Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
- އެޗްއާރްސީއެމް

އެޗްއާރްސީއެމް އިން އަސްލު ފޮރުވަން މި އުޅެނީ ކޮން ކަމެއް؟

ޓޯޗަރ ނުވަތަ އަނިޔާގެ އަމަލެއް ހިމެނޭ ނަމަ އެކަން ބަލަންޖެހޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 23 އޯގަސްޓު 2019 | ހުކުރު 10:11
އެޗްއާރްސީއެމްގެ މެމްބަރުން ޖެންޑަރ ކޮމިޓީގައި

އެޗްއާރްސީއެމްގެ މެމްބަރުން ޖެންޑަރ ކޮމިޓީގައި

ރައީސުލްޖުމްހުރިއްޔާގެ ޤަރާރެއްގެ ދަށުން 2003 ވަނަ އަހަރު ގެ ޑިސެމްބަރ މަހުގެ 19 ގައި އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބުމުގެ ބާރު ލިބިފައިވާ، މިނިވަން މުސްތަގިއްލު ކޮމިޝަނެއްގެ ގޮތުގައި އިންސާނީ ހައްޤުތަކާބެހޭ ކޮމިޝަނެއް އުފެދުނުތާ 16 އަހަރު ފުރެން މިވަނީ ގާތްވެފައެވެ. ނަމަވެސް މިއަދާ ހަމައަށްވެސް އިވެމުންދަނީ އިންސާނީ ހައްޤުތައް ކަށަވަރު ނުކުރެވޭ ވާހަކައެވެ. އިންސާނީ ހައްޤުތަކާމެދު ކަމާއިބެހޭ މުއައްސަސާތަކުން އިހުމާލުވެފައިވާ މިންވަރުގެ ވާހަކައެވެ.

ގިނަ ބަޔަކު ޤަބޫލު ކުރާ ގޮތުގައި ފާއިތުވެ ދިޔަ އަހަރުތަކަކީ އިންސާނީ ހައްޤުތަކަށް އަރައިގަތުން އިންތިހާއަށް އިތުރުވެގެންދިޔަ ދުވަސްވަރެކެވެ. އެގޮތުން ފާއިތުވި ގާތްގަނޑަކަށް 7 އަހަރަކީ އިންސާނީ ހައްޤުތަކާގުޅޭ ބޮޑެތި "ޖަރީމާތަކެއް"ގައި ދިވެހިން އުޅުނު ދުވަސްތަކެއް ކަމަށް މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންވެސް ސިފަކުރެއެވެ. އެ ދުވަސްވަރަކީ ޤާނޫނާ ޚިލާފަށް މީހުން ހައްޔަރުކޮށްގެން ގެންގުޅުމުން ފެށިގެން ގޮސް، މިނިވަންކަމާއި، ދިރިހުރުމުގެ ހައްޤު ނިގުޅައިގަތުމާއި، ރަހީނު ކުރުމުގެ އިތުރުން ނަފްސާނީ އަދި ޖިސްމާނީ އަނިޔާތައް ގިނަ ރައްޔިތުންތަކެއް ތަހައްމަލު ކުރަމުންދިޔަ ޒަމާނެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރާއިރު، މިކަންކަން ހުއްޓުވުމަށް ޤާނޫނީ ގޮތުން ބާރުދީފައިވާ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަށް އެކަށީގެންވާ ޒިންމާ އަދާ ނުކުރެވި އޮތް ކަމަށް ޤަބޫލުކުރަނީ މަދު ދިވެހިންނެއް ނޫނެވެ.

ގެއްލިފައިވާ ހައްޤުތައް ހޯދައިދެއްވާނެ ކަމުގެ ވައުދުތަކަކާއެކު އައު ސަރުކާރެއް އައި ހިސާބުން އެންމެ ގިނަ ބައެއްގެ އުއްމީދަކަށްވީ މި ކަންކަމަށް އިންސާފު ލިބިގެން ދިއުމެވެ. ހައްޤުތައް ނިގުޅައިގަތް ފަރާތްތައް ޒިންމާކުރުވުމެވެ. އިހުމާލުވި ފަރާތްތަކާމެދު ފިޔަވަޅު އެޅުމެވެ. އެގޮތުގެ މަތިން ގިނަ މުއައްސަސާތަކެއް ސަރުކާރާއި މަޖިލީހުން ޖަބާވުދާރީ ކުރުވަމުންގެންދާއިރު، ބުދަ ދުވަހު އޮތް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް މިވަނީ އެޗްއާރްސީއެމްގެ މެމްބަރުން ހާޒިރުކޮށް އެތަކެއް ސުވާލުތަކެއް ކުރިމަތި ކުރުވާފައެވެ. ނަމަވެސް އެ މަންޒަރުތައް ދުރާއި ގާތުން ބަލަމުން ދިޔަ އެންމެންގެ ހިތުގައިވެސް އުފެދުނު އެންމެ ބޮޑު އެއް ސުވާލަކަށްވީ "އެޗްއާރްސީއެމް އިން ފޮރުވަން މި އުޅެނީ ކޮން ކަމެއް ބާއެވެ؟

އެޗްއާރްސީއެމްއިން އިހުމާލުނުވާ ވަކި ދާއިރާއެއް ނެތް ކަމަށް މީހުން ބުނާއިރު، ކޮމިޓީގެ މެމްބަރުން ފުރަތަމަވެސް ކުރިމަތި ކުރުވި ސުވާލަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުޑަ ކުދިންތަކަށް ނަފްސާނީ އަނިޔާ ކުރި މައްސަލަތަކެއް އެޗްއާރްސީއެމް އިން ނުބަލަން ނިންމި ސަބަބެވެ. އެގޮތުން ޓޯޗަރ ނުވަތަ އަނިޔާގެ އެފަދަ އަމަލެއް ހިމެނޭ ނަމަ އެކަން ބެލުމަކީ އެޗްއާރްސީއެމްއަށް ޤާނޫނުން މަތިކުރާ ޒިންމާއަކަށްވީއިރު، ކުޑަކުދިންނާ ގުޅޭ މިފަދަ ހައްސާސް މައްސަލަތަކެއް ނުބަލައި ދޫކޮށްލެވިދާނެތޯ މެމްބަރުން ސުވާލުކުރިއެވެ.

ކުޑަކުދިންނާމެދު ނަފްސާނީ އަނިޔާ ކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި ކުދިންތަކެއް "ބަރަހަނާ" ވާ ގޮތަށް މީހުންގެ ތެރެއަށް ނެރުން ފަދަ މައްސަލައެއްވެސް ހިމެނޭއިރު، ކޮމިޝަނުން މި މައްސަލަތައް ބެލުން ހުއްޓާލި ބައެއް ސަބަބުތަކުގެ ގޮތުގައި ފާހަގަކުރީ ފުލުހުންވެސް އެ މައްސަލަތައް ތަހުޤީޤުކޮށް ބައެއް މައްސަލަ ޕީޖީއަށް ފޮނުވާފައިވާކަމެވެ. އެކަށީގެންވާ ވަސީލަތްތައް ކޮމިޝަނުގައި ނެތުމުން ހެއްކާއި ޤަރީނާ ހޯދަން އުނދަގޫވާކަމެވެ. އެއް މައްސަލައެއް ދައުލަތުގެ 3 މުއައްސަސާއަކުން ބެލުމުން ދައުލަތުގެ ރިސޯސްތައް "ބޭކާރު" ކުރެވޭ ވާހަކައެވެ. މައްސަލަތައް ނުބަލައި ދޫކޮށްލެއްވި ނަމަވެސް "ފޮލޯއަޕް" ހައްދަވާ ވާހަކައެވެ. ކުޑަ ކުދިންނާ ސުވާލުކުރުމުން އެ ކުދިން ކޮމިޝަނުގެ މެމްބަރުންނާ "އަނގައިން ނުބުނާ" ވާހަކައެވެ. މިފަދަ އެތައް ސަބަބުތަކެއް މެމްބަރުން ފާހަގަ ކުރިއިރު، ބަލަމުން ދިޔަ 6 މައްސަލައެއް ކުއްލިއަކަށް ތަހުޤީޤުގެ މެދުތެރެއިން ހުއްޓާލިކަންވެސް ކޮމިޓީން ވަނީ ފާހަގަކޮށްފައެވެ.

ޖެންޑަރ މިނިސްޓްރީގެ ދަށުން ހިޔާތަކުގައި މަސައްކަތްކުރާ 8 މުވައްޒަފެއްގެ މައްޗަށް މަތީގައި ފާހަގަކޮށްފައިވާ "ބަރަހަނާ" ކުރުމުގެ ތުހުމަތު އުފުލިފައިވާއިރު، ޖެންޑަރ މިނިސްޓްރީއަށް ނިސްބަތްވާ އެއްވެސް މައްސަލައެއް މިހާތަނަށް ކޮމިޝަނަށް ނުނިންމި އޮތީ ކީއްވެތޯ މެމްބަރުން ވަނީ ސުވާލު އުފައްދާފައެވެ. އެގޮތުން އެޗްއާރްސީއެމްގެ ރައީސާއާއި ނައިބް ރައީސް މުހައްމަދު ޒާހިދަކީ ފާއިތުވި ސަރުކާރުގައި ޖެންޑަރ މިނިސްޓްރީގެ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނަށްވާއިރު، މިއީ އިއްތިފާޤެއްތޯ ކޮމިޓީގެ މެމްބަރުން ވަނީ ސުވާލު އުފައްދާފައެވެ.

ކޮމިޝަނުން ފާހަގަކުރި އަނެއް މައްސަލައަކީ ޤާނޫނާއި ޚިލާފަށް ބިދޭސީން ހައްޔަރުކޮށްފައި ބައިތިއްބާ ވާހަކައެވެ. އެގޮތުން ޤާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނު) ގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ވަކި ތަނެއްގައި ބަހައްޓައިގެން ގެންގުޅުމަށް އިމިގްރޭޝަން ކޮންޓްރޯލަރ އަށް ބާރު ލިބިފައިވާއިރު، އެކަން ކުރަން ޖެހެނީ އެ ޤާނޫނުގެ ދަށުން ހަދާ ޤަވާއިދެއްގެ ދަށުން ކަމަށް އިމިގްރޭޝަން ޤާނޫނުގައިވެސް ބަޔާންކޮށްފައިވެއެވެ. ނަމަވެސް ޤާނޫނު ވުޖޫދަށް އައި ފަހުން 12 އަހަރުވެފައިވާއިރު ނުވަތަ އެހެން އިބާރަތަކުން ބުނާނަމަ ޤާނޫނާއި ޤަވާއިދުތަކާ ޚިލާފަށް ބިދޭސީން ހައްޔަރުކޮށްފައި ބައިތިއްބަމުންދާތާ އަހަރުތަކެއް ވެފައިވާއިރު، އެޗްއާރްސީއެމްއޭ ކިޔާ މުއައްސަސާއެއް އޮތްތޯ މީހުން ދަނީ ސުވާލުކުރަމުންނެވެ. އެގޮތުން ކޮމިޓީގެ މުޤައްރިރު ޖީހާން މަހުމޫދު ވިދާޅުވި ގޮތުގައި ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނު އިންސާނީ ހައްޤުތަކާ ގުޅޭގޮތުން އެންމެ ފަހުން ދެއްކެވި ވާހަކައަކީވެސް ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގެ ކަންކަން ރަނގަޅުކޮށް، އިންސާނީ ހައްޤުތައް ކަށަވަރުކޮށްދިނުމުގެ ވާހަކައެވެ.

އިންސާނީ ހައްޤުތައް ނިގުޅައިގަނެވޭ މިފަދަ އެތައް "ޖަރީމާ" ތަކެއް ހިނގަމުންދިޔައިރު، އެޗްއާރްސީއެމްއަށް ޒިންމާ އަދާ ނުކުރެވޭ ކަމަށާއި، އެ ކޮމިޝަން މަސައްކަތް ކޮށްފައިވަނީ ވަކި ބައެއްގެ މަސްލަހަތު ހިމާޔަތް ކުރުމަށް ކަމަށް މީހުން ބުނަމުންދާއިރު، ކޮމިޝަނުގައި ތިބޭ ފަރާތްތައް އާއިލީ ގޮތުން ގުޅިފައި ތިބުމާއި، ފާއިތުވި ސަރުކާރުގެ ސިޔާސީ ބޭފުޅުންނާއި އާއިލީ ގޮތުން ގުޅިފައި ވުމަކީ "ކޮންފްލިކްޓް އޮފް އިންޓްރެސްޓް" އުފެދިދާނެ ކަމެއް ނޫންތޯ ކޮމިޓީގެ މެމްބަރުން ވަނީ ސުވާލު ކުރައްވާފައެވެ.

މެމްބަރުން ފާހަގަކުރި ކަންކަން:

އެހެންކަމުން، ކުރީ ސަރުކާރުގައި ހިނގާފައިވާ މިފަދަ ޖަރީމާތައް "އިންވެސްޓިގޭޓް" ކޮށް، ފިޔަވަޅު އެޅިފައި ނުވުމަކީ އިއްތިފާޤެއްތޯ ސުވާލު އުފެދެއެވެ. އެޗްއާރްސީއެމްގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނަކީ ފާއިތުވި ސަރުކާރުގެ ޖެންޑަރ މިނިސްޓްރީގެ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނަށްވެފައި، މިކަންކަން ބަލައި ފިޔަވަޅު އަޅަން ތިބީ އާއިލީ ގޮތުން އެހާ ގުޅިފައިވާ ބަޔަކަށްވާއިރު، ޖެންޑަރ މިނިސްޓްރީއަށް ރައްދުވާ މައްސަލަތައް ނުބެލި ދޫކޮށްލެވިފައިވުމަކީވެސް ހަމަ އިއްތިފާޤެއްބާއެވެ؟ ޤައުމުގައި ބޮޑެތި ޖަރީމާތައް ހިނގައި "ހިއުމަން ރައިޓްސް ކްރައިސިސް" އެއްގައި ޤައުމު އޮތް އިރު އެޗްއާރްސީއެމް އިން އޮތީ ނިދާފަބައެވެ؟ ނޫނީ އެޗްއާރްސީއެމް އިން އަސްލު ފޮރުވަން މި އުޅެނީ ކޮން ކަމެއްބާއެވެ؟

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އަހަންވީ ނިހާނަށް އެންމެ ރީތީ ކޮން ކުލައެއްތޯއެވެ؟

އަހަންވީ ނިހާނަށް އެންމެ ރީތީ ކޮން ކުލައެއްތޯއެވެ؟

25 މާރިޗު 2017
ޕީއެޗްޑީ ހާސިލްކޮށްފައިވާ މީހުން އެންމެ ގިނައީ ކޮން ގައުމެއްގައި

ޕީއެޗްޑީ ހާސިލްކޮށްފައިވާ މީހުން އެންމެ ގިނައީ ކޮން ގައުމެއްގައި

18 މާރިޗު 2017
މައުމޫނަށް ރައްކާތެރިކަން ހޯދައިދިނުމަށް ޤާނޫނުހެދި ވެރިން މިއަދު މި ކުރަނީ ކޮންކަމެއް!

މައުމޫނަށް ރައްކާތެރިކަން ހޯދައިދިނުމަށް ޤާނޫނުހެދި ވެރިން މިއަދު މި ކުރަނީ ކޮންކަމެއް!

11 މާރިޗު 2017
ފ. އަތޮޅުން ވިއްކާލަން އުޅެނީ ބައެއްތަ؟ ނުވަތަ މުޅި އަތޮޅުތަ؟

ފ. އަތޮޅުން ވިއްކާލަން އުޅެނީ ބައެއްތަ؟ ނުވަތަ މުޅި އަތޮޅުތަ؟

23 ފެބުރުއަރީ 2017
ފ. އަތޮޅަށް ހަދަން އުޅެނީ ކިހިނެއް، މުޅި އަތޮޅު ވިއްކާލަނީތަ؟

ފ. އަތޮޅަށް ހަދަން އުޅެނީ ކިހިނެއް، މުޅި އަތޮޅު ވިއްކާލަނީތަ؟

16 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 މާރިޗު
ޕޮޓޭޓޯ ޕޭން ކޭކް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕޮޓޭޓޯ ޕޭން ކޭކް

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް
20233 އަހަރު ކުރިން
ކުޅިވަރު

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!
20215 އަހަރު ކުރިން
ރާއްޖެ

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!
20197 އަހަރު ކުރިން
ރިޕޯޓު

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!
20188 އަހަރު ކުރިން
ރިޕޯޓު

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު