Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހޮންގްކޮންގް

މުޒާހަރާތަކާއި ގުޅިގެން ހޮންގްކޮންގް އެއަރޕޯޓްގެ ގިނަ ފްލައިޓްތަކެއް ކެންސަލްކޮށްފި

މުޒާހަރާތައް ފެށުނީ މަޖިލީހަށް މިދިޔަ އޭޕްރިލް މަހު ހުށަހެޅި ބިލަކާ ގުޅިގެން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 12 އޯގަސްޓު 2019 | ހޯމަ 12:26
ހޮންގްކޮންގްގެ އެއަރޕޯޓުގައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން

ހޮންގްކޮންގްގެ އެއަރޕޯޓުގައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން

މުޒާހަރާތަކާއި ގުޅިގެން ހޮންގްކޮންގް އެއަރޕޯޓްގެ ގިނަ ފްލައިޓްތަކެއް ކެންސަލްކޮށްފިއެވެ.

ހޮންކޮންގް އެއާޕޯޓު އޮތޯރިޓީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ފްލައިޓުތައް ކެންސަލް ކުރަން ޖެހުނީ މުޒާހަރާގެ ބައިވެރިން އެ އެއަރޕޯޓުގެ ޓާމިނަލަށް ވަނުމުން ކަމަށާއި އޭގެ ސަބަބުން އެއަރޕޯޓުން ފުރަން އޮތް 100އަށް ވުރެ ގިނަ ފްލައިޓް ކެންސަލް ކުރަން ޖެހުނު ކަމަށެވެ.

ހޮންކޮންގްގެ ސީނިއަރ ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ކޮންގް ވިންޗަންގް ވިދާޅުވި ގޮތުގައި އެ އެއަރޕޯޓުގެ ޓާރމިނަލަށް 5،000 އަށް ވުރެ ގިނަ މީހުން ވަނީ އެއްވެފައެވެ. ނަމަވެސް އެ މުޒާހަރާ ރޫޅާލަން އުޅޭ ކަމަށް ބުނެފައެއް ނުވެއެވެ.

ހޮންކޮންގްގައި ބޮޑެތި މުޒާހަރާތައް ކުރަން ފެށުނީ ސަރުކާރުން ގާނޫނު ހަދާ މަޖިލީހަށް މިދިޔަ އޭޕްރިލް މަހު ހުށަހެޅި ބިލަކާ ގުޅިގެންނެވެ. އެ ބިލް ފާސް ކުރި ނަމަ، ހޮންކޮންގްގައި ތިބި ކުށްވެރިންގެ ޝަރީއަތް ކުރިއަށް ގެންދިޔުމަށް އެމީހުން ޗައިނާއާ ހަވާލު ކުރެވިގެންދާނެއެވެ.

މުޒާހަރާތަކާ ގުޅިގެން ހޮންކޮންގްގެ ސަރުކާރުން ބިލް ފާސްނުކޮށް މަޑު ޖައްސާލާފައި ވީނަމަވެސް އާންމުންދަނީ ގާނޫނު ހަދާ މަޖިލީހުން ބިލް ބޭރު ކުރުމަށް ގޮވާލަމުންނެވެ.

ހޮންކޮންގް މުޒާހަރާތަކާ ގުޅިގެން އެ ސިޓީއަށް ދަތުރުކުރުމުގައި ސަމާލުވުމަށް ބުނެ 22 ގައުމަކުން ވަނީ އިންޒާރު ނެރެފައެވެ. އަދި މުޒާހަރާތަށް ކުރިއަށްދާ މި ދަނޑިވަޅުގައި ހޮންކޮންގަށް ފަތުރުވެރިން ދިޔަ މިންވަރު ވަނީ ދަށްވެފައެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު

11 ފެބުރުއަރީ 2017
ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު
11 ފެބުރުއަރީ 2017

ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން

11 ފެބުރުއަރީ 2017
ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން
06 ފެބުރުއަރީ 2017

ޕާކިސްތާނާއި އަފްޣާނިސްތާނުގައި ހިނގި ސްނޯ ފޭބުމުގެ ހާދިސާތަކުގައި 100 އަށް ވުރެ ގިނަ މަރު

06 ފެބުރުއަރީ 2017
ޕާކިސްތާނާއި އަފްޣާނިސްތާނުގައި ހިނގި ސްނޯ ފޭބުމުގެ ހާދިސާތަކުގައި 100 އަށް ވުރެ ގިނަ މަރު
04 ފެބުރުއަރީ 2017

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި
31 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް ދައުވާއެއް އުފުލައިފި

31 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް  ދައުވާއެއް އުފުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު