Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެންސްޕާ

އެންސްޕާއިން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ކޮމިޓީއާ ހިއްސާކޮށްފި

އެންސްޕާގެ މަސައްކަތްތަކަށް ހުރި ދަތިތައް ހިއްސާކޮށްފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 6 އޯގަސްޓު 2019 | އަންގާރަ 10:32
އެންސްޕާގެ ބޭފުޅުން އިޖުތިމާއީ ކޮމިޓީ މެމްބަރުންނާ ބައްދަލުކުރެއްވުން

އެންސްޕާގެ ބޭފުޅުން އިޖުތިމާއީ ކޮމިޓީ މެމްބަރުންނާ ބައްދަލުކުރެއްވުން

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއާއި ހިއްސާކޮށްފިއެވެ.

އެންސްޕާއިން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު އިޖުތިމާއީ ކޮމިޓީއާއި ހިއްސާކުރުމަށް އަންގާރަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އެންސްޕާގެ ސީއީއޯ އިސްމާއިލް އައްޒާމް ވަހީދާއި، ޑެޕިއުޓީ ސީއީއޯ ރުޤިއްޔާ މުހައްމަދާއި، ޑިރެކްޓަރ ސުނީތާ އަބްދުﷲ އާއި، އެސިސްޓެންޓް ޑިރެކްޓަރ ނޫރުލްހުދާ ހުސައިންއާއި، ލީގަލް އޮފިސަރ އިސްމާއިލް ޝާރިއު ވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.

މި ބައްދަލުވުމުގައި އެންސްޕާގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި، ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާއިރު، އެންސްޕާ ހިންގުމުގައި މަޖިލިސް މެދުވެރިކޮށް ކުރަންޖެހޭ ކަންކަމުގައި ކޮމިޓީގެ މެމްބަރުންގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަން މެމްބަރުން ވެސް ވަނީ ފާހަގަ ކުރައްވާފައެވެ.

ދެފަރާތުން މަޝްވަރާކުރެވުނު ބައެއް ކަންކަން:

އޭގެ އިތުރުން، ޤާނޫނީ ގޮތުން ހުރި ދަތިތައް އެންސްޕާއިން މަޝްވަރާ ކުރުމަށް ފަހު ކޮމިޓީއާ ހިއްސާކުރަން ކޮމިޓީން އެދިފައިވާއިރު، އެ ކަންކަމަށް މަޝްވަރާ ކުރުމަށް ފަހު ގެންނަން ޖެހޭ އިސްލާހެއްވާނަމަ އެކަން ކޮމިޓީ މެދުވެރިކޮށް ކުރައްވާނެ ކަމަށް ކޮމިޓީގެ މުޤައްރިރު ވަނީ ވިދާޅުވެފައެވެ.

މުޤައްރިރު އިތުރަށް ވިދާޅުވީ،އެންސްޕާއާއި ގުޅުންހުރި ޤާނޫނެއްގެ މަސައްކަތް މަޖިލީހުގައި ކުރިއަށްދާނަމަ އެ މައުލޫމާތުތައް ކޮމިޓީތަކާއި ހިއްސާކުރައްވާނެ ކަމަށާއި، އެކަންކަން އިޖުތިމާއީ ކޮމިޓީ މެދުވެރިކޮށް އެންމެ ފުރިހަމައަށް ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

10 މާރިޗު 2017

އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ހުއްޓާލާނީ ރައީސް ނަޝީދު ވެރިކަމަށް ގެނެސްފަ: ޝާހިދު

10 މާރިޗު 2017
އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ހުއްޓާލާނީ ރައީސް ނަޝީދު ވެރިކަމަށް ގެނެސްފަ: ޝާހިދު
20 ފެބުރުއަރީ 2017

ފުލުހުން ތަހުޤީޤު ކުރަމުންދާ ވައްކަމުގެ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަނީ

20 ފެބުރުއަރީ 2017
ފުލުހުން ތަހުޤީޤު ކުރަމުންދާ ވައްކަމުގެ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަނީ
14 ފެބުރުއަރީ 2017

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި
13 ފެބުރުއަރީ 2017

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު
07 ފެބުރުއަރީ 2017

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު