Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މިނިވަން މުއައްސަސާތަކައި ބެހޭ ކޮމިޓީ

ބްރޮޑްކޮމްގެ ރައީސް އާއި ނާއިބް ރައީސް ވަކިކުރަން ކޮމިޓީން ފާސްކޮށްފި

ފާސްކޮށްފައިވަނީ މެމްބަރުންގެ އިއްތިފާގުން

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 24 ޖުލައި 2019 | ބުދަ 13:22
ބްރޮޑްކޮމްގެ މެމްބަރުން ތަކެއް

ބްރޮޑްކޮމްގެ މެމްބަރުން ތަކެއް

ބްރޮޑްކާސްޓިން ކޮމިޝަން (ބްރޮޑްކޮމް) ގެ ރައީސް މުހައްމަދު ޝަހީބު އާއި ނާއިބް ރައީސް ފާރިމަތު ޒައިނާ ވަކިކުރަން މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ނިންމައިިފިއެވެ.

ބުދަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ސަބް ކޮމިޓީން ނިންމި ރިޕޯޓްވަނީ ވަނީ ހުށައަޅާފައެވެ. ބްރޮޑްކޮމްގެ މެމްބަރުން ވަކިވަކިން ހާޒިރުކޮށްގެން ދީފައިވާ ބަޔާނުގެ މައްޗަށް އެކުލަވައިލާފައިވާ ރިޕޯޓްގައި ގިނަ ކަންތައްތަކެއް ވަނީ ފާހަގަކޮށްފައެވެ.

Advertisement - newsAdvertisement

ރިޕޯޓާ މެދު މަޝްވަރާ ކުރަން ހުޅުވާލި ފުރުސަތުގައި ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ހުށައެޅުއްވީ ބްރޮޑްކޮމްގެ ހުރިހާ މެމްބަރުން ވަކިކުރުމަށެވެ.

ވިސާމް ވިދާޅުވީ، އެ ކޮމިޝަންގެ މެމްބަރުންނަށް ގާނޫން މަތިކޮށްފައިވާ ޒިންމާ އެކަށީގެންވާ ގޮތަށް އަދާކޮށްފައިނުވާ ކަމަށެވެ. ކޮމިޝަނުން ނިންމާފައިވާ ނިންމުންތަކަކީ އިންސާފުވެރި ނޫންކޮށް ނިންމާފައިވާ ނިންމުންތަކެއްކަން ކޮމިޝަންގެ މެމްބަރުން ކޮމިޓީއަށް ދީފައިވާ މައުލޫމާތުން ފާހަގަވެފައިވާ ކަމަށެވެ.

ވިސާމްގެ ހުށައެޅުމަށް ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮން ބިލެތް)، ބާރަށު ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲ ގެ އިތުރުން އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) ތާއީދުކުރެއްވިއެވެ. ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުސާމް ހުށައެޅުއްވީ ކޮމިޝަންގެ ރައީސް މަގާމުން ވަކި ކުރުމަށެވެ.

އުސާމްގެ ވިދާޅުވީ، ކޮމިޝަންގެ ބައެއް މެމްބަރުން ގާނޫނީ ޒިންމާ އަދާކުރަން މަސައްކަތް ކުރި ނަމަވެސް އެކަމަށް މަގުފަހިވެފައިނުވަނީ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބްގެ އަމަލުތައް ހުރި ގޮތުންކަން ފާހަގަވެފައިވާ ކަމަށެވެ. އުސާމް އިތުރަށް ވިދާޅުވީ، މުޅި ކޮމިޝަން އެއްކޮށް ވަކިކުރަން ނިންމައިފިނަމަ ކޮމިޝަނަށް ގާނޫނީ ހުސްކަމެއް އައިސްފާނެ ކަމަށެވެ.

ކޮމިޝަނާ އެންމެ ފަހުން ގުޅުނު މެމްބަރުން ވެސް ޝަހީބު އަރިހު ކޮމިޝަންގެ ގާނޫނާއި އެއްގޮތަށް ކަންތައްތައް މަގުފަހިކޮށްދޭން އެދިފައިވާ ކަމަށާއި ޝަހީބް އެކަން ކޮށްދެއްވާފައިނުވާ ކަމަށް އަމިއްލަ ގޮތުން ވިލިމާލެ ދާއިރާއަށް އިންތިހާބުވެވަޑައިގެންނެވި އުސާމް ވިދާޅުވިއެވެ.

އެ ހުށައެޅުމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް އާއި އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު ތާއިދު ކުރެއްވިއެވެ. ވިސާމްގެ ހުށައެޅުން ބަދަލުކޮށް ހުށައެޅީ މިހާރު ހުސްވެފައި އޮތް ބްރޮޑްކޮމްގެ ދެ މަގާމަށް މެމްބަރުން އައްޔަން ކުރުމަށް ފަހު ދެން ތިބި މެމްބަރުންނާ މެދު ގޮތެއް ނިންމުމަށެވެ.

ކޮމިޓީގެ މެމްބަރުންގެ ހިޔާލު ތަފާތުވުމުން އެ ކޮމިޓީގެ މެމްބަރު އައްޑޫ މީދު ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މެމްބަރުންގެ ހިޔާލު އެއްގޮތް ކުރެވޭތޯ މަސައްކަތް ކުރިއެވެ.

އޭގެ ފަހުން އަހުމަދު ހަލީމް (ދޮން ބިލެތް) ހުށައެޅުއްވީ ކޮމިޝަންގެ މެމްބަރު ޒީނާ ޒާހިރު ފިޔަވާ ބޮރްޑްކޮމްގެ ހުރިހާ މެމްބަރުން ވަކިކުރުމަށެވެ.

ޒީނާ މިހާރު ހުރީ ވިހެއުމުގެ ޗުއްޓީގައި ކަމަށް މަޖިލީހުގެ އިދާރާ އަށް ސިޓީ ފޮނުވާފައިވާތީ އޮގަސްޓު 14 ގެ ފަހުން މަޖިލީހަށް ވަޑައިގެން މައުލޫމާތު ދެއްވާނެ ކަމަށް ކޮމިޓީގެ މެމްބަރުން ވިދާޅުވިއެވެ.

ދިހަ މެމްބަރުން ތިބި އެ ކޮމީޓީގައި ޒީނާ ފިޔަވާ ކޮމިޝަންގެ ހުރިހާ މެމްބަރުން ވަކިކުރަން ހަ މެމްބަރަކު ފުރަތަމަ އަތް ނެންގެވިއެވެ. އަތް ނެންގެވުމަށް ފަހު ވޯޓު ނުދެއްވާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ވިދާޅުވުމުން ވޯޓު ހަމަހަމަވެ ދެވަނަ ބުރަކަށް ދާން ޖެހުނެވެ.

ދެވަނަ ބުރުގައި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް ހުށައެޅުއްވީ ކޮމިޝަންގެ ރައީސް އާއި ނައިބް ރައިސް ވަކި ކުރުމަށެވެ. ހާޒިރުވެވަޑައިގެން ތިބި 10 މެމްބަރުންގެ އިއްތިފާގުން އެ ހުށައެޅުން ފާސްވިއެވެ. އެ ހުށައެޅުމަށް ކޮމިޓީގައި ހިމެނި ވަޑައިގަންނަވާ ޕީޕީއެމްއެގެ ހަމަ އެކަނި މެމްބަރު އިބްރާހިމް ރިޒާ ވެސް ވޯޓު ދެއްވިއެވެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު