Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސުޕްރީމް ކޯޓު

އަދީބު ޚިޔާނާތްތެރިވި މައްސަލައިގެ އިސްތިއުނާފު އަޑުއެހުން މާދަމާ ސުޕްރީމް ކޯޓުގައި

5 އޯގަސްޓު 2019 | ހޯމަ 07:16

އަޑުއެހުން ތާވަލް ކޮށްފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު 10:15 އަށް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 5 އޯގަސްޓު 2019 | ހޯމަ 07:16
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރު ކޮށްގެން ދޫނިދޫއަށް މިއަދު ގެންދަނީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރު ކޮށްގެން ދޫނިދޫއަށް މިއަދު ގެންދަނީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޚިޔާނާތްތެރިވި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގެ އަޑުއެހުމެއް އެކޯޓުގައި އަންގާރަ ދުވަހުގެ ހެނދުނު 10:15 އަށް ތާވަލް ކޮށްފިއެވެ.

ތަފާތު އެކި ދައުވާތަކުގައި އަދީބުގެ މައްޗަށް ދަށު ކޯޓުން 33 އަހަރަށް ވުރެ ގިނަ ދުވަހަށް ޖަލަށް ލުމަށް ހުކުމްކުރިއެވެ. ނަމަވެސް ހައިކޯޓުން ވަނީ އެ ހުކުމްތައް ބާތިލް ކޮށްފައެވެ.އޭގެތެރެއިން އަދީބު ޚިޔާނާތްތެރިވި މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލް ކޮށްފައިވަނީ މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހުއެވެ. ނަމަވެސް ދައުލަތުން ވަނީ މިދިޔަ ޖޫން މަހުގެ 4 ވަނަ ދުވަހު އެމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

Advertisement - newsAdvertisement

އަދީބު ޚިޔާނާތްވި ކަމަށް ކަނޑައަޅައި އޭރު ކުރި އަށް އަހަރުގެ ހުކުމަކީ ޅ. މާބިންހުރާގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން އެމްއެމްޕީއާރުސީ އިން ކުރެއްދޫ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދޫކުރުމުން އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެ ކުންފުނިން އެމްއެމްޕީއާރުސީ އަށް ދިން ފަސް މިލިޔަން ޑޮލަރަށް (77 މިލިއަން ރުފިޔާ) ޚިޔާނާތްތެރިވި މައްސަލައިގައި އިއްވާފައިވާ އަށް އަހަރުގެ ހުކުމެވެ. އެހުކުމް ބާތިލް ކުރުމަށް ފަހު ހައިކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކުރި ހުކުމުގައި ވަނީ ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓުގެ މައްޗަށް އަންގާ ކަމަށެވެ.

ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ އަދީބަށް ދައުވާ ކޮށްފައިވަނީ ނުފޫޒުން އެއްކިބާވެފައިވާ ގޮތަށް ތަހުގީގު ކުރުމަކާ ނުލައި މިހާރު ދައުވާކުރެވިފައިވާ ގޮތުގެ މަތިން އިތުރަށް ކުރިއަށް ގެންދިއުން ގާނޫނީ ހަމަތަކުގެ މަތިން ސައްހަ ވެގެން ނުވާ ކަމަށް އެކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމާފައިވާ ކަމަށް ބުނެ އެމައްސަލަ ޕީޖީއަށް އަނބުރާ ފޮނުވާލާފައެވެ. ޚިޔާނާތުގެ މައްސަލަ ހިމެނޭގޮތަށް އަދީބަށް ކުރި 13 މައްސަލައެއްްގެ ދައުވާއާއި ލޯންޗުކޮޅު މައްސަލައިގައި އޭނާއަށް ކުރި 15 އަހަރުގެ ހުކުމް ބާތިލްކުރުމަށް ފަހު އަލުން ބެލުމަށް ކްރިމިނަލް ކޯޓުގެ މައްޗަށް އެންގި އެންގުން ނުބެލުމަށް އެކޯޓުން ވަނީ ނިންމާފައެވެ.

ކްރިމިނަލް ކޯޓުން ޕީޖީއަށް އަނބުރާ ފޮނުވި 15 މައްސަލައިގެ ތެރޭގައި އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރި ތަހުގީގާ ގުޅިގެން ނުވަ ރަށެއްގެ ނުވަ ދައުވާ ވެސް ހިމެނެއެވެ. އެ ދައުވާގެ ތެރޭގައި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ދައުވާ ހިމެނެއެވެ.

އެމައްސަލަ އިސްތިއުނާފު ކުރުމަށްފަހު ދައުލަތުން އެދުނީ އަދީބުގެ ޕާސްޕޯޓް ހިފެހެއްޓުމަށާއި އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށެވެ. އޭރު ސުޕްރީމް ކޯޓުން ހުކުމް ކުރީ ދައުލަތުން އެދުނު ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަށް އެކަންޏެވެ.

ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށް އަދީބު ވަނީ މިދިޔަ މަހުގެ ތެރޭގައި ފިއްލަވައިގެން ޓަގު ބޯޓެއްގައި އިންޑިއާއަށް ވަޑައިގަންނަވާފައެވެ. އިންޑިއާގެ ޓުޓްކޮރިން ބަނދަރުން އެ ގައުމަށް އެތެރެވާން އުޅެނިކޮށް އަދީބު ހައްޔަރު ކޮށްފައިވަނީ އޮގަސްޓު މަހުގެ 1 ވަނަ ދުވަހުއެވެ. އޭނާ ހައްޔަރު ކޮށްގެން ފުލުހުން މާލެ ގެނެސްފައިވަނީ އާދީއްތަ ދުވަހުގެރޭ 10 ޖަހާކަށް ހާއިރުއެވެ. ހައްޔަރު ކުރުމަށްފަހު އާދިއްތަ ދުވަހުގެރޭ 12:30 ހާއިރު ހައްޔަރު ކުރުމުގެ އަމުރަކަށް ދައުލަތުގެ ފަރާތުން ވަނީ އެދިފައެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ ހައްޔަރު ކުރެވޭނެ ތަނެއް ނެތްކަމަށް ބުނެ އޭނާ ދޫކޮށްލުމަށް އަމުރު ކޮށްފައެވެ.ނަމަވެސް ފުލުހުން ވަނީ އަދީބު ހައްޔަރު ކުރުމުގެ އާ އަމުރެއް ހޯދައި އޭނާ ހައްޔަރު ކޮށްފައެވެ.

އަދީބު އަލުން ހައްޔަރުކޮށްގެން ގެންދިޔައީ ކުރިން ވެސް ހައްޔަރުކުރި ތުހުމަތުގައި ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ރާއްޖެއިން ފުރައިގެން ދިޔަ މައްސަލައިގައެވެ. ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި އަދީބު ހައްޔަރު ކުރީ ކުރިން އަމުރު ނެރެން އެދުނު އިޖުރާއަތްތަކަށް ބަދަލު ގެނައުމަށް ފަހުއެވެ.

އަދީބު އިންޑިއާއަށް ފިއްލަވައިގެން ވަޑައިގެންނެވުމުން ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވީ ދައުލަތުން އޭނާ ހައްޔަރު ކުރުމަށް އަމުރު ނެރެދިނުމަށް އެދުނު ގޮތަށް ސުޕްރީމް ކޯޓުން ނެރެދިން ނަމަ ނުފިއްލެވުނީސް ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި

20 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި
19 ފެބުރުއަރީ 2017

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި

19 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި
08 ފެބުރުއަރީ 2017

ލީވާނާއި ވިސާމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި!

08 ފެބުރުއަރީ 2017
ލީވާނާއި ވިސާމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި!
07 ފެބުރުއަރީ 2017

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!
06 ފެބުރުއަރީ 2017

އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

06 ފެބުރުއަރީ 2017
އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ
30 ޖެނުއަރީ 2017

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް