Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

ޖަލުގައި އޮވެ އޮވެ ނަފްސާނީ ބައްޔަކަށްވެ ސިކުނޑީގެ މައްސަލަ ދިމާވެއްޖެ: އަދީބު

8 އޯގަސްޓު 2019 | ބުރާސްފަތި 08:45

ހަތަރު އަހަރު ތެރޭގައި އެތަކެއް އަނިޔާއެއް ލިބިވަޑައިގެންނެވި ކަމަށް ވިދާޅުވި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 8 އޯގަސްޓު 2019 | ބުރާސްފަތި 08:45
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

ޖަލުގައި ހޭދަކުރެއްވި ހަތަރު އަހަރު ތެރޭގައި އެތަކެއް އަނިޔާއެއް ލިބިވަޑައިގެންނެވި ކަމަށާއި އެކަހެރިކޮށް ބޭއްވުމުގެ ސަބަބުން ނަފްސާނީ ބައްޔަކަށްވެ ސިކުނޑީގެ މައްސަަލަ ދިމާވެފައިވާ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

ޝަރީއަތް ނިމެންދެން ބަންދުގެ އަމުރެއް ނެރެދިނުމަށް ދައުލަތުން ސުޕްރީމް ކޯޓުގައި އެދުމުން އެކޯޓުގައި ބުރާސްފަތި ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އަދީބު ވިދާޅުވީ އޭނާއަށް ޖަލުގައި އެކަހެރިކޮށް ލިބި ވަޑައިގެންނެވި އަނިޔާ ނަފްސާނީ ބައްޔަކަށް ވެފައިވާ ކަމަށެވެ. ނިދަން އުޅުއްވާ ވަގުތު ނޭވާލެއްވުމަށް އުނދަގޫފުޅު ވެފައިވާކަމަށާއި ނޭވާލުމަށް މެޝިން ބޭނުން ކުރައްވާ ކަމަށް ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ނިދި ކުރައްވަން އުނދަގޫފުޅުވުމާއި ނޭވާލައްވަން އުނދަގޫފުޅު ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އަދީބު ވިދާޅުވީ މި ސަރުކާރު އައީ ކޮންމެ ރައްޔިތަކާއި ދޭތެރޭ ވެސް އެއްގޮތަކަށް ކަންތައްތައް ކުރާނެ ކަމަށް ވައުދާއި އެކީގައި ކަމަށެވެ. ނަމަވެސް އެމަނިކުފާނު ބަންދުގެ މުއްދަތު ޖެހުމަށް ފަހު އެކަހެރިކޮށް މީހަކަށް ނުފެންނަ ގޮތަށް ބަންދުގައި ބަހައްޓާފައިވާ ކަމަށް ވިދާޅުވިއެވެ. އަދީބު ވިދާޅުވީ އެމަނިކުފާނު ބަހައްޓާފައި ހުންނަ ގޮޅި އަކީ ހޫނު ގަދަ ގޮޅިއެއް ކަމަށެވެ.

ޝަރީއަތުގައި އަދީބު ވިދާޅުވީ އެމަނިކުފާނަށް މި ސަރުކާރުން ރާއްޖެއިން ބޭރަށް ގެންގޮސް ފަރުވާ ދިން ނަމަވެސް އެފަހަރު ޑޮކްޓަރަށް ދެއްކީ ލޯފުޅު އެކަނި ކަމަށެވެ. އަދި ނަފްސާނީ ބައްޔަށް ބޭސް ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ކަރެކްޝަންސްގެ ތިން އޮފިޝަލުންނާއި ފުލުހުންގެ ތިން އޮފިޝަލުންގެ ބެލުމުގެ ދަށުން އަދީބު ބޭސްފަރުވާއަށް ވަޑައިގެންފައިވަނީ ޖޫން މަހުގެ 14 ގައެވެ. އޭރު އޭނާއަށް ދީފައިވަނީ 10 ދުވަހުގެ މުއްދަތެކެވެ. ނަމަވެސް އަދީބުގެ ބޭސްފަރުވާގެ މުއްދަތު އިތުރު ކޮށްދިނީ ފުރަތަމަ ދެވުނު މުއްދަތުގެ ތެރޭގައި އަދީބުގެ ބޭސްފަރުވާގެ ކަންކަން ފުރިހަމަވެފައި ނުވާތީ އެވެ. ބޭސްފަރުވާއަށް ފަހު އަދީބު އެނބުރި ރާއްޖެ ވަޑައިގެންފައިވަނީ ޖުލައި މަހުގެ 6 ވަނަ ދުވަހުއެވެ.

އަދީބުގެ މައްޗަށް ކޮށްފައިވާ 33 އަހަރުގެ ޖަލު ހުކުމްތަކުން މިހާރު ވަނީ މިނިވަންވެވަޑައިގެންފައެވެ. އޭގެ ތެރެއިން ހަތަރު އަހަރު ޖަލުގައި ހުކުމް ތަންފީޒު ކުރެއްވިއެވެ.

ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް އަދީބު ފިއްލެވުމުން މިމަހުގެ 1 ވަނަ ދުވަހު އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން އޭނާ ވަނީ ރާއްޖެ ފޮނުވާލާފައެވެ. ދިވެހި ފުލުހުންގެ އެހީތެރިކަމާއެކު އަދީބު ހިފަހައްޓައިގެން ރާއްޖެ ގެނެސްފައިވަނީ އާދީއްތަ ދުވަހުއެވެ. ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އަދީބު މިހާރު ހުންނެވީ 15 ދުވަހުގެ ބަންދުގެ މުއްދަތެއްގައެވެ.

ޖަލުގައި ލިބިވަޑައިގެންނެވި އަނިޔާތަކުން އެކަން ނަފްސާނީ ބައްޔަކަށްވެ ސިކުނޑީގެ މައްސަަލަ ދިމާވެފައިވާ ކަމަށް އަދީބު ވިދާޅުވިއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ދެކޮޅަށް ދައުލަތުން ހުށަހެޅި ޝަފައީ ހެކީގެ ގޮތުގައި އެމަނިކުފާނު ހިމެނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

15 އެޕްރީލު 2017

މިއައީ ހަ ދުވަހުގެ ސްކޮލަޝިޕެއްގައި އޮވެފައި: ގާސިމް

15 އެޕްރީލު 2017
މިއައީ ހަ ދުވަހުގެ ސްކޮލަޝިޕެއްގައި އޮވެފައި: ގާސިމް
13 އެޕްރީލު 2017

މި ވެރިކަން އޮވެއްޖެނަމަ ޤައުމިއްޔަތާއި ދީން ގެއްލިގެން ދާނެ:އަފީފް

13 އެޕްރީލު 2017
މި ވެރިކަން އޮވެއްޖެނަމަ ޤައުމިއްޔަތާއި ދީން ގެއްލިގެން ދާނެ:އަފީފް
27 މާރިޗު 2017

މޫސަ ރިޔާސަތުގައި އިންނަވައިގެން ރަތަށް، މަހުލޫފް ޖަލުގައި އޮންނެވިިއިރު ރަތަށް، މިއީ ކިހިނެއްވާ ކަމެއް؟

27 މާރިޗު 2017
މޫސަ ރިޔާސަތުގައި އިންނަވައިގެން ރަތަށް، މަހުލޫފް ޖަލުގައި އޮންނެވިިއިރު ރަތަށް، މިއީ ކިހިނެއްވާ ކަމެއް؟
13 މާރިޗު 2017

ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް މިހާރަކު ނުކުރޭ، އެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: އެޗްއާރުސީއެމް

13 މާރިޗު 2017
ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް މިހާރަކު ނުކުރޭ، އެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: އެޗްއާރުސީއެމް
12 މާރިޗު 2017

ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލު، ކަރެކްޝަންސް އިން ދޮގުކުރޭ!

12 މާރިޗު 2017
ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލު، ކަރެކްޝަންސް އިން ދޮގުކުރޭ!
12 މާރިޗު 2017

މާފުށީ ޖަލުގައި ހަމަނުޖެހުން، ގައިދީން ބަނޑުހައި ހޫނުކަމުގައި

12 މާރިޗު 2017
މާފުށީ ޖަލުގައި ހަމަނުޖެހުން، ގައިދީން ބަނޑުހައި ހޫނުކަމުގައި
01 މާރިޗު 2017

ޖަލުގައި ބަންދުކުރިތާ 14 މަސް ފަހުން ޝުމްބާ ގޭބަންދަށް ބަދަލުކޮށްފި

01 މާރިޗު 2017
ޖަލުގައި ބަންދުކުރިތާ 14 މަސް ފަހުން ޝުމްބާ ގޭބަންދަށް ބަދަލުކޮށްފި
16 ފެބުރުއަރީ 2017

ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު

16 ފެބުރުއަރީ 2017
ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް