Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކްރިމިނަލް ކޯޓު

ޔާމީން ރަޝީދު މަރާލުމުގެ ދައުވާކުރާ ތިން މީހަކު އެސަރަހައްދުން ނައްޓާލީ ކުރިމަތިން ލާފައި: ސިއްރު ހެކިވެރިއެއް

7 އޯގަސްޓު 2019 | ބުދަ 13:08

ޔާމީންގެ ގެއިން ނުކުތީ ހައިޝަމާއި ޒިހާން ތިބީ މާސްކް އަޅައިގެން

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 7 އޯގަސްޓު 2019 | ބުދަ 13:08
ޔާމީން ރަޝީދު

ޔާމީން ރަޝީދު

އަނިޔާވެރި ރަހުމުކުޑަ ހަމަލާއެއްގައި މަރާލާފައިވާ ސޯޝަލް މީޑިއާ އެކުޓިވިސްޓު އަދި ބްލޮގަރ ޔާމީން ރަޝީދު މަރާލުމުގެ މައްސަލާގައި ދައުވާ ލިބޭ މީހުންގެ ތެރެއިން ތިން މީހަކު އެސަރަހައްދުން ނައްޓާލީ އޭނާގެ ކުރިމަތިން ލާފައި ކަމަށް ބުނެ މީހަކު ކްރިމިނަލް ކޯޓުގައި ސިއްރު ހެކިބަސް ދީފިއެވެ.

ޔާމީން މަރާލި މައްސަލައިގައި، ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލައިފައި ވަނީ މ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދާއި، މ. ތާއިފް އިސްމާއިލް ރަޝީދާއި، މ. ކުދެހިގެ ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނުގެ އިތުރުން މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއިލްގެ މައްޗަށެވެ.

Advertisement - newsAdvertisement

ކާކުކަން ނޭނގޭ ގޮތަށް އަދި އަޑު ބަދަލުކޮށްގެން ކްރިމިނަލް ކޯޓުގައި ބުދަ ދުވަހު ސިއްރުން ހެކިބަސް ދިން މީހާ ބުނީ ހާދިސާ ހިނގި ގަޑީ އޭނާއަށް ހުރެވުނީ އެތާ ކަމަށާއި އޭނާއަށް ހާދިސާއެއް ހިނގައިގެން އުޅޭ ކަން އެނގުނީ އާދަޔާ ޚިލާފު އަޑެއް އިވިގެން ކަމަށެވެ. އެއީ ގާތްގަނޑަކަށް އެރޭ ދަންވަރު 2:45 އާއި 3:00 އާއި ދޭތެރޭ ކަމަށާއި އެދެމީހުން އެގެއިން ނިކުރީ އާދަޔާ ޚިލާފު އަޑު ކެނޑުނު ފަހުން ކަމަށް ހެކިވެރިޔާ ބުންޏެވެ.

ޔާމީން މަރާލިކަމުގެ ދައުވާ އުފުލާފައިވާ ހަ މީހުން ވެސް ޝަރީއަތަށް ވަނީ ހާޒިރު ކޮށްފައެވެ. ސިއްރު ހެކިވެރިޔާއަށް އޭނާއަށް އެގޭ ކައިރިން ފެނުނު ތިން މީހުން ވަކި ކުރަން އެދުނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮންގެނެވެ. އަދި އެ ހަމީހުންގެ ތެރޭގައި އެއްވެސް މީހަކު އެތަނުން ފެނުނުތޯ ސުވާލު ކުރުމުން އޭނާ ބުނިގޮތުގައި އެ ގެއިން ނިކުމެގެން ދިޔައީ ދައުވާ ލިބޭ ހައިޝަމާއި ދައުވާ ލިބޭ ޒިހާނެވެ. އަދި މަގުމަތީގައި ސައިކަލެއްގައި މަޑުކޮށްލައިގެން އިނީ ދައުވާ ލިބޭ އިސްމާއިލް ރަޝީދު ކަމަށާއި ހައިޝަމް އެތަނުން ދިޔައީ އެ ސައިކަލުގެ ފަހަތަށް އަރައިގެން ކަމަށް ވެސް އޭނާ ބުންޏެވެ.

އޭގެތެރެއިން ނޫ ކުލައިގެ ގޮޅި ޖެހި ގަމީހެއް ލައިގެން މަޑު ނޫކުލައިގެ ޖިންސެއް ލައިގެން ހުރީ ޒިހާން ކަމަށާއި ނޫކުލައަށްދާ އަތް ދިގު ޓީޝާޓަކާއި ކެމޯފްލާޖް ތިރިން ލައިގެން ހުރީ ހައިޝަމް ކަމަށާއި އެގެއިން ނިކުމެގެން އޭނާ އެރީ އެގޭ ކަންމައްޗަށްވާ ގޮތަށް ސައިކަލް މަތީގައި މަޑުކޮށްލައިގެން އިން އިސްމާއިލް ރަޝީދުގެ ސައިކަލުގެ ފަހަތަށް ކަމަށެވެ.

ހެކިވެރިޔާ ބުނީ އޭނާ އެވަގުތު އެތާ ކައިރީގައި ހުރީ ރައްޓެއްސަކާ ބައްދަލުކޮށްލަން ކަމަށެވެ. އެސަރަހައްދުގައި އަލިކަމެއް ހުރިތޯ ދައުލަތުގެ ވަކީލު އެހުމުން ހެކިވެރިޔާ ބުނީ މީހުން ވަކި ކުރަން އެނގޭ ވަރަށް އަލިކަން ހުރި ކަމަށެވެ.

ހައިޝަމް ގެ ވަކީލު ހެކިވެރިޔާއާއި ސުވާލު ކުރީ ފޯނު ގެންގުޅުނުތޯއާއި އެވަގުތު ފުލުހުންނަށް އެހާދިސާ ކިޔައިދިންތޯ އެހުމުން ހެކިވެރިޔާ ބުނީ އޭނާ ފޯނު ގެންގުޅުނު ކަމަށާއި ނަމަވެސް އޭނާ ފުލުހުންނަށް ނުގުޅާ ކަމަށެވެ. އޭނާގެ ރިޕޯޓް ދިނުމަށް ފުލުހުންގެ އިދާރާއަށް ދިޔައީ ހާދިސާ ހިނގިފަހުން ގާތްގަނޑަކަށް ދެ ހަފްތާ ދުވަސް ފަހުން ކަމަށް ވިދާޅުވިއެވެ.

ހެކިވެރިޔާ ބުނާ ރައްޓެހި މީހާއާއި ބައްދަލުވިތޯ އާއި އޭނާ މީގެ ކުރިން އެއްވެސް މީޑިއާއަކަށް އިންޓަވިއު ދީފައިވާނެތޯ އެހުމުން ހެކިވެރިޔާ ބުނީ އޭނާ އާއި ރައްޓެހިމީހާއާއި ބައްދަލު ނުވާ ކަމަށާއި އަދި މީޑިއާއަކަށް ވެސް އިންޓަވިއު ދީފައި ނުވާނެކަމަށެވެ.

ޒިހާންގެ ވަކީލު ހެކިވެރިޔާ ކައިރިން އަހާފައިވަނީ ޔާމީން ރަޝީދު މަރާލާފައި އޮއްވާ ފެނުނު ގެއިން ނިކުތް ދެމީހުން ނިކުތީ އެއްފަހަރާތޯއެވެ. ހެކިވެރިޔާ ބުނީ އެދެމީހުން ނިކުތީ އެއްފަހަރާ ކަހަލަ ގޮތަކަށް ކަމަށެވެ. އަދި މިހާރާއި އެހާރާއި އަޅާ ބަލާއިރު ސިފައަށް ބަދަލެއް އައިސްފައިވޭތޯ އެހުމުން ހެކިވެރިޔާ ބުނީ އެގެއިން ނިކުތް ދެމީހުންގެ ވެސް ބޯ ހުރީ ދިގު ކޮށް ކަމަށެވެ.

ޔާމީން ރަޝީދުގެ ގޭގެ ކައިރީގައި ހުރި ޕާކިން ޒޯންގައި ޕާކް ކޮށްފައި ހުރި ސައިކަލަކަށް ޒިހާން އަރާ ނައްޓާލި ކަމަށާއި ކަންމައްޗަށް ވާގޮތަށް އިސްމާއިލް ރަޝީދު އިން ކަމަށާއި އޭނާގެ ސައިކަލްގެ ފަހަތަށް އެރީ ހައިޝަމް ކަމަށެވެ. އެގެއިން ނިކުތް އިރު ހައިޝަމްއާއި ޒިހާން ތިބީ ފެހި ކުލައިގެ "ސާޖިކަލް މާސްކް" އަޅައިގެން ކަމަށް ވެސް ހެކިވެރިޔާ ބުންޏެވެ. އަދި އެއީ އާންމުކޮށް ހޮސްޕިޓަލްތަކުގައި ބޭނުންކުރާ މާސްކް ކަމަށްވެސް އޭނާ ބުންޏެވެ. އަދި އެމީހުން ވަކި ކުރަން އެނގުނީ ސައިކަލްގައި ތިން މީހުން ނައްޓާލީ ވެސް އޭނާއަށް ވަކި ކުރަން އެނގޭވަރު ކައިރިން ގާތްގަނޑަކަށް 2 ފޫޓު ކައިރިން ކަމަށް ހެކިވެރިޔާ ބުންޏެވެ. ޔާމީންގެ ގެއިން ނިކުތް ދެމީހުންވެސް ތިބީ ބޯ ދިގުކޮށް ކަމަށް ވެސް ހެކިވެރިޔާ ބުންޏެވެ.

އިސްމާއިލް ރަޝީދުގެ ވަކީލު ފުލުހުންގެ އިދާރާއަށް ކިތަށް ބަޔާން ދީފައިވާނެތޯ ވަކީލު އެހުމުން ހެކިވެރިޔާ ބުނީ އޭނާ ދީފައިވާނީ އެންމެ ބަޔާނެއް ކަމަށެވެ. އަދި އެއީ ކޮން ބައެއްތޯ ވަކި ކުރަން އެނގުނީ ކިހިނެތްތޯ ވަކީލު އެހުމުން ހެކިވެރިޔާ ބުނީ އޭނާ ބަޔާން ދިން ދުވަހު ފުލުހުން އެތިން މީހުންގެ ފޮޓޯ ދެއްކި ކަމަށާއި އެމީހުން ވަކިކުރަން އެނގުނީ ފޮޓޯތަކުން ކަމަށެވެ.

ހެކިވެރިޔާ ބުނީ ބުދަ ދުވަހުގެ ޝަރީއަތަށް ދިއުމުގެ ކުރިން އަންގާރަ ދުވަހުގެރޭ ފުލުހުންގެ މައި އިދާރާއަށް އޭނާ ހާޒިރު ވުމަށް ފުލުހުންނާއި ދައުލަތުގެ ފަރާތުން އެދުނު ކަމަށެވެ. އަދި އޭނާ ދިޔަ ކަމަށާއި އެ ބައްދަލުވުމުގައި ހެކިބަސް މުހިއްމު ކަމަށާއި ހެކިބަސް ދިނުމަށް ތައްޔާރުތޯ އެހި ކަމަށެވެ. ހެކިވެރިޔާ އެހި ސުވާލަކީ ކޮބައިތޯ އެހުމުން އޭނާ ބުނީ ޝަރީއަތް އޮތް ގަޑިއާއި ބެހޭ ގޮތުން ސުވާލު ކުރިކަމަށެވެ.

މީގެ އިތުރުން ފުރަތަމަ ހެކި ނެގި މީހާ ކަންހިނގައި ދިޔަ ގޮތް ކިޔައިދެމުން ބުނީ މ. ސްޕެޓިއުލާ ގެއިން ނިކުތީ އެރޭ ދަންވަރު 2:20 ނޫނީ 2:30 ހާއިރު ކަމަށެވެ. އޭނާ ފުރަތަމަ އެގެއިން ނިކުތް އިރު އެގޭގެ ގްރައުންޑް ފްލޯ ސިޑި ކައިރީ އަލި ކަމެއް ހުރި ކަމަށާއި ނަމަވެސް އޭނާއަށް އާދަޔާ ޚިލާފު ކަމަކަށް ފާހަގަ ވީ އެނބުރި 2:30 ހާއިރު އެގޭގެ ގްރައުންޑް ފްލޯގައި އަލިކަމެއް ނެތުމުން ކަމަށެވެ. އަދި އޭނާ އެގެއަށް ވަނުމަށްފަހު ލިފްޓުން މައްޗަށް އަރައިގެން ދިޔައީ ކަމަށާއި އެވަގުތު ލިފްޓް ސަރަހައްދު ކޮންމެވެސް ވަރަކަށް އަލިވި ކަމަށެވެ. ލިފްޓު ހުރީ ދިއްލާފައި ކަމަށާއި އޭނާ ބޭރަށް ނިކުމެފައި އެނބުރި އައިއިރު އަލިކަމެއް ނެތުމުން ބޮތްކެއް ދިއްލަން މަސައްކަތް ނުކުރާ ކަމަށެވެ.

ޒިހާންގެ ވަކީލު ވަނީހެކިވެރިޔާ އަކީ އެސަރަހައްދުގައި ސެކިއުރިޓީ ބަލަހައްޓާ މީހެއްތޯއާއި އެގޭގައި ދިރިއުޅޭ މީހެއްތޯ އާއި އަދި އޭނާ އެހާ ދަން ވަގުތެއްގައި ބޭރުގައި އުޅުނީ ކީއްވެތޯ ސުވާލު ކޮށްފައެވެ. ޖަވާބުގައި ހެކިވެރިޔާ ބުނީ އެއީ ޖަވާބު ދެވޭނެ ސުވާލެއް ނޫން ކަމަށާއި އޭނާއަކީ ސިއްރު ހެކިވެރިއެއް ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް