Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހަޔަރ އެޑިޔުކޭޝަން

ޔޫސީއެސްއައި ޔުނިވަރސިޓީ ސްކޮލަރޝިޕަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފި

29 ޖުލައި 2019 | ހޯމަ 06:39

އެއީ 21 ބެޗެލަރސް ޑިގްރީ، 05 މާސްޓަރސް ޑިގްރީ އަދި 02 ޕީއެޗްޑީ ކޯސް

އަމްނާ އިމާދު
އަމްނާ އިމާދު | 29 ޖުލައި 2019 | ހޯމަ 06:39
ދަންވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ދަންވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ޔޫސީއެސްއައި ޔުނިވަރސިޓީ ސްކޮލަރޝިޕަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

ހަޔަރ އެޑިޔުކޭޝަނުން ބުނީ 14 ބެޗެލަރސް ޑިގްރީ، 05 މާސްޓަރސް ޑިގްރީ އަދި 02 ޕީއެޗްޑީ ކިޔެވުމަށް ހުޅުވާލާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މެލޭޝިޔާގައި ކުރިއަށް ގެންދާ މިކޯސްތަކުގެ ތެރެއިން ބެޗްލަރސް ޑިގްރީގެ ޝަރުތަކީ ޖީ.ސީ.އީ އޯލެވެލްއާއި، އައި.ޖީ.ސީ.އެސް.ސީ އަދި އެސް.އެސް.ސީ އިމްތިޙާނުގެ 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލު ކުރައްވާފައިވުން ހިމެނެއެވެ.

ހަޔަރ އެޑިޔުކޭޝަނުން ބުނީ އިއުލާނާއެކު ވެބްސައިޓްގައި އަޕްލޯޑް ކުރެވިފައިވާ ކޯސްތަކަށް ޔޫސީއެސްއައި ޔުނިވަރސިޓީއިން، ކަނޑައަޅާފައިވާ ޝަރުތު ފުރިހަމަވާން ވެސް ޖެހޭ ކަމަށާއި، ނަންބަރު 1 ގައި ބުނާ 5 މާއްދާގެ ތެރޭގައި އިނގިރޭސި ނުހިމެނޭނަމަ، އިނގިރޭސި ފާހެއް ހާސިލު ކުރައްވާފައިވުން ވެސް ޝަރުތުގެ ތެރޭގައި ހިމެނޭ ކަމަށެވެ.

ހަޔަރ އެޑިޔުކޭޝަނުން ބުނީ މާސްޓަރސް ޑިގްރީ ގެ ޝަރުތަކީ ބެޗެލަރސް ޑިގްރީއެއް ހާސިލު ކުރައްވާފައިވުމެވެ. އަދި ޕީއެޗްޑީގެ ޝަރުތުގެ ތެރޭގައި މާސްޓަރސް ޑިގްރީއެއް ހާސިލު ކުރައްވާފައިވުން ހިމެނޭ ކަމަށެވެ.

ހަޔަރ އެޑިޔުކޭޝަނުން ބުނީ ކޮލަރޝިޕްތަކަށް ހޮވޭ ފަރާތްތައް ކިޔެވުމަށް ހަމަޖެހިފައިވަނީ، މެލޭޝިޔާގެ "ޔޫސީއެސްއައި ޔުނިވަރސިޓީ"ގައި ކަމަށާއި، ސްކޮލަރޝިޕްތަކަށް ހޮވޭ ފަރާތްތަކުގެ ކޯސް ފެށުމަށް ހަމަޖެހިފައި ވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރގައި ކަމަށެވެ.

މީގެ އިތުރުން ހަޔަރ އެޑިޔުކޭޝަނުން ބުނީ އިންޓޭކް ފެށެންވާއިރަށް ވިސާއާއި، ކޯހުގެ އެހެނިހެން ކަންކަން ހަމަނުޖެހޭނަމަ، ދެން އޮންނަ އިންޓޭކަކަށް ފަސްކުރެވޭނެ ކަމަށާއި، ސްކޮލަރޝިޕަށް ހޮވޭ ދަރިވަރުންގެ ފައިނަލް ސިލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ، "ޔޫސީއެސްއައި ޔުނިވަރސިޓީ" އިން ކަމަށެވެ.

ބެޗެލަރސް ޑިގްރީ ކޯސްތަކަށް ހުށަހަޅުއްވާ ދަރިވަރުންގެ ތެރެއިން، އެންމެ މަތިން ޕޮއިންޓް ލިބޭ 2 ދަރިވަރަކަށް ކޯސް ފީ މުޅިން ހިލޭ ވާނެ ކަމަށާއި، ބެޗެލަރސް ޑިގްރީ، މާސްޓަރސް ޑިގްރީ އަދި ޕީއެޗްޑީ ކޯސްތަކަށް ހޮވޭ ދަރިވަރުންގެ %10 ކޯސް ފީ ހިލޭ ވާނެ ކަމަށް ވެސް ހަޔަރ އެޑިޔުކޭޝަނުން ބުންޏެވެ. އަދި ކޯހުގެ ބާކީ ޚަރަދުތައް ހަމަޖައްސަވަން ވާނީ ދަރިވަރު އަމިއްލައަށް ވެސް ހަޔަރ އެޑިޔުކޭޝަނުން ބުންޏެވެ.

ހަޔަރ އެޑިޔުކޭޝަނުން ބުނީ އެޕްލިކޭޝަން ހުށަހެޅުއްވުމުގެ ސުންގަޑިއަކީ 06 އޮގަސްޓް 2019 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން ކަމަށާއި، އެޕްލިކޭޝަން ހުށަހަޅަނީhttps://myedu.egov.mv/ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ކައުންސިލް އިންތިހާބުގައި ވޯޓުލަން ރިރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލައިފި

19 ފެބުރުއަރީ 2017
ކައުންސިލް އިންތިހާބުގައި ވޯޓުލަން ރިރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލައިފި
16 ފެބުރުއަރީ 2017

ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފި

16 ފެބުރުއަރީ 2017
ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފި
16 ފެބުރުއަރީ 2017

ކުއީން މޭރީ ޔުނިވަރސިޓީ އޮފް ލަންޑަންގައި ރައީސް މުހައްމަދު ނަޝީދު ތަގްރީރު ކުރައްވައިފި

16 ފެބުރުއަރީ 2017
ކުއީން މޭރީ ޔުނިވަރސިޓީ އޮފް ލަންޑަންގައި ރައީސް މުހައްމަދު ނަޝީދު ތަގްރީރު ކުރައްވައިފި
03 ފެބުރުއަރީ 2017

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް