Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެސްއޯއީ

ޕީޕީއެމްގެ ބޭނުންތަކަށް އެމްއައިޓީޑީސީގެ ފައިސާ ބޭނުންކޮށްފައިވޭ

އައްޑޫގައި ހިންގި ޕްރޮޖެކްޓެއްގެ ނަމުގައި 1 މިލިއަން ރުފިޔާ ވަނީ ބޭރުކޮށްފަ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 24 ޖުލައި 2019 | ބުދަ 17:17
އެމްއައިޓީޑީސީ ގެ މެނޭޖިންގް ޑިރެކްޓާރ މުހައްމަދު ރާއިދު

އެމްއައިޓީޑީސީ ގެ މެނޭޖިންގް ޑިރެކްޓާރ މުހައްމަދު ރާއިދު

މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ބޭނުމަށް ފައިސާ ބޭރުކޮށްފައިވާކަަމަށް އެ ކުންފުނިން ބުނެފިއެވެ.

އެގޮތުން އައްޑޫ އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ޕްރޮޖެކްޓް ގެ ނަމުގައި އެ ކުންފުނިން 1 މިލިއަން ރުފިޔާ ބޭރުކޮށް، ބޮޑު މަހާސިންތާއެއް ބޭއްވި ކަމަށް ބުދަ ދުވަހުގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓާރ ޕްރައިޒެސް ކޮމިޓީގައި އެ ކުންފުނީ ގެ މެނޭޖިންގް ޑިރެކްޓާރ މުހައްމަދު ރާއިދު ވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

ރާއިދު ވަނީ އައްޑޫ އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ޕްރޮޖްކްޓަކީ ރައީސް ޔާމީންގެ ސަރުކާރުން ދިވެހި ރައްޔިތުންގެ ލޮލުގައި އެޅުވި އަނދުނެއް ގޮތުގައި ސިފަ ކުރައްވާފައެވެ.

މީގެ އިތުރުން ރާއިދު ވިދާޅުވީ އައްޑޫ ޓުއަރިޒަމް ފޯރަމްގެ ނަމުގައި އައްޑޫގެ ބިންތަކެއް ދޫކުރުމަށްޓަކާ ބިޑު ފޮތްތަކެއް ވިއްކި ކަމަށެވެ. ގޫގުލް މެޕްސް ބޭނުންކޮށްގެން ބިންތަކުގެ ފޮޓޯތައް ދައްކާ 11 ފަރާތަކަށް ބިޑު ފޮތް ވިއްކި ކަމަށާއި ބިޑު ފޮތްތައް ވިއްކާ ފައިސާ ބަލައިގަތުމަށް ފަހު 2 ދުވަސް ފަހުން އެ އިއުލާން ކެންސަލް ކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. މިއީ ވެސް އިންތިޙާބަކާ ދިމާކޮށް ކޮށްފައިވާ ކަމެއް ކަމަށްވެސް ރާއިދު ވިދާޅުވިއެވެ.

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ޖަގަހައެއް ހެދުމަށްޓަކާ ވެސް އެ ކުންފުނިން 1.9 މިލިއަން ރުފިޔާ ނެގި ކަމަށް ވެސް އެމްޓީޑީއިން ބުނެފައިވެއެވެ. ކަނޑައެޅިގެން އެއީ ކޮންތަނެއްގައި ހުރި، ކޮން އޮފީހެއް ކަން ނޭނގޭ ކަމަށް ވެސް އެމްޓީޑީއިން ބުންޏެވެ.

އަދި އެ ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ޕީޕީއެމް ގެ އޮފީސްތަކެއް ގާއިމު ކުރެވިގެން ދިޔަ އިރެއްކަމަށް ވެސް ބުނެފައިވެއެވެ. އެމްޓީޑީސީގެ ހަރަދުގައި ހަދާފައިވާ އޮފީހަކީ އެމްޓީޑީގެ ބިމެއްގައި ހަދާފައިވާ އޮފީހެއް ނޫން ކަމަށާއި އޮފީސް ހެދުމަށްޓަކާ އެ ކުންފުނިން ފައިސާ ނަގާފައިވަނީ މާކެޓިންގް ކުންފުންޏެއްގެ ނަމުގައި ކަމަށް ވެސް ބުނެފައިވެއެވެ.

މިކަމާ ގުޅިގެން އިތުރަށް މައުލޫމާތު ދެމުން އެ ކުންފުނިން ބުނީ މި މުއާމަލާތް ހިންގި ބޯޑު އަސްލު ރިޒޮލިއުޝަންގައި ސޮއި ކޮށްފައިވަނީ އޭރު އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރު ކަމަށެވެ. މި މުއާމަލާތް ފޮރުވުމަށްޓަކާ އިތުރު ރިޒޮލިއުޝަންތަކެއް އުފައްދާ، އެ ރިޒޮލިއުޝަންތަކުގައި އެ ކުންފުނީގެ އޭރުގެ އެމްޑީއާއި ޑީއެމްޑީ ވެސް ސޮއިކޮށްފައިވާ ކަމަށެވެ. އަދި ފުރަތަމަ ރިޒޮލިއުޝަން ނައްތާލި ނަމަވެސް އެ ރިޒޮލިއުޝަން ސިސްޓަމުން އަނބުރާ އިޔާދަ ކޮށްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މި މައްސަލަ ބަލަމުން އަންނަ ކަމަށް ވެސް އެމްޓީޑީއިން ބުނެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު