Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަލަ ސުރުހީ

ޖިނާއީ އިޖުރާއަތުގެ ގާނޫނާ އެއްގޮތަށް އަމަލު ނުކުރާތީ ޝަމީމްގެ ކަންބޮޑުވުން

ހުރިހާ ޝަރިއްޔަތެއް ވެސް ހުޅުވާލައިގެން ކުރިޔަށް ގެންދަން ޖެހޭ

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 29 ޖުލައި 2019 | ހޯމަ 03:09
ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް

ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް

ޖިނާއި އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުނުކުރާތީ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

2016 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ''ޖިނާއީ އިޖުރާއަތުގެ ބިލް'' ގާނޫނަކަށްވެ ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައި ވަނީ އެ އަހަރުގެ މޭ މަހުގެ ދެވަނަ ދުވަހުއެވެ.

Advertisement - newsAdvertisement

ރާއްޖެ.ޓީވީގެ ''ފަލަ ސުރުހީ'' ޕްރޮގްރާމްގައި ގާނޫނީ ވަކީލް ޝަމީމް ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ގާނޫނެއް ވުޖޫދުގައި ނެތުމުން ކޯޓުތަކުގެ އިތުރުން ފުލުހުން ވެސް ''އެއްކަމެއްވެސް ނުވެގެން އުޅުއްވާ ކަމަށް'' ދޭހަވާ ގޮތަށް ވާހަކަ ދައްކާފައިވާ ކަމަށެވެ.

ޝަމީމް ވިދާޅުވީ، ޖިނާއި އިޖުރާއަތުގެ ގާނޫނަށް އަމަލު ކުރަން ފެށުމުން ތާކުންތާކު ނުޖެހޭ މައްސަލަތައް މަދުވެފައިވާ ކަމަށާއި، އެ ތަފާތު ފެންނަމުންދާ ކަމަށެވެ. އެގޮތުން ފާއިތުވި ތިން އަހަރު ޖުޑިޝަރީގެ ތަފާސް ހިސާބުތަކުން ޖިނާއި މައްސަލަތައް މަދުވެފައިވާކަން ފާހަގަވެފައިވާ ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެ ގާނޫނާއި އެކު ޖަލު ބަންދުގައި ތިބޭ މީހުންގެ އަދަދުވެސް ކުރިޔާ އަޅާ ބަލާއިރު މަދުވެފައިވާ ކަމަށެވެ.

އެ ގާނޫނާ ބެހޭ ގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ، ގިނަ ހައްގުތަކަކާއި އެ ހައްގުތައް ލިބޭނެ ގޮތް ގާނޫނުގައި ބަޔާން ކޮށްފައިވާ ހިނދު ގާނޫނަށް އަމަލު ނުކުރެވޭނަމަ އެއަކުން ''ފޮނި މީރު'' ކަމެއް ނުލިބޭނެ ކަމަށެވެ.

ޖިނާއީ އިޖުރާތުގެ ގާނޫނު ބުނާ ގޮތުން ކޯޓަށް މައްސަލައެއް ހުށައެޅޭތާ ފަސް ދުވަސް ތެރޭގައި އެ މައްސަލައެއްގެ ލިޔުންތައް ދައުވާލިބޭ ފަރާތަށް ހަވާލުކުރަން ޖެހޭއެވެ. ޝަމީމް ވިދާޅުވީ، އެކަންތައް އެހެން ނުހިނގާ ކަމަށެވެ.

ޖިނާއީ އިޖުރާތުގެ 116 ވަނަ މާއްދާގެ ( ހ) ގައި ބުނާގޮތުން ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތައް ހުށަހެޅުމަށް މުއްދަތެއް ކަނޑައަޅައި، އެ މުއްދަތުން އުނިނުވާ ގޮތަށް، މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ބާއްވާނެ ދުވަސްތައް، ދައުލަތާއި ދައުވާ ލިބޭ ފަރާތާ މަޝްވަރާކުރުމަށް ފަހު ކޯޓުން ކަނޑައަޅައި ތާވަލު ކުރަންވާނެއެވެ. ކޯޓުތަކުގައި ހިނގަމުންދާ ޝަރީއަތްތަކަށް ވަކާލާތު ކުރެއްވުމަށް، އާންމުކޮށް ވަޑައިގަންނަވާ ޝަމީމް ވިދާޅުވީ، އެ ޝެޑިއުލް މިހާރު ދެއްވަނީ ހަމައެކަނީ ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ރަޝީދު ކަމަށެވެ. ޖުވެނައިލް ކޯޓުން ވެސް ޝެޑިއުލްދޭ ކަމަށާއި، ކްރިމިނަލް ކޯޓުން އެ ޝެޑިއުލް އެއްވެސް ގޮތަކަށް ނުދޭކަން އޭނާ ފާހަގަކުރެއްވިއެވެ.

ޖިނާއި އިޖުރާއަތާ ގުޅިގެން ތިން ގަވާއިދެއް ހަދަން ޖެހޭއިރު އޭގެ ތެރެއިން ފުލުހުން ހަދަން ޖެހޭ ގަވާއިދު މިހާތަނަށް ހެދިފައިނުވާކަން ފާހަގަކުރައްވަމުން ވިދާޅުވީ، ގާނޫނު ފާސްކުރިތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު އެކަން ކޮށްފައިނުވާ ކަމަށެވެ. އެ ގަވާއިދު ހަދަން ދީފައިވަނީ ތިން މަސް ދުވަހުގެ މުއްދަތެވެ. ގަވާއިދުގެ ޑްރާފްޓެއް ހެދިފައިވާ ކަމަށާއި، އެކަމަކު ގަވާއިދަށް އަމަލު ކުރެވޭނީ އެ ގެޒެޓް ކުރެވިގެން ކަމަށް ވިދާޅުވެ އޭނާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޝަމީމް ވިދާޅުވީ، ޕީޖީން ހަދަން ޖެހޭ ގަވާއިދު ހެދި އަމަލު ކުރަމުންދާ ކަމަށެވެ. ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް އަޑު އުފުލަމުންދާ ޝަމީމް ވިދާޅުވީ، ސުޕްރީމް ކޯޓުން އަބަދު ވެސް ޝަކުވާ ކުރާނީ ގާނޫނު ހެދުމުގައި މަޝްވާރާ އާއި ހިޔާލު ނުހޯދާ ވާހަކަ ކަމަށެވެ. އެ ޝަކުވާއާ އެކު ގަވާއިދު ހެދުމުގެ ބާރު ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓަށް ދިނެވެ. ތިން މަސް ދުވަސް ތެރޭ ހަދަން ޖެހޭ އެ ގަވާއިދު ހަދާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ޖެހޭތާ 10 މަހާއި ހަ ދުވަހުންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރިއަތް ހުޅުވާލައިގެން ޓީވީތަކުން ލައިވްކޮށްފައިވާއިރު ޝަމީމް ވިދާޅުވީ، ޝަރިއަތްތައް ހުޅުވާލައިގެން ކުރިޔަށް ގެންދިޔުމަކީ ރަނގަޅު ކަމެއް ކަމަށެވެ. ޝަމީމްގެ ނަޒަރުގައި ހުރިހާ ޝަރިއަތެއް ވެސް ކުރިޔަށް ގެންދަންވާނީ ހުޅުވާލައިގެންނެވެ.

ޝަމީމް ވިދާޅުވީ މިހާ ދުވަސްވަންދެން ހީވެފައި އޮތީ ހުޅުވާލައިގެން ޝަރިއްޔަތް ބޭއްވުމުން ކޯޓުގެ ހުރުމަށް އާދަޔާ ހިލާފަށް ގޯސްވާނެ ކަމަށް ބަޔަކަށް ހީވި ކަމަށެވެ. އެހެން ނަމަވެސް ޝަރިއްޔަތް ލައިވް ކުރުމުން އެކަމުގައި ގޯހެއް ނެތްކަން އެންމެންނަށް ވެސް އެނގިގެން ގޮސްފި ކަމަށް ވިދާޅުވިއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދައުލަތުގެ ލިޔެކިޔުންތަކާއި ރިކޯޑްތައް ނައްތާލުމުގައި އަމަލު ކުރަންޖެހޭ ގޮތުގެ ގަވާއިދެއް އެކުލަވާލައިފި

ދައުލަތުގެ ލިޔެކިޔުންތަކާއި ރިކޯޑްތައް ނައްތާލުމުގައި އަމަލު ކުރަންޖެހޭ ގޮތުގެ ގަވާއިދެއް އެކުލަވާލައިފި

03 މާރިޗު 2017
ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި

ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި

16 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ބަދަލު ގެންނަނީ!

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ބަދަލު ގެންނަނީ!

12 ފެބުރުއަރީ 2017
ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!

ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!

11 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު