Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްއާރުއެމް

އެމްއާރުއެމް އުފެއްދުމަށް މި ބަންދު ނިމުމުން ހުށައަޅަނީ

ދެ ވަނަ ފަހަރަށް ހުއްދައަށް އެދުނީ މެއި މަހުގެ 27 ގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 12 އޯގަސްޓު 2019 | ހޯމަ 10:27
އެމްއާރުއެމް އުފެއްދުމުގައި އިސްކޮށް އުޅުއްވާ އަލީމް(ވ) ކުރީގެ ރައީސް މައުމޫނާއި އެކު

އެމްއާރުއެމް އުފެއްދުމުގައި އިސްކޮށް އުޅުއްވާ އަލީމް(ވ) ކުރީގެ ރައީސް މައުމޫނާއި އެކު

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ރެޖިސްޓްރީކުރަން މި އީދު ބަންދު ނިމުމުން ހުށައަޅާނެ ކަމަށް އެޕާޓީ އުފެއްދުމަށް އިސްކޮށް އުޅުއްވާ އަބްދުލް އަލީމް ވިދާޅުވެއްޖެއެވެ.

އަލީމް ރާއްޖެއެމްވީއަށް ވިދާޅުވީ އެމްއާރުއެމް އުފެއްދުމަށް ބޭނުންވާ 3،000 ސައްހަ މެމްބަރުން މިހާރު ހަމަވެފައިވާ ކަމަށެވެ. އެޕާޓީ އުފެއްދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ދިން ތާރީޚު މިމަހުގެ 27 ގައި ހަމަވާނެއެވެ.

Advertisement - newsAdvertisement

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފައްދަވާ ޕާޓީ، އެމްއާރުއެމް އުފެއްދުމަށް ފުރަތަމަ ހުއްދައަށް އެދުނީ ހަޔަ އެޑިޔުކޭޝަން މިނިސްޓަރު ޑރ އިބްރާހީމް ހަސަން (ޗަބީ) ނަމުގައެވެ. އެއީ މިއަހަރުގެ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުއެވެ. ޕާޓީ އުފެއްދުމަށް އިލެކްޝަންސް ކަމިޝަނުން ދިން މުއްދަތު ހަމަވާން ކައިރި ވެފައިވަނިކޮށް ޑރ. އިބްރާހީމް ހަސަން ވަނީ ޕާޓީ އުފެއްދުމަށް އެދުނު ހުއްދަ ބާތިލްކުރުމަށް ހުށައެޅުމަށްފަހު އެޕާޓީ އުފެދުމަށް އަލުން ހުއްދައަށް އެދިވަޑައިގެންނެވީ މިނިސްޓަރ އޮފް އަރޓްސް ކަލްޗަރ އެންޑް ހެރިޓޭޖު ޔުމްނާ މައުމޫނެވެ.

އޭގެ ފަހުން އެމްއާރުއެމްގެ ނަމުގައި ޕާޓީގެ ރެޖިސްޓްރީކުރުމުގެ ދެ ވަނަ ފަހަރަށް ހުއްދައަށް މެއި މަހުގެ 27 ގައި އެދިލެއްވީ ޔުމްނާއެވެ.

ސިޔާސީ ޕާޓީތަކުގެ ގަވައިދު ބުނާ ގޮތުން އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ރެޖިސްޓްރީ ކުރާ ނަމަ ސައްހަ 3،000 މީހުންގެ ސޮޔާއެކު ފޯމް ހުށަހަޅަންޖެހެއެވެ. އަދި އެ އަދަދު ހަމަވުމުން ޕާޓީ އުފެއްދުމުގެ ޖަލްސާ ބާއްވާ ޕާޓީގެ އިސް މަގާމުތައް ކަނޑައަޅާ މެމްބަރުން އައްޔަންކުރުމުން ޕާޓީ ރަޖިސްޓްރީ ވެގެންދާނެ ކަމަށް ގަވައިދުގައި ބުނެފައި ވެއެވެ.

ރައީސް މައުމޫން އިސްވެ ހުންނަވާ އެމްއާރުއެމް އުފެއްދުމަށް މަސައްކަތް ކުރައްވާއިރު އެޕާޓީ ވެގެންދާނީ އެމަނުކުފާނު އިސްވެ ހުންނަވާ އުފައްދަވާ ތިންވަނަ ޕާޓީއަށެވެ. އެންމެ ފުރަތަމަ ޕާޓީއެއް އުފައްދަވާފައިވަނީ 2008 ވަނަ އަހަރު ޑީއާރުޕީއެވެ. ނަމަވެސް އެޕާޓީގެ ލީޑަރ އަހުމަދު ތަސްމީނާއި، ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކާއެކު ޕާޓީ ދޫކުރައްވާ 2011 ވަނަ އަހަރު ޕީޕީއެމް އުފެއްދެވިއެވެ.

ޕީޕީއެމްގެ ލީޑާޝިޕްގެ މައްސަލާގައި ސްޕްރީމް ކޯޓުން މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ސްޕްރީމް ކޯޓުން ވަނީ ޕީޕީއެމްގެ ލީޑަރ ޝިޕަކީ ސައްހަ ލީޑާޝިޕެއް ކަމަށް ނިންމައި، އެ ޕާޓީ ރައީސްކަން ކުރީގެ ރައީސް ޔާމީން އަބްދުﷲ އާއި ހަވާލުކޮށްފައެވެ. އެއާއެކު އެޕާޓީން ވަކިވެވަޑައިގަތުމަށް ނިންމަވައި ރައީސް މައުމޫން ޕާޓީއަށް ފޮނުވި ސިޓީގައި ވިދާޅުވީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހުން ފެށިގެން ޕީޕީއެމް ހިންގަމުން ގެންގޮސްފައިވަނީ އަދި މިހާރުވެސް ހިންގަމުންދަނީ ޕީޕީއެމްގެ އަސާސީ ގަވާއިދާ ކަނޑައެޅިގެން ހިލާފަށް ކަމަށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި

ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި

19 ފެބުރުއަރީ 2017
ކައުންސިލް އިންތިހާބުގެ ބަޖެޓާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރެވޭނީ އިންތިހާބު ނިމުމުން: އީސީ

ކައުންސިލް އިންތިހާބުގެ ބަޖެޓާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރެވޭނީ އިންތިހާބު ނިމުމުން: އީސީ

19 ފެބުރުއަރީ 2017
ގޭ ބަންދުގައި ހުރި ޒައިދުލް އަމީންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި

ގޭ ބަންދުގައި ހުރި ޒައިދުލް އަމީންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި

12 ފެބުރުއަރީ 2017
ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު

ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު

10 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

09 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު