Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެމްޑީޕީ ޕީޖީ

ޕީޖީ ބިޝާމްގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައެއް ނެތް: އާޒިމް

ޕާލިމެންޓްރީ ގުރޫޕަށް މައްސަލަ ހުށަހެޅުއްވިކަމަށް ވިދާޅުވީ މެމްބަރު މޫސާ ސިރާޖް

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 9 އޯގަސްޓު 2019 | ހުކުރު 16:34
އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަލީ އާޒިމް

އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަލީ އާޒިމް

ޕްރޮސިކިއުޓަރ ޖެނެރަލް އާއިޝަތު ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕަށް ހުށަހަޅާފައި ނެތްކަމަށް ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

ޕީޖީ ބިޝާމްގެ އިތުބާރު ނެތްކަމަށް އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕަށް ހުށަހަޅާފައިވާކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް ވިދާޅުވެފައިވަނިކޮށް، ރާއްޖެ.އެމްވީއަށް މައުލޫމާތު ދެއްވަމުން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ އެފަދަ ހުށަހެޅުމަށް އެއްވެސް މެމްބަރަކު ހުށަހަޅާފައި ނުވާކަމަށެވެ.

Advertisement - newsAdvertisement

އަދި އިތުބާރު ނެތްކަމުގެ މައްސަލަތަކުގައި އަމަލުކުރާ އުސޫލެއް އޮންނަކަމަށާއި، އެފަދަ އެއްވެސް ގުނަވަނެއްގައި ޕީޖީ ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ނެތްކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ، އެމްޑީޕީގެ ޕީޖީ ބައްދަލުވުމެއްގައި އެކަމާއި ބެހޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. ރަސްމީ ސިފައެއްގައި އެފަދަ ލިޔުމެއް ހުށައަޅާފައި ނުވާކަމަށް ވިދާޅުވި އެވެ.

އެއްވެސް މީހަކު މަގާމުން ވަކިކުރަން ނުވަތަ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށައަޅަން ޕާޓީގެ ޕާލިމެންޓްރީގެ ގްރޫޕުގެ މެމްބަރަކު ބޭނުންވެއްްޖެ ނަމަ ލިޔުމުން ޕާޓީ އަށް ހުށައެޅޭނެ އެވެ. އެއަށް ފަހު އެކަމާއި މެދު ގޮތެއް ނިންމުމަށް ޕީޖީ ގުރޫޕްގެ ބައްދަލުވުމެއް ބާއްވާ އެކަމާއި މެދު މަޝްވަރާ ކުރެވޭނެ އެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރު ވިދާޅުވީ، ދެން އެންމެ އަވަހަށް އޮންނަ ޕީޖީ ގްރޫޕުގެ ބައްދަލުވުމުގައި އެކަމާއި ބެހޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

14 މާރިޗު 2017

ފާރިސް އޭސީސީއަށް ހާޒިރު ކުރަނީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުއްޓުވުމަށް: އެމްޑީޕީ

14 މާރިޗު 2017
ފާރިސް އޭސީސީއަށް ހާޒިރު ކުރަނީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުއްޓުވުމަށް: އެމްޑީޕީ
12 މާރިޗު 2017

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިމަހުގެ 27 އަށް ތާވަލްކޮށްފި

12 މާރިޗު 2017
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިމަހުގެ 27 އަށް ތާވަލްކޮށްފި
08 މާރިޗު 2017

މަސީހުގެ އިތުބާރުގެ ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

08 މާރިޗު 2017
މަސީހުގެ އިތުބާރުގެ ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި
07 މާރިޗު 2017

މަޖިލީހުގެ ރައީސް މަސީހު އިތުބާރު ނެތްކަމުގެ ވާހަކަތަކާ އެކު މަޖިލިސް މެދު ކެނޑިއްޖެ!

07 މާރިޗު 2017
މަޖިލީހުގެ ރައީސް މަސީހު އިތުބާރު ނެތްކަމުގެ ވާހަކަތަކާ އެކު މަޖިލިސް މެދު ކެނޑިއްޖެ!
04 މާރިޗު 2017

ފ. އަތޮޅު މައްސަލައިގާ ޔާމީނަށް އިތުބާރު ކުރެވޭކަށް ނެތް: ޝިފާޒް

04 މާރިޗު 2017
ފ. އަތޮޅު މައްސަލައިގާ ޔާމީނަށް އިތުބާރު ކުރެވޭކަށް ނެތް: ޝިފާޒް
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު