Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕްރޮސެކިއުޓަރ ޖެނެރަލް

ވަކި ގޮތަކަށް ދައުވާކޮށް ދިނުމަށް އެދި ކުރީ ސަރުކާރުގެ އެއްވެސް ފަރާތެއް އެދިފައި ނުވޭ: ޕީޖީ ބިޝާމް

26 ޖުލައި 2019 | ހުކުރު 13:04

ޕީޖީ ރައީސް އޮފީހަށް ވަޑައިގަތް ފޮޓޯ އާންމު ވުމާއެކު އޭރު ފާޑުކިޔުން އަމާޒުވި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 26 ޖުލައި 2019 | ހުކުރު 13:04
ޕްރޮސިކިއުޓަރ ޖެނެރަލް އާއިޝަތު ބިޝާމް

ޕްރޮސިކިއުޓަރ ޖެނެރަލް އާއިޝަތު ބިޝާމް

ވަކި ފަރާތަކަށް ވަކި ގޮތަކަށް ދައުވާކޮށްދިނުމަށް އެދި މިދިޔަ ސަރުކާރުގެ އެއްވެސް ފަރާތަކުން އެދިފައި ނުވާ ކަމަށާއި އެފަދަ އެއްވެސް ކަމެއް ނުހިނގާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް މިދިޔަ ހަފްތާގައި ހާޒިރުކޮށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ބިޝާމް ވިދާޅުވީ އޭނާ ރައީސް އޮފީހަށް ވަޑައިގަންނަވަނީ ހަމައެކަނި އެންމެ ބޭނުމެއްގައި ކަމަށެވެ.

Advertisement - newsAdvertisement

އަލީ ހުސައިން ބިޝާމާއި ކުރެއްވި ސުވާލަކީ ޕީޖީ ކަމުގެ މަގާމާއި ހަވާލުވެ ވަޑައިގަތުމަށްފަހު ރައީސް އޮފީހަށް ވަޑައިގެން ދައުވާ ކުރަންޖެހޭ މައްސަލަތަކާއި ގުޅޭ ގޮތުން އެއްވެސް މީހަކަށް އެއްވެސް ގޮތަކަށް ދައުވާ ކުރެވިފައިވާނެތޯ އާއި އެއްވެސް މީހަކާ އެއްވެސް މަޝްވަރާއެއް ކުރެވި އެއްވެސް ގޮތަކަށް ޝަރީއަތަށް ނުފޫޒު ފޯރުވާފަދަ ގޮތަކަށް މަޝްވަރާއެއް ކުރެވި ކަންތައްތައް ވެފައި ވާނެތޯ އެވެ.

ބިޝާމް ވިދާޅުވީ ރައީސް އޮފީހަށް ވަޑައިގެންނެވީ ޕީޖީގެ ހައިސިއްޔަތުން ނެޝަނަލް ޑްރަގް އެޖެންސީގެ މެމްބެރެއް ގޮތުން ކަމަށާއި ކޮންމެ ހަފްތާއެއްގައި ކަހަލަ ގޮތަކަށް އެކަމާއި ގުޅޭ ބައްދަލުވުން ރައީސް އޮފީހުގައި އޮންނަ ކަމަށެވެ. ބިޝާމް ވިދާޅުވީ މިދިޔަ އަހަރު ސޯޝަލް މީޑިއާގައި އޭނާ ރައީސް އޮފީހުން ނިކުމެވަޑައިގަތް ކަމަށް ބުނާ ފޮޓޯ އަކީ ވެސް އެކަހަލަ ބައްދަލުވުމެއް ނިންމަވާލެއްވުމަށްފަހު ނިކުމެވަޑައިގަތް ވަގުތު ނަގާފައިވާ ފޮޓޯއެއް ކަމަށެވެ. އަދި ރައީސް އޮފީހަށް ވަޑައިގެން ވަކި ގޮތަކަށް ވަކި ފަރާތަކަށް ދައުވާ އުފުލުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އަދި އެއްވެސް ފަރާތެއް ވިދާޅުވެފައިނުވާކަމުގެ ޔަގީންކަން ދެއްވާ ކަމަށް ބިޝާމް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި އޭރުގެ ހޯމް މިނިސްޓަރ އަޒްލީން އަހުމަދާއި ބިޝާމް ރައީސް އޮފީހުގެ ބޭރުގައި ތިއްބަވާ ފޮޓޯއެއް އާންމުވިއެވެ. އެފޮޓޯއާއި ގުޅިގެން އާންމުންގެ ފާޑު ކިޔުން އަމާޒުވިއެވެ. އެ ދުވަސްވަރަކީ ޕީޖީ އޮފީހުން އޭރުގެ އިދިކޮޅު ފަރާތްތަކެއްގެ މައްޗަށާއި ދެ ފަނޑިޔާރުންގެ މައްޗަށް އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން އަމުރެއް ނެރެ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުތައްކޮށް އެކި ދައުވާކޮށް ކޯޓަށް ފޮނުވާފައިވާ ދުވަސްވަރެވެ.

އެ ކޮމިޓީގައި ބިޝާމް ވަނީ އެއްވެސް ވަކީލެއްގެ ގާތުގައި ވަކި ގޮތަކަށް ދައުވާކޮށްދިނުމަށް އެދިލައްވާފައި ނުވާނެކަމަށާއި ކޮންމެ މައްސަލައެއް ވެސް ދައުވާ ކުރަން ފޮނުވަނީ ދިރާސާ ކުރުމަށް ފަހު ކަމަށް ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް

25 ޖެނުއަރީ 2017
ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
10 ޖެނުއަރީ 2017

ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި

10 ޖެނުއަރީ 2017
ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް