Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދަނޑުވެރިކަމުގެ ސިނާޔަތު

ދަނޑުވެރިކަމަށް ބޭނުންވާ ފީލްޑް އޮފިސަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ފަށަނީ

ފުރަތަަމަ ޕްރޮގްރާމް އޮންނާނީ ޖުލައި 29 ވާ ހޯމަ ދުވަހު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 25 ޖުލައި 2019 | ބުރާސްފަތި 05:56
މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު

މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު | ރައްޔިތުންގެ މަޖިލިސް

ދަނޑުވެރިކަމުގެ ސިނާޔަތަށް ބޭނުންވާ ފީލްޑް އޮފިސަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ފިޝަރީޒް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮގްރާމްގެ ބައިވެރިންނާ މިނިސްޓަރ ބައްދަލު ކުރައްވާފައިވާއިރު، ފުރަތަަމަ ޕްރޮގްރާމް ޖުލައި 29 ވާ ހޯމަ ދުވަހު އިންޑިއާގެ ޓެމިލްނާޑޫ އެގްރިކަލްޗަރަލް ޔުނިވާރސިޓީގައި ފެށިގެންދާނެއެވެ. އެގޮތުން އެކަމާ ގުޅޭގޮތުން ބައިވެރިންނާ މުހާތަބުކޮށް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ވަނީ މި ޕްރޮގްރާމްގެ ދަށުން ތަމްރީނުވާ ބައިވެރިންގެ އެހީތެރިކަމާއެކު ދަނޑުވެރިކަމުގެ ސިނާޔަތު އިތުރަށް ފުޅާވެ ކުރިއަރައިގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން އަތޮޅު ތެރޭގައި ޤާއިމުވެ ތިއްބަވާނެ ފީލްޑް އޮފިސަރުން ތަމްރީނު ކުރެވިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި މިނިސްޓްރީގެ މުވައްޒަފެއްގެ އިތުރުން ހއ.ކެލާ، ހދ.ނެއްލައިދޫ، ރ.ވާދޫ، ގއ.މާމެންދޫ، އަދި ފުވައްމުލަކުން ޖުމުލަ 6 ބޭފުޅަކު ބައިވެރިވާއިރު، މި ޕޮރޮގްރާމް ސްޕޮންސަރ ކޮށްފައިވަނީ މުހައްމަދު އުމަރު މަނިކު ފައުންޑޭޝަނުންނެވެ. އަދި މިފަދަ ހަރަކާތްތަކުގައި ޕްރައިވެޓް ސެކްޓަރުން ލިބޭ އެހީތެރިކަމަށް މިނިސްޓަރ ވެސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

އިމްތިހާނުތައް ބެލެހެއްޓުމަށް އިންވިޖިލޭޓަރުން ތަމްރީނު ކުރަނީ

12 ފެބުރުއަރީ 2017
އިމްތިހާނުތައް ބެލެހެއްޓުމަށް އިންވިޖިލޭޓަރުން ތަމްރީނު ކުރަނީ
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
02 ފެބުރުއަރީ 2017

ސްޕެޝިއަލިސްޓް އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ

02 ފެބުރުއަރީ 2017
ސްޕެޝިއަލިސްޓް  އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ
01 ފެބުރުއަރީ 2017

މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

01 ފެބުރުއަރީ 2017
މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު