Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިނިމަމް ވޭޖް

މިނިމަމް ވޭޖް ޑިސެންބަރު މަހުގެ ނިޔަލަށް ކަނޑައަޅާނެ

20 އޯގަސްޓު 2019 | އަންގާރަ 13:30

އިތުރު މައުލޫމާތު ހޯދުމަށް "އެންޓަރޕްރައިޒް ސާރވޭ" އެއް ކުރުމުގެ މަސައްކަތް ދަނީ ކުރަމުން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 20 އޯގަސްޓު 2019 | އަންގާރަ 13:30
މިނިމަމް ވޭޖް އަވަސް ކޮށްދިނުމަށް އެދި ހއ. ދިއްދޫގައި ވަނީ އާދިއްތަ ދުވަހު އެއްވުމެއް ބާއްވާފަ

މިނިމަމް ވޭޖް އަވަސް ކޮށްދިނުމަށް އެދި ހއ. ދިއްދޫގައި ވަނީ އާދިއްތަ ދުވަހު އެއްވުމެއް ބާއްވާފަ

އެންމެ ކުޑަމިނުން ދެވޭ މުސާރައާއި އުޖޫރަ ކަނޑައަޅުމަށް ބޭނުންވާ މައުލޫމާތުތައް ޑިސެމްބަރުމަހު އިކޮނިމިކް މިނިސްޓަރަށް އަރުވާނެކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އިން ބުނެފިއެވެ.

އިކޮނިމޮކް މިނިސްޓްރީ އިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، މުސާރައާ އުޖޫރައާ ގުޅޭގޮތުން ލަފާދިނުމަށް އެކުލަވާލާފާވާ ބޯޑުން މިހާރު ކުރިއަށް ގެންދާ މަސައްކަތްތަކަކީ ސަރުކާރުގެ އެކި އެކި މުއައްސަސާތަކުންނާ އެހެނިހެން ފަރާތްތަކުން ލިބެންހުރި މައުލުމާތުތައް އެއްކުރުން ކަމުގައެވެ. އެގޮތުން، މި ބޯޑްގެ ފަރާތުން ސަރުކާރުގެ ވަރަށް ގިނަ ފަރާތްތަކަކާ ބައްދަލުކޮށްފައިވާ ކަމަށާއި ތަފާތު ސިނާއަތްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޖަމާއަތްތަކުގެ މަންދޫބުންނާ ވަޒީފާ ދޭ ފަރާތްތަކާ އެކު ވަކިވަކި ބައްދަލުވުންތައް ވެސް ބާއްވާފައިވާނެކަމަށް އެ ބަޔާނުގައިވެއެވެ.

Advertisement - newsAdvertisement

މިނިސްޓްރީއިން އިތުރަށް ބުނެފައިވަނީ މިހާރު އެއްކުރެވިފައިހުރި މައުލޫމާތުގެ އިތުރުން ހޯދަން ބޭނުންވާ މައުލޫމާތުތައް ހޯދުމަށްޓަކައި "އެންޓަރޕްރައިޒް ސާރވޭ" އެއް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައެވެ. އަދި ބޯޑްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި އެކުލަވާލާފާވާ ރޯޑް މެޕާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ދާކަމަށް ވެސް މިނިސްޓްރީއިން ބުންޏެވެ.

މި މަސައްކަތްތައް ކުރުމަށް އިންޓަރނޭޝަނަލް ލޭބަރ އޮގަނައިޒޭޝަން (އައިއެލްއޯ) ގެ ލަފައާ އެހީ ބޯޑަށް ލިބޭކަމަށާއި ފާއިތުވި ޖުލައި މަހުގެ އަށަކުން ދިހަ އަކަށް އައިއެލްއޯގެ ވަފުދެއް ރާއްޖެ އައިސް ތިން ދުވަހުގެ މަސައްކަތު ބައްދަލުވުންތަކެއް ބާއްވާފައިވާކަމަށް ވެސް ބަޔާނުގައިވެއެވެ. މިނިމަމް ވޭޖް ކަނޑައެޅުމަށް އައިއެލްއޯގެ އެހީތެރިކަން އިތުރަށް ހޯދުމުގެ ގޮތުން އެ ޖަމިއްޔާގެ ފަރާތުން ލީޑް ކޮންސަލްޓެންޓެއްގެ ލަފާވެސް މި ބޯޑަށް ލިބޭނެގޮތް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭ ހަލަތާ ގުޅޭގޮތުން ފަންނީ ލަފާދީ، މިނިމަމް ވޭޖް ކަނޑައެޅުމުގެ ދިރާސާތަކުގައި އެހީތެރިވެ ދިނުމަށް އެކި އެކި ސިނާއަތްތައް ތަމްސީލުކުރާ ޓެކްނިކަލް ކޮމިޓީއެއް އެކުލަވާލައިފާ ވާކަމަށް ވެސް މިނިސްޓްރީއިން ބުންޏެވެ.

މިނިމަމް ވޭޖް ކަނޑައެޅުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދެއްގެ އިތުރުން ސަރުކާރު ހިންގާ މައި ޕާޓީ މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ އެޖެންޑާ 19 ގެ ވައުދު ތަކުގެ ތެރެއިން ވައުދެކެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

27 މެއި 2017

ރޯދަމަހުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ރައީސް އިލްތިމާސް ކުރައްވައިފި

27 މެއި 2017
ރޯދަމަހުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ރައީސް އިލްތިމާސް ކުރައްވައިފި
19 މެއި 2017

އައްޑޫގައި ގެއްލުންވި އާއިލާތަކަށް ރަމްޟާން މަހުގެ ކުރިން އާންމު ހާލަތަށް އާދެވޭނެ: ޑިފެންސް މިނިސްޓަރު

19 މެއި 2017
އައްޑޫގައި ގެއްލުންވި އާއިލާތަކަށް ރަމްޟާން މަހުގެ ކުރިން އާންމު ހާލަތަށް އާދެވޭނެ: ޑިފެންސް މިނިސްޓަރު
15 މެއި 2017

އައު ކައުންސިލަރުން ހުވާ ކުރުމަށް އަންނަ ޖޫން މަހުގެ 3 ވަނަ ދުވަސް ކަނޑައަޅައިފި

15 މެއި 2017
އައު ކައުންސިލަރުން ހުވާ ކުރުމަށް އަންނަ ޖޫން މަހުގެ 3 ވަނަ ދުވަސް ކަނޑައަޅައިފި
14 މެއި 2017

ހަ މަހުގެ ހުކުމް ތަންފީޒްކޮށް ނިމުނުތާ ހަތަރު މަސް ފަހުން މަޚުލޫފްގެ އިސްތިއުނާފް މާދަމާ ފަށަނީ!

14 މެއި 2017
ހަ މަހުގެ ހުކުމް ތަންފީޒްކޮށް ނިމުނުތާ ހަތަރު މަސް ފަހުން މަޚުލޫފްގެ އިސްތިއުނާފް މާދަމާ ފަށަނީ!
09 މެއި 2017

ކައުންސިލަރުން ހުވާކުރުން ޖޫން މަހުގެ 3 ގައި

09 މެއި 2017
ކައުންސިލަރުން ހުވާކުރުން ޖޫން މަހުގެ 3 ގައި
04 މެއި 2017

މަޚުލޫފަށް އިއްވި ހަ މަހުގެ ހުކުމް ތަންފީޒްކޮށް ނިމުނުތާ ހަތަރު މަސް ފަހުން އިސްތިއުނާފް ފަށަނީ!

04 މެއި 2017
މަޚުލޫފަށް އިއްވި ހަ މަހުގެ ހުކުމް ތަންފީޒްކޮށް ނިމުނުތާ ހަތަރު މަސް ފަހުން އިސްތިއުނާފް ފަށަނީ!
24 މާރިޗު 2017

މިމަހުގެ 27 ވަނަ ދުވަހު ރައްޔިތުން މާލެ އަރަންޖެހޭ: ޝިފާޒް

24 މާރިޗު 2017
މިމަހުގެ 27 ވަނަ ދުވަހު ރައްޔިތުން މާލެ އަރަންޖެހޭ: ޝިފާޒް
12 މާރިޗު 2017

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިމަހުގެ 27 އަށް ތާވަލްކޮށްފި

12 މާރިޗު 2017
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިމަހުގެ 27 އަށް ތާވަލްކޮށްފި
09 މާރިޗު 2017

ވިސާމަށް ހުކުމް އިއްވުން މިމަހުގެ 28 އަށް ފަސްކޮށްފި!

09 މާރިޗު 2017
ވިސާމަށް ހުކުމް އިއްވުން މިމަހުގެ 28 އަށް ފަސްކޮށްފި!
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް