Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަހުމަދު އަދީބު

ޝަރީއަތް ނިމެންދެން އަދީބު ޖަލު ބަންދުގައި ބަހައްޓަން ސުޕްރީމް ކޯޓުން އަމުރުކޮށްފި

8 އޯގަސްޓު 2019 | ބުރާސްފަތި 12:37

ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށް އިންޑިއާ އަށް ފިއްލަވާ ވަޑައިގެންނެވި

އަލީ ސަމާޚް
އަލީ ސަމާޚް | 8 އޯގަސްޓު 2019 | ބުރާސްފަތި 12:37
ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބްގެ މައްޗަށްކުރާ ދައުވާގެ ޝަރީއަތް ނިމެންދެން ޖަލު ބަންދުގައި ބަހައްޓަން ސުޕްރީމް ކޯޓުން އަމުރުކޮށްފި އެެވެ.

އަދީބާއި ގުޅޭގޮތުން މިވަގުތު ސުޕްރީމް ކޯޓުން ބަލަމުންގެންދާ މައްސަލައަކީ ޅ. މާބިންހުރާ ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލަ އެވެ. އެ މައްސަލަ އަދީބުގެ މައްޗަށް ސާބިތުނުވާކަމަށް ހުކުމްކުރުމާއި ގުޅިގެން ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރި އެވެ.

Advertisement - newsAdvertisement

ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ އަދީބު ކުރިން އަމަލުކުރި ގޮތުގެ މައްޗަށާއި މައްސަލައިގެ ބާވަތަށް ބެލުމަށް ފަހު، އެ މައްސަލަ އެ ކޯޓުން ނިމެންދެން ނުވަތަ އެހެން ގޮތަކަށް ކަނޑައަޅަންދެން ރިމާންޑް ޖަލެއްގައި އަދީބު ބަހައްޓަން އަމުރުކުރާ ކަމަށެވެ.

ސުޕްރީމް ކޯޓުން ޝަރީއަތް ނިމެންދެން އަދީބު ބަންދުގައި ބެހެއްޓުމަށް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް އަމުރު ކުރިއިރު ކްރިމިނަލް ކޯޓުން ވެސް ވަނީ އޭނާ 15 ދުވަސް ބަންދުގައި ބަހައްޓަން އަމުރު ކޮށްފައެވެ. އެއަމުރު ކްރިމިނަލް ކޯޓުން ކޮށްފައިވަނީ ހޯމަ ދުވަހު އެވެ. ނަމަވެސް ބުރާސްފަތި ދުވަހުގެ ހަވީރުގެ ވަގުތެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ނެރުނު އަމުރާއެކު ކްރިމިނަލް ކޯޓުގެ އަމުރަށް އަމަލުކުރަން ނުޖެހޭނެ ކަމަށެވެ.

ސުޕްރީމް ކޯޓުން އަދީބު ބަންދުގައި ބެހެއްޓުމުގެ އަމުރު ނެރުމުގެކުރިން ބުރާސްފަތި ދުވަހު އޮތް ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ އަމުރުގައި ވަނީ 15 ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި އަދީބް ބެހެއްޓުމަށް ކަމަށާއި ނަމަވެސް ޝަރީއަތް ނިމެންދެން އަދީބު ރިމާންޑް ޖަލެއްގައި ބެހެއްޓުމަށް އެދޭކަމަށެވެ. އެގޮތަށް ދައުލަތުން އެދެނީ ޝަރީއަތް ނިމެންދެން ޝަރީއަތުގެ ކުރިން ތިބެންޖެހޭނީ ރިމާންޑް ޖަލެއްގައި ކަމަށްވާތީ ކަމަށް ދައުލަތުން ބުންޏެވެ.

އަދީބުގެ ވަކީލު މުހައްމަދު އިސްމާއިލް ވިދާޅުވީ ކްރިމިނަލް ކޯޓުން އަދީބު ބަންދުކުރުމުގައި ބެހެއްޓުމުގެ އަމުރެއް ނެރިފައިވަނިކޮށް ސުޕްރީމް ކޯޓުން އަލުން ބަންދުގެ އަމުރެއް ނެރުމަކީ އޭނާއަށް ލިބިދޭ އިސްތިއުނާފުގެ މަރުހަލާއިން މަހުރޫމް ވާނެ ކަމެއް ކަމަށެވެ. އަދި ކަސްޓޯޑިއަލް ޖަލާއި ރިމާންޑް ޖަލެއްގައި އެއްވަގުތެއްގައި އެކަކަށް ހުރެވޭނީ ކިހިނެތްތޯ އޭނާ ދައުލަތާއި ސުވާލު ކުރެއްވިއެވެ.

އަދީބުގެ ވަކީލު ވަނީ އޭނާގެ ސިއްހީ ހާލަތު ގޯސްވުމުން ރާއްޖެއިން ބޭރަށް ފޮނުވާދިނުމަށާއި ގޭ ބަންދަށް ބަދަލުކުރުމަށް ހައިކޯޓުން ކުރި އަމުރަށް ސުޕްރީމް ކޯޓުން ތާއިދުކޮށްފައިވާކަން ފާހަގަކުރައްވާފަ އެވެ. އެހެންކަމުން އެއަމުރާއި އެއްގޮތަށް އަދީބު ގޭބަންދަށް ބަދަލު ކުރުމަށް އެދިލައްވާފައެވެ.

ދައުލަތުގެ ފަރާތުން ބުނީ އަދީބުގެ ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށް އޭނާ ރާއްޖެއިން ފިލުމުން އޭނާގެ ނިޔަތަކީ ފިލުންކަމަށް އެނގޭ ކަމަށެވެ. ހައިކޯޓުގެ ނިންމުމަށް ސުޕްރީމް ކޯޓުން ތާއީދު ކުރި ނަމަވެސް އެ ހުކުމަކީ އެހެން ކަމެއްގައި ކޮށްފައިވާ ހުކުމެއްކަން ދައުލަތުން ފާޙަގަކުރި އެވެ. އަދި ސުޕްރީމް ކޯޓުގެ އެނިންމުމަށް މި މައްސަލައަށް އަސަރު ނުކުރާ ކަމަށް ބުނެފައިވެއެވެ. ކަރެކްޝަނަލް ސަރވިސް އިން މީގެ ކުރިން ވެސް އަދީބު ބޭސްފަރުވާއަށް ގެންގޮސްފައިވާ ކަމަށާއި އަދި މިހާލަތުގައި ވެސް އަދީބަށް އޭގެ ދަށުން ބޭސްފަރުވާ ކުރެވޭނެ ކަމަށް ދައުލަތުން ފާހަގަ ކޮށްފައިވެއެވެ.

މި މައްސަލަ ބެއްލެވީ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި

30 ޖެނުއަރީ 2017
އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
28 ޖެނުއަރީ 2017

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
25 ޖެނުއަރީ 2017

އައްސޭރި ޖަލުގެ ޕެރިމީޓަރ ސާފުކޮށްފި

25 ޖެނުއަރީ 2017
އައްސޭރި ޖަލުގެ ޕެރިމީޓަރ ސާފުކޮށްފި
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް