Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ބޯޓެއް އަޑިއަށް ދިއުން

ފްލައިޓް އަޑިއަށް ދިޔަ ހާދިސާ: ފަތާފައި ގޮސް ފުރަތަމަ އެހީވި ޒުވާނާގެ ދުލުން

ހާދިސާ ހިނގި ވަގުތު އޭނާ ހުރީ ރިސޯޓުގެ ސްނޯކްލިންގ އޭރިއާގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 10 އޯގަސްޓު 2019 | ހޮނިހިރު 08:04
އަޑިއަށް ދިޔަ ފްލައިޓް: މިހާރު އޮތީ ކަނޑުގެ 8.6 މީޓަރު އަޑީގައި ކަމަށް އެމްއެންޑީއެފްއިން ބުނޭ

އަޑިއަށް ދިޔަ ފްލައިޓް: މިހާރު އޮތީ ކަނޑުގެ 8.6 މީޓަރު އަޑީގައި ކަމަށް އެމްއެންޑީއެފްއިން ބުނޭ

ހުކުރު ދުވަހު ހަވީރު އައްޑޫ އަތޮޅު ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ ކައިރިއަށް ބޯޓެއް ކްރެޝް-ލޭންޑް ކުރި ހާދިސާއަށް ދިވެހިންގެ ބޮޑު ސަމާލުކަމެއް ލިބިފައިވާއިރު، އެ ހާދިސާގެ މަންޒަރު އެންމެ ފުރަތަމަ ފެނި އެހީތެރިކަން ފޯރުކޮށްދީފައިވަނީ ޝަންގްރިއްލާ ރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފަކަށެވެ. އޭނާގެ ވާހަކަ މީސްމީޑިއާގައި ވައިރަލްވެ ކޮންމެ މީހަކުވެސް އެއީ ކޮން "ހީރޯ" އެއްތޯ އަހަމުންދާއިރު، ނަން ހާމަ ނުކުރުމަށް އެދި އޭނާ ވަނީ އެ ހާދިސާގެ މަންޒަރު "ރާއްޖެއެމްވީ"އަށް ކިޔާދީފައެވެ.

އުމުރުން 26 އަހަރުގެ ޒުވާނާ ބުނި ގޮތުގައި އެ ހާދިސާ ހިނގި ވަގުތު އޭނާ ހުރީ ރިސޯޓުގެ ސްނޯކްލިންގ އޭރިއާ މޮނިޓަރ ކުރުމަށެވެ. އެގޮތުން 2 ފަތުރުވެރިއަކު ސްނޯރކްލިންގ ކުރަމުން ދިޔައިރު، އޭނާ އެ ސަރަހައްދު މޮނިޓަރ ކުރުމުގެ މަސައްކަތް ކުރަނިކޮށް، އިންޖީނުގެ އަޑު އިވުނު ކަމަށް އޭނާ ބުންޏެވެ.

އެވަގުތު ރިސޯޓުގެ ވިލާ 108 އާ ދިމާލުން ސެސްނާ ސިންގަލް އިންޖީން އެއާކްރާފްޓެއް މޫދާއި 20 ފޫޓް މަތިން ތިރި ކުރަނިކޮށް ފެނުނު ކަމަށް އޭނާ ބުންޏެވެ. އެގޮތުން ކުރިން އޭވިއޭޝަން ކުންފުންޏެއްގައި 6 އަހަރު އުޅެ، ކުރިންވެސް އެފަދަ މަންޒަރެއް ފެނިފައިވާތީ، ވަގުތުން ފިޔަވަޅު އެޅުމަށް އޭނާ ތައްޔާރުވިއެވެ.

އޭނާ ފުރަތަމަ ވެސް ވޯކީޓޯކީ އިން ރިސޯޓުގެ ކޮންޓްރޯލް ރޫމަށް އެކަން އެންގިއެވެ. އަދި ދެވަނަ ވިސްނުމެއް ނެތި ވަގުތުން މޫދަށް ފުންމާލައި، އެ ދިމާލަށް ފަތަން ފެށިއެވެ. އެގޮތުން ބޯޓު ކްރެޝް-ލޭންޑް ކުރި އިރުވެސް އޭނާ ދިޔައީ އެދިމާލަށް ފަތަމުން ކަމަށާއި، ވަކި ހިސާބަކަށް ދެވުނު އިރު ބޯޓުން ދެ މީހަކު ނުކުމެ (ބޯޓު ދުއްވި އަންހެން ޕައިލެޓް ދަރިވަރާއި އޭނާގެ އިންސްޓްރަކްޓަރ) ހަނާ އަޅަމުން ދިޔަ މަންޒަރު ފެނުނު ކަމަށް އޭނާ ބުންޏެވެ. އެވަގުތު ބޯޓު އަޑިއަށްދާން ފަށާފައިވާތީ އެ ދެމީހުން ގާތުގައި ބޯޓާ ވީހާ ވެސް ދުރުވުމަށް ބުނި ކަމަށާއި، އެ ހިސާބަށް ދެވުނު އިރު ބޯޓު އެއްކޮށް ފެނުގެ އަޑިއަށް ގޮސްފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެ ހިސާބުން އެ މީހުންނަށް އެހީތެރިވެދިނީ "ސިލްވަރ ސޭންޑް" ކުންފުނީގެ ޑައިވިންގ ދޯންޏަކުންނެވެ. އެގޮތުން ވާގަނޑެއްގެ ބޭނުންކޮށްގެން ބޯޓުން ދަތުރު ކުރި ދެ މީހުންވެސް ދޯންޏަށް އެރުވިއިރު، ދެމީހުންނަށް ވެސް ބޮޑު އަނިޔާއެއް ލިބިފައިނުވާ ކަމަށާއި، ނަމަވެސް ފިރިހެން މީހާގެ ނޭފަތަށް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ވެފައިވާ ކަމަށް އޭނާ ބުންޏެވެ. އަދި ދޯނިން އޭނާ އަށް ވަގުތުން ފަސްޓް އެއިޑް ދީފައިވާއިރު، ބޯޓު ކްރެޝްވީ ކީއްވެތޯ އޭނާ ކައިރީ ސުވާލުކޮށްލުމުން އިންޖީން ފެއިލްވީ ކަމަށާއި، ގަދަ ވައިގެ ސަބަބުން އެއާޕޯރޓާއި ހިސާބަށް ނުދެވުނު ކަމަށް އޭނާ އާއި ހަވާލާދީ މި ހާދިސާގެ މައުލޫމާތު ކިޔާ ދިން ފަރާތުން ބުންޏެވެ.

އެ ހިސާބުން ސިލްވަރ ސޭންޑްގެ އެހެން ދޯންޏެއް އެ ސަރަހައްދަށް އައިސް އެހީތެރިވެދިން ކަމަށާއި، އެ ހިސާބު މޫދަށް ތެޔޮ އެޅިފައިވާތީ ސްނޯރކްލިންގއަށް ނުދިއުމަށް ވޯކީޓޯކީ އިން ވަގުތުން އަންގާފައިވާނެ ކަމަށްވެސް އޭނާ ބުންޏެވެ.

ހުކުރު ދުވަހުގެ ހަވީރު ހިނގި މި ހާދިސާއާ ގުޅިގެން ބޯޓު އަޑިއަށްދިޔަ ސަރަހައްދުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ޑައިވަރުން ދަނީ ހަރަކަތްތެރިވަމުންނެވެ. އެ އެއާ ކްރާފްޓު އޮތީ ކަނޑުގެ 8.6 މީޓަރު އަޑީގައި ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

މިހާދިސާގެ ހާލަތަށް ރިއާޔަތްކޮށް އަވަސް އެހީތެރިކަމެއް ފޯރުކޮށްދިން ކަމަށްޓަކައި އޭނާއަށް މީސްމީޑިއާގައި ދަނީ ތައުރީފު އޮހެމުންނެވެ. އެގޮތުން ޝަންގްރިއްލާ ރިސޯޓުގެ ފަރާތުން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެމުން ބުނީ، ރިސޯޓުގެ މުވައްޒަފު ދެއްކި ހިތްވަރަށާއި، ދިން އެހީތެރިކަމަށް ޝުކުރު އަދާކުރާ ކަމަށެވެ.

ކޮންމެއަކަސް ޖެހިލުންވުމެއް އަދި ދެވަނަ ވިސްނުމެއް ނެތި، އެފަދަ ހައްސާސް ދަނޑިވަޅެއްގައި ވެވުނު މިންވަރަކަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދީފައިވާތީ އޭނާ ވެފައި މިވަނީ ހަޤީޤަތުގައިވެސް މި ހާދިސާގެ "ހީރޯ" އަކަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ އަސްކަރީ މަނަވަރު އެކްސިޑެންްޓް ވި ހާދިސާއަށް ފަހު ގިނަ ކަންކަން ދަނީ ނިއުޅެމުން!

އެމެރިކާގެ އަސްކަރީ މަނަވަރު އެކްސިޑެންްޓް ވި ހާދިސާއަށް ފަހު ގިނަ ކަންކަން ދަނީ ނިއުޅެމުން!

23 އޯގަސްޓު 2017
"އާތިފް ވަކިވެދިޔަޔަސް އެ ހަނދާންތަކެއް ވަކިވެގެން ނުދާނެ!"

"އާތިފް ވަކިވެދިޔަޔަސް އެ ހަނދާންތަކެއް ވަކިވެގެން ނުދާނެ!"

20 އޯގަސްޓު 2017
ނިޔާވުމުން މޫނު ދެކިލަން ވެސް ނުދިޔަ، އެއީ އިންސާނުންތަ؟

ނިޔާވުމުން މޫނު ދެކިލަން ވެސް ނުދިޔަ، އެއީ އިންސާނުންތަ؟

07 އޯގަސްޓު 2017
ޔާމީން މަރާލިތާ 100 ދުވަސްވީއިރު މިދިޔަ ހަތް ދުވަސް ތެރޭ ދެ މަރު، ރައްޔިތުންނަށް އޮތީ ކޮން ރައްކާތެރިކަމެއް؟

ޔާމީން މަރާލިތާ 100 ދުވަސްވީއިރު މިދިޔަ ހަތް ދުވަސް ތެރޭ ދެ މަރު، ރައްޔިތުންނަށް އޮތީ ކޮން ރައްކާތެރިކަމެއް؟

01 އޯގަސްޓު 2017
ޓްރެފިކްގަ ނުޖެހެންވެގެން އޮފީހަށް ދަނީ ފަތާފައި

ޓްރެފިކްގަ ނުޖެހެންވެގެން އޮފީހަށް ދަނީ ފަތާފައި

29 ޖުލައި 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު