Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބީއެމްއެލް

ޝަރީފްގެ މައްސަލާގައި ސުވާލުކުރަންޖެހޭ ފަރާތްތަކާއި މި އަންނަނީ ސުވާލުކުރަމުން: ފުލުހުން

1 އޯގަސްޓު 2019 | ބުރާސްފަތި 08:33

އިތުރު މައުލޫމާތު ހިއްސާކުރެވޭ މިންވަރަކުން ހިއްސާ ކުރާނެ ކަމަށް

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 1 އޯގަސްޓު 2019 | ބުރާސްފަތި 08:33
ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ސައްހަ ނޫން މައުލޫމާތު ދެއްވި މައްސަލައިގައި، ތަހުގީގަށް ސުވާލުކުރަންޖެހޭ ފަރާތްތަކާއި ސުވާލުކުރަމުން އަންނަ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

ފުލުހުންގެ އިދާރާއިން ބުނީ ޝަރީފްގެ މައްސަލައިގައި ތަހްގީގަށް ހެއްކާއި ގަރީނާ ހޯދުމާއި ސުވާލުކުރަންޖެހޭ ފަރާތްތަކާއި ސުވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މައްސަލައިގެ ބާވަތުން މި ވަގުތު އިތުރު މައުލޫމާތު ހިއްސާ ކުރެވެން ނެތް ކަމަށް ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

މާލިއްޔަތު ކޮމިޓީއަށް، ޝަރީފް ސައްހަ ނޫން މައުލޫމާތު ދެއްވި މައްސަލަ ތަހްގީގުކޮށް ދިނުމަށް ފުލުހުންގެ އިދާރާއަށް ފޮނުވަން ނިންމާފައިވާ ކަމަށް، ރައްޔިތުންގެ މަޖިލީހުން ބުނެފައިވަނީ 23 ޖުލައިގައި އޮތް، މަޖިލިސް ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއެވެ.

އެމްއެމްޕީއާރްސީގެ 1.3 މިލިޔަން ރުފިޔާގެ ހިޔާނާތުގެ މައްސަލަ މާލިއްޔަތު ކޮމިޓީން އަންނަނީ ބަލަމުންނެވެ. އަދި މި ކަމާއި ގުޅިގެން ސުވާލުކުރަންޖެހޭ ފަރާތްތައް ކޮމިޓީއަށް ހާޒިރުކޮށް އަންނަނީ ސުވާލު ކުރަމުންނެވެ. އެގޮތުން 16 ޖުލައިގައި އޮތް ކޮމިޓީގެ ބައްދަލުވުމަށް ބީއެމްއެލް ހާޒިރުކޮށް އެސްއޯއެފްގެ އެކައުންޓަށް " ނޮން ނެގޯޝިއެބަލް" ޖަހާފައިވާ ޗެކްތަކެއް، ބޭންކްއިން ޖަމާކޮށްދިންތޯ މެމްބަރަކު ސުވާލުކުރެއްވުމުން ،ޝަރީފް ވިދާޅުވެފައިވަނީ "ނޮން ނެގޯޝިއެބަލް" ޖަހާފައިވާ ޗެކްތަކެއް އެސްއޯއެފްގެ އެކައުންޓަށް ބޭންކްއިން ޖަމާކޮށްދީފައިނުވާ ކަމަށެވެ.

2014 ވަނަ އަހަރުގެ ޑިސެމްބަރުން ފެށިގެން 2015 އޮކްޓޯބަރުމަހުގެ ނިޔަލަށް "ނޮން ނެގޯޝިއެބަލް" ޖަހާފައިވަނިކޮށް އެންޑޯސް ކޮށްގެން ޖަމާކޮށްފައިވާ 6 ޗެކެއްގެ ތަފްސީލް ރާއްޖެއެމްވީއަށް ވަނީ ލިބިފައެވެ. ބޭންކުން ވަނީ ހަތް މިލިޔަން ދެލައްކަ ފަންސާސްހާސް ޑޮލަރު، ދިވެހި ފައިސާއިން ނަމަ ( ސަތޭކަ އެގާރަ މިލިޔަން ރުފިޔާ) ގެ "ނޮން ނެގޯޝިއެބަލް" ޖަހާފައިވާ، އެކި ބޭންކްތަކުގެ 6 ޗެކެއް އެސްއޯއެފް އެކައުންޓަށް ޖަމާކޮށްދީފައެވެ. މި ޗެކްތަކަކީ ބީއެމްއެލް ނޫން އެހެން ބޭންކުތަކުގެ ޗެކްތަކެކެވެ. ބީއެމްއެލްއިން "ނޮން ނެގޯޝިއެބަލް" ޖަހާފައި ވަނިކޮށް ޖަމާކޮށްފައިވަނީ މަލްޓިނޭޝަނަލް ބޭންކްއަކާއި ރާއްޖޭގައި އޮޕަރޭޓް ކުރަމުން އަންނަ އިންޓަރނޭޝަނަލް ބޭންކެއްގެ ބްރާންޗެއްގެ ޗެކްތަކެކެވެ.

މި ކަމާއި ގުޅިގެން ބީއެމްއެލް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ބޭންކްއިން މަޖިލީހަށް ފޯރުކޮށްދީފައިވަނީ ސައްހަ ތެދު މައުލޫމާތު ކަމަށެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 99 ވަނަ މާއްދާގެ ހ ގައި ބަޔާންވެގެންވަނީ ކޮންމެ މީހަކަށްމެ ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވެ، މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ހެކިބަސް ދިނުމަށާއި، ރައްޔިތުންގެ މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހެޅުމަށް އެންގުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށާއި، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ލިބިގެންވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން ކޮންމެ މީހަކާއި ކުރާ ކޮންމެ ސުވާލަކަށް އެ މީހަކަށް އެގި ހުރި އެންމެ ރަނގަޅަށް ތެދު ބަހުން ޖަވާބުދޭންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގައި ވެސް ހަމަ މިހެން ތަކުރާރުވެފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ޓެކްސްގެ ނަމުގައި މި ސަރުކަރުން އަންނަނީ ރައްޔިތުންގެ އަތުން ފޭރެމުން: އީސަ

15 ފެބުރުއަރީ 2017
ޓެކްސްގެ ނަމުގައި މި ސަރުކަރުން އަންނަނީ ރައްޔިތުންގެ އަތުން ފޭރެމުން: އީސަ
02 ފެބުރުއަރީ 2017

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

02 ފެބުރުއަރީ 2017
ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި
30 ޖެނުއަރީ 2017

ކާނަލް ނާޒިމް މައްސަލާގައި އދ. ގެ ނިންމުން ބަލައެއް ނުގަންނަން: ސަރުކާރު

30 ޖެނުއަރީ 2017
ކާނަލް ނާޒިމް މައްސަލާގައި އދ. ގެ ނިންމުން ބަލައެއް ނުގަންނަން: ސަރުކާރު
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް