓީމަށް މިވީތަނަށް 86 މެޗު ކުޅެދީފައެވެ. އޭނާ ވަނީ 2014 ވަނަ އަހަރު ކޮންކާކަފްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކްލަބްތަކަށް މާލީ އެހީދޭ ކުންފުނިތައް ކަނޑައެޅުން މާދަމާ!

ކްލަބްތަކަށް މާލީ އެހީދޭ ކުންފުނިތައް ކަނޑައެޅުން މާދަމާ!

01 މާރިޗު 2017
ކްލަބްތަކާ އެކު ކުންފުނިތަކުން ސޮއިކުރާނީ އަންނަ ހަފްތާގައި: ބައްސާމް

ކްލަބްތަކާ އެކު ކުންފުނިތަކުން ސޮއިކުރާނީ އަންނަ ހަފްތާގައި: ބައްސާމް

26 ފެބުރުއަރީ 2017
ޓީމު އޮތީ އިތުބާރާއެކު، ކިރިގިސްތާން ކްލަބްވެސް ބަލިކުރެވޭނެ: ނިޒާމްބެ

ޓީމު އޮތީ އިތުބާރާއެކު، ކިރިގިސްތާން ކްލަބްވެސް ބަލިކުރެވޭނެ: ނިޒާމްބެ

19 ފެބުރުއަރީ 2017
ކްލަބްތަކަށް ދޭން ޖެހޭ ފައިސާ އަންނަ ހަފްތާ ތެރޭގައި ހަމަޖެހޭނެ: ބައްސާމް

ކްލަބްތަކަށް ދޭން ޖެހޭ ފައިސާ އަންނަ ހަފްތާ ތެރޭގައި ހަމަޖެހޭނެ: ބައްސާމް

11 ފެބުރުއަރީ 2017
ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި

ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި

08 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު